ކ. މާލެ
|
27 ޖޫން 2021 | އާދީއްތަ 22:38
އެސްޓްރަޒެނިކާ ވެކްސިން
އެސްޓްރަޒެނިކާ ވެކްސިން
އަލްޖަޒީރާ
ކޮވިޑް-19ން ދިފާއުވުމަށް ވެކްސިންޖެހުން
އިތުރު 959 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި
 
ހޮނިހިރު ދުވަހު 192 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވޭ
 
18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޮފަރމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް މާލެ ސަރަހައްދުގައި ދަނީ ޖަހަމުން
 
ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ ޖުމްލަ 187،736 މީހުން

އިތުރު 959 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހު ފުރަތަމަ ޑޯޒު ޖެހީ 192 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 112 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 80 މީހުންނެވެ. މީގެ އިތުރަށް ހޮނިހިރު ދުވަހު ދެވަނަ ޑޯޒު ޖެހީ 959 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 334 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 625 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޖުމްލަ އަދަދު 316،261ށް އަރާފައިވާއިރު، ދެ ޑޯޒު ފުރިހަމަކުރި މީހުންގެ އަދަދު މިވަނީ 187،736ށް އަރާފައެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި، ފައިޒަރ ވެކްސިން، އަދި ސިނޮފަރމް ވެކްސިނެވެ. މީގެތެރެއިން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ވަނީ މެދުކަނޑާލާފައެވެ.

ރާއްޖެއިން ރަޝިޔާގެ ސްޕަޓްނިކްވީ ވެކްސިން ގެނައުމަށް މަސައްކަތް ކުރަމުން އަންނައިރު، އެސްޓްރަޒެނިކާ ވެކްސިން ގެނައުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން 2 ލައްކަ ޑޯޒް މި މަހުގެ ފަހުކޮޅު ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން ވަނީ އެސްޓްރަޒެނިކާ ވެކްސިންގެ 7 ލައްކަ ޑޯޒް ގަތުމަށް ފައިސާ ވެސް ދައްކާފައެވެ. މީގެއިތުރުން އެމެރިކާ އާއި ކެނެޑާއިން ވެސް ވަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާ 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ހަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް