Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުން

ރައްޔިތުންގެ ސަލާމަތްތެރިކަމަށް ސަރުކާރުން ފަހަތުފަޔަށް ބުރަނުވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ޓެރަރިޒަމްގެ އަމަލުތަކުގައާއި އޭގެ ފިކުރުގައި އުޅޭކަމަށް ފެންނަ އެތައް ބަޔަކަށް ވަރަށް ފަސޭހައިން މަޢާފްލިބިގެންދާ މަންޒަރު ފެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ޖޫން 2021 | އާދީއްތަ 02:49
ރައީސް ނަޝީދާއި ރައީސް ޞާލިހު

ރައީސް ނަޝީދާއި ރައީސް ޞާލިހު

ދިރިހުރުމުގެ ހައްގަކީ އެންމެ ބޮޑު ހައްގަށްވާއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެހައްގު ފުރިހަމަކުރުމަށް މިއީ ސަރުކާރުން އެއްގޮތަކަށް ވެސް ފަހަތު ފަޔަށް ބުރަވެފައި އޮންނަންވީ ވަގުތު ނޫންކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން އެމްޑީޕީގެ ކްލަބް ހައުސް ހަރުގެ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ދެވުނު ހަމަލާއާއި އެމްޑީޕީން ކުރިޔަށް އޮތްތަނުގައި މަސައްކަތްތައް ބައްޓަންކުރަންޖެހޭ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިޔުންފަދަ ކަންކަމުގައި މިހާރު އަމަލުކުރަމުން އަންނަ ގޮތްތަކަށް ކަންބޮޑުވުން ފާޅުކުރައްވާ ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ހެދިފައި އޮތަސް އެފަދަ އަމަލުތައް ކުރާ މީހުން ފަސޭހައިން ދޫވެގެންދާއިރު އެއަށްވުރެ ކުދި ކުށްތަކުގައި މީހުން އެތައް ދުވަހެއް ޖަލުގައި ހޭދަކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ދިމާވެފައި މިވަނީ ވަރަށް ބޮޑު ކަމެއްކަމަށާއި ގިނަ ބަޔަކު ހައްޔަރުކޮށްގެން ނަމަވެސް މިކަމަށް ހައްލެއް ގެންނަންޖެހޭ ކަމަށެވެ. މީގެއިތުރުން ބޮން ހެދުމުގެ ގާބިލްކަން ހުރި މީހުންނަކީ ކޮބައިކަން ދެނެގަނެ އެކަންކަން ބެލެހެއްޓޭނެ ގޮތެއް އޮންނަންޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ.

ބްރިޖް ހެދުމާއި ބޯހިޔާވަހިކަމާއި އެއް ދަންފަޅީގެ ސްކޫލްތަކަކީ ވެސް މުހިންމު ބޭނުންތެރި ކަންތައްތައްކަމަށް ނަޝީދު ވިދާޅުވިއެވެ. މަތީ ތައުލީމުގެ ފުރުސަތާއި ވަޒީފާގެ ފުރުސަތުތައް ވެސް މުހިންމު ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެންމެ މުހިންމީ ދިރިހުރުމުގެ ހައްގުކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން މިއީ ސަރުކާރުން ފަހަތު ފަޔަށް ބުރަވާންވީ ވަގުތު ނޫންކަމަށާއި ސަރުކާރުން ވަރަށް އަވަހަށް ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިކަންކަން ކުރެއްވުމުގައި ފަހަތު ފަޔަށް ބުރަވެވަޑައިނުގަންނަވާ ރާއްޖެ ސަލާމަތްކުރުމަށް ނިކުމެވަޑައިގަތުމަށް އިލްތިމާސްކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އަލުން އަނބުރާ ހޯދައިދިނުންކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކަތެރިކަން ، ބިރަކާ ނުލާ ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގައި އުޅެވޭނެ ގޮތް ހޯދައިދިނުން ވަރަށް ބޭނުންތެރި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު