Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

ގަދަ 16 - ވޭލްސް އާއި ޑެންމާކުގެ ކުރިމަތިލުން

ޑެންމާކް ދެވަނަ ބުރަށް ދަތުރުކުރީ ރަޝިއާގެ މައްޗަށް ހޯދި ތާރީޚީ މޮޅާއެކު

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 26 ޖޫން 2021 | ހޮނިހިރު 10:14
ޑެންމާކް މެޗުގެ ކުރިން ވޭލްސްއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޑެންމާކް މެޗުގެ ކުރިން ވޭލްސްއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ދެވަަނަ ބުރުގެ ކުޅުން ހޮނިހިރު ދުވަހުގެރޭ ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭ ގެ ދެވަނަ ޓީމު ވޭލްސް އާއި ގްރޫޕް ބީ ގެ ދެވަނަ ޓީމު ޑެންމާކެވެ.

ގްރޫޕް އޭ ގެ ދެވަނަ ޓީމުގެ ގޮތުގައި ވޭލްސް ދެވަނަ ބުރަށް ދަތުރުކުރިއިރު، ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ވޭލްސް ވަނީ ސްވިޓްޒަލެންޑްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެކަމަކު ދެވަނަ މެޗުގައި ތުރުކީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ގްރޫޕްގެ ފަހު މެޗުގައި އިޓަލީ އަތުން ވޭލްސް ވަނީ ބަލިވެފައެވެ. އެއާއެކު ވޭލްސް ދެވަނަ ބުރަށް ދަތުރުކުރީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ޑެންމާކުން ދެވަނަ ބުރަށް ދަތުރުކުރީ ރަޝިއާގެ މައްޗަށް ތާރީޚީ މޮޅެއް ހޯދައިގެންނެވެ. އެގޮތުން ޑެންމާކުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ފިންލެންޑް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުން ވަނީ ބެލްޖިއަމް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެކަމަކު ޑެންމާކުން ވަނީ ކުޅުނު ފަހު މެޗުގައި ރަޝިއާގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރި ހޯދާ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެއާއެކު ޑެންމާކަކީ ޔޫރޯގެ ތާރީޚުގައި ފުރަތަމަ ދެ މެޗުން ބަލިވެ، ފަހު މެޗު ކާމިޔާބުކޮށް ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމެވެ. ގްރޫޕް ބީ ގައި ހިމެނުނު ޑެންމާކާއި، ފިންލެންޑް އަދި ރަޝިއާއަށްވެސް ތިން ޕޮއިންޓް ލިބުނުއިރު، ޑެންމާކަށް ކުރި ލިބުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

ޑެންމާކް މެޗުގެ ކުރިން ވާހަކަދައްކަމުން ވޭލްސްގެ ކޯޗު ރޮބާޓް ޕޭޖް ބުނީ ޑެންމާކުން މިހާތަނަށް މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން އައި ކަމަށާއި، އަދި އެ ޓީމަކީ އެޓޭކުތަކުގައި އިދިކޮޅު ޓީމަށް ނުރައްކާކުރާ ޓީމެއް ކަމަށެވެ. އަދި ދެވަނަ ބުރުގައި ޑެންމާކާ ދެކޮޅަށް ނުކުންނައިރު، ވޭލްސްއިން މި މުބާރާތުގައި ދެވެން އޮތް އެންމެ ދުރަށް ދާން ބޭނުންވާ ކަމަށާއި، އެކަމުގައި ވޭލްސްގެ ކުޅުންތެރިންނަށް އިތުބާރު އެބައޮތް ކަމަށްވެސް ބުންޏެވެ. އަދި މިހާތަނަށް ވޭލްސްގެ ކެޕްޓަން ގެރެތު ބޭލްގެ ފަރާތުން ފެނުނު ކުޅުމާއި، ލީޑަޝިޕުވެސް ފާހަގަކޮށްލެވޭ ކަމަށްވެސް ޕޭޖް ބުންޏެވެ.

ޑެންމާކުގެ ކޯޗު ކެސްޕަ ހިލްމަންޑް ބުނީ އެ ޓީމަކީ މި މުބާރާތުގައި ސަޕްރައިސިންގް ޓީމެއް ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށާއި، އެހެންކަމުން އެގޮތުގައި ކުރިއަށްދާން ބޭނުންވާ ކަމަށެވެ. އަދި ވޭލްސްއާ ދެކޮޅަށް ނުކުންނަން ޑެންމާކުން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށްވެސް ހިލްމަންޑް ބުންޏެވެ.

ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ 20:00 ގައި ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ އިސްމާޢީލް ޒަރިޔަންދު އާއި މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

ވޭލްސް އާއި ޑެންމާކް ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު