Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ގަދަ 16 - ނެދަލެންޑްސް އާއި ޗެކް ރިޕަބްލިކުގެ ކުރިމަތިލުން

27 ޖޫން 2021 | އާދީއްތަ 10:23

ޗެކް ރިޕަބްލިކް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ޑީ ގެ ތިންވަނަ ޓީމުގެ ގޮތުގައި

އަތޫފް އާތިފް
އަތޫފް އާތިފް | 27 ޖޫން 2021 | އާދީއްތަ 10:23
ޗެކް ރިޕަބްލިކް މެޗުގެ ކުރިން ނެދަލެންޑްސްއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޗެކް ރިޕަބްލިކް މެޗުގެ ކުރިން ނެދަލެންޑްސްއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ދެވަނަ ބުރުގައި ނެދަލެންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާއިރު، މި މެޗަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މެޗެކެވެ.

މި މުބާރާތުގެ ދެވަނަ ބުރަށް ނެދަލެންޑްސް ދަތުރުކޮށްފައިވަނީ ގްރޫޕް ސީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ. ނެދަލެންޑްސްއިން ކުޅުނު ފުރަތަމަ މެޗުގައި ޔޫކްރޭންގެ މައްޗަށް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި އޮސްޓްރިއާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ފަހު މެޗުގައި ނޯތު މެސެޑޯނިއާގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

މީގެ އިތުރުން މުބާރާތުގެ ދެވަނަ ބުރަށް ޗެކް ރިޕަބްލިކް ދަތުރުކުރީ ގްރޫޕް ޑީ ގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ސްކޮޓްލެންޑްގެ އަތުން ޗެކް ރިޕަބްލިކް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި ކްރޮއޭޝިއާއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވިރު، ތިންވަނަ މެޗުގައި އިންގްލެންޑް އަތުން ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ޗެކް ރިޕަބްލިކް މެޗުގެ ކުރިން ނެދެލެންޑްސްގެ ކޯޗު ފްރޭންކް ޑި ބޮއާ ބުނީ މި މުބާރަތީ ނެދަލެންޑްސްއަށް ކާމިޔާބު މުބާރާތެއް ކަމަށް ގިނަ ބަޔަކު މިހާރުވެސް ދެކެމުން އަންނަ ކަމަށާއި، އެކަމަކު އެކަން ނިންމާނީ ސެމީ ފައިނަލާއި ހިސާބަށް ދަތުރުކުރެވިއްޖެ ކަމަށްވާނަމަ އެވެ. އަދި ދެވަނަ ބުރުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ނިކުންނައިރު، މި މެޗު ފަސޭހަކޮށްލައިގެން ތިބެވެން ނެތް ކަމަށާއި، މެޗުގެ ފުރަތަމަ 20 މިނެޓަކީ ނެދަލެންޑްސްއިން މެޗުގެ ކޮންޓްރޯލް ނަގަން ޖެހޭ 20 މިނެޓް ކަމަށްވެސް ވަނީ ބުނެފައެވެ.

ޗެކް ރިޕަބްލިކްގެ ކޯޗު ޔަރޯސްލާވް ޝިލްހަވީ ބުނީ މި މެޗުގައި ޗެކް ރިޕަބްލިކުގެ ކުޅުންތެރިން ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ކުޅެފިނަމަ ނެދަލެންޑްސް އަކީ ބަލިކުރަން އުނދަގޫ ޓީމަކަށް ނުވާނެ ކަމަށެވެ. އަދި އަމާޒަކީ ނެދަލެންޑްސް ބަލިކޮށް، ކުއާޓާ ފައިނަލުން ޖާގައެއް ހޯދުން ކަމަށްވެސް ވަނީ ބުނެފައެވެ.

ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ 20:00 ގައޮ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކި އެނަލިސްޓެއް ގޮތުގައި އިހުސާން އަބްދުލް ޣަނީ (ސާންތި) ބައިވެރިވެވަޑައިގަންނަވާއިރު، ޚާއްސަ މެހުމާނެއްގެ ގޮތުން އަޙްމަދު ޝާކިރު (ޝާކިއްޓެ) ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ނެދަލެންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް