Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބްރިޓްނީ ސްޕިއަރސް

13 އަހަރުގެ 'އަޅުވެތި' ކަމަށްފަހު ބްރިޓްނީ ސްޕިއަރސްގެ ހަގީގަތް ކިޔައިދީފި، ދަރިން ހޯދަންވެސް ހުއްދަ ހޯދަން ޖެހޭ!

"ހިޓް މީ ބޭބީ ވަން މޯ ޓައިމް" ލަވަޔާއެކު މަޝްހޫރުވެގެންދިޔަ ބްރިޓްނީ ސްޕިއަރސްއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިންގެ ތެރޭގައި ފާހަގަ ކުރެވޭނެ ފަންނާނެއް

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 26 ޖޫން 2021 | ހޮނިހިރު 07:00
ބްރިޓްނީ ސްޕިއަރސް

ބްރިޓްނީ ސްޕިއަރސް

"ހިޓް މީ ބޭބީ ވަން މޯ ޓައިމް" ލަވަޔާއެކު މަޝްހޫރުވެގެންދިޔަ ބްރިޓްނީ ސްޕިއަރސްއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިންގެ ތެރޭގައި ފާހަގަ ކުރެވޭނެ ފަންނާނެކެވެ.

ކުޑަ އިރުން ފަށައިގެން ސެޓޭޖްތަކުގައި ޕަރފޯމް ކުރަމުން އައި ބްރިޓްނީއަށް ފުރަތަމަ ޓީވީ ޕްރޮޖެކްޓެއް ލިބިފައިވަނީ 1992 ވަނަ އަހަރު އުމުރުން އެންމެ 11 އަހަރުގައެވެ. އަދި 16 އަހަރުގައި ރިކޯޑިންގ ލޭބަލްއަކާ ސޮއިކޮށްފައިވާއިރު، އޭނާގެ ފުރަތަމަ އަލްބަމް "...ބޭބީ ވަން މޯ ޓައިމް" ރިލީޒްކޮށްފައިވަނީ 1999 ވަނަ އަހަރުއެވެ.

މިއަށްފަހު ވެސް އެތަކެއް ކާމިޔާބު ލަވަ އަދި އަލްބަމްތައް ރިލީޒްކޮށްފައިވާ ބްރިޓްނީއަށް "ޕޮޕް ޕޮރިންސަސް"ގެ ވަނަން ދީފައިވާއިރު، މައިކަލް ޖެކްސަން ފަދަ ތަރިންނާއެކު އޭނާ މަސައްކަތް ކޮށްފައިވެއެވެ.

ނަމަވެސް، މިއަދު މި ދައްކާ ވާހަކަތަކަކީ ބްރިޓްނީ ހޯދާފައިވާ ކާމިޔާބީތަކުގެ ވާހަކައެއް ނޫނެވެ. 13 އަހަރު ވަންދެން އޭނާ އުޅެން މަޖްބޫރު ކުރުވާފައިވާ "އަޅުވެތި" ގޮތުގެ ވާހަކަތަކެކެވެ.

2008 ވަނަ އަހަރުން ފެށިގެން "ކޮންޒަވޭޓަރޝިޕް"އެއް ދަށުގައި އުޅެމުންދާ ބްރިޓްނީ އެންމެ ފަހުން އޭނާގެ ހަގީގަތް ވަނީ ކިޔާދީފައެވެ. 13 އަހަރަށްފަހު ކޯޓްގައި މި "ކޮންޒަވޭޓަރޝިޕް" އެއްބަސްވުން އުވާލުމަށް ބްރިޓްނީ އެދިފައިވާއިރު، ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ބްރިޓްނީ ދީފައިވާ ބަޔާނުން އޭނާއަށް ކުރަމުންދާ އަނިޔާތައް ކިޔައިދިނެވެ.

މީގެ ކުރިން ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ އުޅެނީ އުފަލުގައި ކަމަށް ބުނަމުން ދިޔައަސް، ތެދަކީ އޭނާ އުޅެނީ "ޑިނައަލް"ގައި ކަމަށް ބްރިޓްނީ ބުންޏެވެ. އަދި އަމިއްލަ ދިރިއުޅުން އަނބުރާ ބޭނުންވާކަމަށާއި، ކުރިން "ކޮންޒަވޭޓަރޝިޕް" އަނބުރާ ގެންދަން ޕެޓިޝަން ކުރެވޭކަން ނޭނގޭކަމަށް ވެސް ބްރިޓްނީ ކިޔައިދިނެވެ.

މިއަހަރުގެ ފެބްރުއަރީގައި ރިލީޒްކޮށްފައިވާ "ފްރޭމިންގ ބްރިޓްނީ ސްޕިއަރސް"ގައި މި "ކޮންޒަވޭޓަރޝިޕް" އައިގޮތާއި މިއިން ފައިދާވާ ފަރާތްތައް ކިޔައިދެއެވެ. 2008 ވަނަ ބްރިޓްނީގެ ބައްޕަ ޖޭމްސް ސްޕިއަރސް އޭނާގެ ދަރިފުޅުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ ކަމަށް ބުނެ "ކޮންޒަވޭޓަރޝިޕް"އަކަށް ކޯޓްގައި އެދުނެވެ. މީގެ ދަށުން ބްރިޓްނީ އަމިއްލަ ދިރިއުޅުމުގެ ކަންތަކާއި އާމްދަނީގެ ކަންތައް ބަލަހައްޓަނީ އޭނާގެ ބައްޕައެވެ.

މި ކަމަށް އެއްބަސް ނުވެ ކުރާނެ ކަމެއް ނެތްކަން އެނގުމުން ބްރިޓްވީ ވަނީ އޭރުވެސް "ބައްޕަ ނޫން ކޮންމެ މީހެން ކޮންޒަވޭޓަރއަކަށް ހަމަޖައްސަން އޯކޭ" ކަމަށް ބުނެފައެވެ. ނަމަވެސް ކޯޓުން މިކަން ބަލައިގެންފައެއް ނުވެއެވެ.

މި "ކޮންޒަވޭޓަރޝިޕް"އަށް ބްރިޓްނީ އެއްބަސް ކުރުވީ އޭނާގެ ދަރިން ބޭނުންކޮށްގެންނެވެ. 2008 ވަނަ އަހަރަށް އައިއިރު ބްރިޓްނީގެ އަމިއްލަ ދިރިއުޅުން އޮތީ ބޮއްސުންލައިފައެވެ. ޕަޕާރާޒީންގެ ޓާގެޓަކަށް ބްރިޓްނީ ވެގެންދިޔައިރު، އޭނާގެ ހުރިހާ ފިޔަވަޅަކަށް އެމީހުން ފާރަލިއެވެ.

"ފްރޭމިންގ ބްރިޓްނީ ސްޕިއަރސް"ގައި މިއިން ޕަޕަރާޒީއެއް ބުނީ ބްރިޓްނީގެ ފޮޓޯއެއް އެއް މިލިއަން ޑޮލަރަށް އޭރުވެސް ވިކޭކަމަށެވެ. އަދި މި މީހާއަކީ ބްރިޓްނީގެ އެންމެ މަޝްހޫރު އެއް ފޮޓޯ އަދި އޭނާގެ އަމިއްލަ ދިރުއުޅުން ހަލާކުވި އެންމެ ބޮޑު އެއް ފޮޓޯގެ ފަހަތުގައިވާ ފަރާތެވެ. އޭރު ފޮޓޯ ވިއްކުމަށްފަހު ފައިދާ ހޯދާފައިވާއިރު، ޑޮކިއުމަންޓްރީގައި އޭނާ ވަނީ ފޮޓޯ ލިބުނު ގޮތް ކިޔާދީފައެވެ. އޭނާ ބުނީ ބްރިޓްނީ ދަރިން ދެކިލަން ކުރީގެ ފިރިމީހާ ގެއަށް ދިއުމުން އެ ފުރުސަތު ނުލިބުމުން އެމީހުން އެވަގުތު އެ މަންޒަރު ނަގަން ތިބުމުން އޭނާގެ ރުޅި ބޭލުވީ ކަމަށެވެ. އަދި މިކަމެއް ހިނގީ އެއްރެއެއްގެ ތެރޭގައި ދެ ވަނަ ފަހަރަށް ބްރިޓްނީ އެގެއަށް ދިޔަ ފަހުން ކަމަށްވެސް ޕަޕަރާޒީ މީހާ ކިޔައިދިނެވެ.

ނަމަވެސް، އެއިރަކު މި ވާހަކަތައް ކިޔާދީފައެއް ނުވެއެވެ. އެ ފޮޓޯތައް ދައްކާފައިވަނީ ބްރިޓްނީ ރުޅިގަދަވެ، މޮޔަވެ ޕަޕަރާޒީއަށް ހަމަލާދިން ގޮތަށެވެ. މިހާދިސާ ހިނގީ 2007 ވަނަ އަހަރުއެވެ.

އޭގެ ކުރިން ފިރިމީހާއާ ވަރިވެ، ގުޅުން ގެއްލި ދަރިންގެ ކަސްޓަޑީ ގެއްލިފައިވާ ބްރިޓްނީއަށް މިއަށް ފަހު ދަރިން ދެކިލުމުގެ ފުރުސަތުވެސް ގެއްލުނެވެ. އަދި ދެން އޭނާއަށް ދަރިންނާ ބައްދަލުވުމުގެ ފުރުސަތު ލިބެންއޮތީ މި "ކޮންޒަވޭޓަރޝިޕް" އެއްބަސްވުމުގައި ސޮއިކޮށްގެންނެވެ.

"ކޮންޒަވޭޓަރޝިޕް" އެއްބަސްވުމަށް ފަހު އޭނާ ލައްވާ ގިނަ މަސައްކަތްތަކެއް ކުރުވާކަން ފާހަގަކުރަމުން ބްރިޓްނީ ކޯޓުގައި ސުވާލެއް ކުރިއެވެ. އެހާ ގިނަ މީހުންނަށް ވަޒީފާދީ މުސާރަދީ ބަލަހައްޓާ މީހަކަށް އަމިއްލަ ކަންތައް ނުބެލެއްޓެންވީ ކީއްވެގެން ހެއްޔެވެ؟ މީގެ އިތުރުން، އޭނާގެ އާމްދަނީން އޭނާ އަމިއްލަ ލޯޔަރުންނަށް ޚަރަދު ކުރާއިރު، އަނެއްކޮޅުން އަންނަ އޭނާގެ ބައްޕަގެ މުސާރަ އަދި ބައްޕަގެ ވަކީލުންގެ ޓީމުގެ މުސާރަވެސް ބަލަހައްޓަނީ އޭނާކަން ބްރިޓްނީ ފާހަގަކޮށްފައިވެއެވެ.

އަދި ބައްޕަ "ކޮންޒަވޭޓަރޝިޕް" ދަމަހައްޓަން ބޭނުންވާނީ އެ ނޫންގޮތަކަށް އޭނާގެ ފަރާތުން ފައިދާ ނުލިބޭނެކަން އެނގޭތީކަމަށާއި، އާއިލާގެ އެންމެންނާ ދެކޮޅަށް މައްސަލަ ހުށަހަޅަން ބޭނުންވާކަމަށް ބްރިޓްނީ ބުންޏެވެ.

"ކޮންޒަވޭޓަރޝިޕް" އެއްބަސްވުމަށް ފަހު އޭނާ ލައްވާ ގަދަކަމުން މަސައްކަތް ކުރުވާފައިވާކަން ފާހަގަކޮށް ބްރިޓްނީ ބުނީ 2018 ވަނަ އަހަރުން ފެށިގެން ބައްޕަ އޭނާގެ ކޮންޒަވޭޓަރއެއް ގޮތުގައި ހުންނަހާ ހިނދަކު އޭނާ މަސައްކަތް ކުރަން ދެކޮޅު ހަދާކަމަށެވެ. އަދި މިކަމުގެ ސަބަބުން އޭނާއަށް "ލިތިއަމް"ފަދަ ވަރުގަދަ ބޭސްތައް ދީފައިވާކަމަށް ވެސް ބުންޏެވެ.

2019 ގައި ބްރިޓްނީގެ އަމިއްލަ ދިރިއުޅުމުގެ ކަންތަކާ ޖޭމްސް ދުރުވިނަމަވެސް ލަވަކިޔުންތެރިޔާގެ އާމްދަނީގެ ކަންކަން އަދިވެސް ބަލަހައްޓަނީ އޭނާއެވެ. އެއަށްފަހު އެ ޓީމުގެ އެހެން ފަރާތެއްގެ މުސާރަ ބޮޑު ކުރަން ކޯޓުގައި އެދިފައިވާ ސަބަބަކީ މި "ކޮންޒަވޭޓަރޝިޕް"އިން ލިބެން އޮތް ގިނަ ފައިދާތަކުގެ ސަބަބުންކަމަށް ބުނެފައިވެއެވެ. އޭނާ "ކޮންޒަވޭޓަރޝިޕް" ސިފަކޮށްފައިވަނީ ވިޔަފާރިއެއް ގޮތަށެވެ.

އެއަށް ފަހު މަހަކަށް ވުރެ ގިނަ ދުވަސް ބްރިޓްނީގެ ޚަބަރެއް ނުވެފައިވާއިރު، ދެން އިވުނީ މި ޓީމް މެމްބަރު ވަކިވި ޚަބަރާއި ބްރިޓްނީ ކޮންމެވެސް ފެސިލިޓީއަކަށް ދިޔަ ވާހަކައެވެ. އަދި މިއަށްފަހު "ފްރީ ބްރިޓްނީ" މޫވްމަންޓް ބޮޑުވެ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، ފޭނުންގެ ވިސްނުން ރަނގަޅުކަން އަންގައިދީ ބްރިޓްނީ ވަނީ ވަކީލުން މެދެވުރިކޮށް ފޭނުންނަށް ޝުކުރުއަދާ ކޮށްފައެވެ.

ބުރާސްފަތި ދުވަހު އޮތް އަޑުއެހުމުގައި ބްރިޓްނީގެ ދިރިއުޅުން ކިޔައިދިން އިރު، އޭނާ އުޅެނީ އަޅުވެތިކަމެއްގެ ތެރޭގައޭ ބުނެވިދާނެއެވެ. އެއްވެސްކަމެއް އަމިއްލައަށް ނުނިންމޭއިރު، "ކޮންޒަވޭޓަރޝިޕް" ޓީމުން ބުނާ ކަމެއް ނުކުރުމުން އަދަބު ލިބޭކަން ވެސް އޭނާ ފާހަގަކުރިއެވެ.

ނަމަވެސް، ބްރިޓްނީ ކިޔައިދިން ވާހަކަތަކުގެ ތެރެއިން އެންމެ ހިތްދަތި ވާހަކައަކީ މި "ކޮންޒަވޭޓަރޝިޕް"ގެ ސަބަބުން އޭނާއަށް ކައިވެނިކޮށް އިތުރު ކުދިން ހޯދުމުގެ ފުރުސަތު ނެތުމެވެ. 39 އަހަރުގެ ބްރިޓްނީ ބުނީ ޓީމުން ބުނާ ގޮތުގައި އެއީވެސް އޭނާއަށް ނިންމޭނެ ކަމެއް ނޫނެވެ.

"ކޮންޒަވޭޓަރޝިޕް" އެއްބަސްވުމަކީ އާންމުކޮށް އުމުރުން ދުވަސްވެ، އަމިއްލަ ކަންތަކުގައި ގޮތް ނިންމުމުގެ ކުޅަދާނަކަަން ގެއްލިފައިވާ މީހުންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ އެއްބަސްވުމެއްކަމަށް ތަޖުރިބާކާރުން ސިފަކޮށްދީފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރުގެ އެންމެ މަގްބޫލު މަންޒިލްތަކުގެ ލިސްޓުގެ އެއްވަނައިގައި ކޮން ގައުމެއް؟

މިދިޔަ އަހަރުގެ އެންމެ މަގްބޫލު މަންޒިލްތަކުގެ ލިސްޓުގެ އެއްވަނައިގައި ކޮން ގައުމެއް؟

18 ޖެނުއަރީ 2018
އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން

އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން

01 ޖެނުއަރީ 2018
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

10 ޖޫން 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު