Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫކްރޭން ބަލިކޮށް އޮސްޓްރިއާ ދެވަނަ ބުރަށް

21 ޖޫން 2021 | ހޯމަ 18:29

ނޯތު މެސެޑޯނިއާ އަތުން ނެދަލެންޑްސް މޮޅުވީ 3-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 21 ޖޫން 2021 | ހޯމަ 18:29
ޔޫކްރޭނާއި އޮސްޓްރިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އޮސްޓްރިއާ މޮޅުވީ 1-0 ން

ޔޫކްރޭނާއި އޮސްޓްރިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އޮސްޓްރިއާ މޮޅުވީ 1-0 ން

ޔޫކްރޭން ބަލިކޮށް ޔޫރޯ 2020 ގެ ދެވަނަ ބުރަށް އޮސްޓްރިއާ ދަތުރުކޮށްފިއެވެ.

ބުކަރެސްޓްގެ ނެޝަނަލް އެރީނާގައި ކުޅުނު ގްރޫޕް ސީގެ މެޗުން އޮސްޓްރިއާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެއާއެކު އޮސްޓްރިއާ ވަނީ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މިއީ އޮސްޓްރިއާއިން ޔޫރޯގެ ދެވަނަ ބުުރުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެ ޓީމުން ދެވަނަ ބުރުގައި ކުޅޭނީ ގްރޫޕް އޭގެ އެއްވަނަ ހޯދި އިޓަލީއާއެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، ފުރަތަމަ ހާފުގައި ޔޫކްރޭނަށް ނުރައްކާތެރި ހަމަލާއެއް އޮސްޓްރިއާގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ. އެކަމަކު މި ހާފުގައި އޮސްޓްރިއާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓޯފް ބައުމްގާޓްނާއެވެ.

މި މޮޅާއެކު ދެވަނަ ބުރުގެ ޖާގައެއް އޮސްޓްރިއާއަށް ލިބުނުއިރު، މިއީ 1954 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު އޮސްޓްރިއާއިން ބޮޑު މުބާރާތުގެ ނޮކައުޓް މެޗެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވެ ނެދަލެންޑްސްއިން ވަނީ ގްރޫޕް ސީގެ އެއްވަނަ ހޯދާފައެވެ. ސައްތައިން ސައްތަ ރިކޯޑަކާއެކު ނެދަލެންޑްސްއިން ދެވަނަ ބުރަށް ދަތުރުކުރިއިރު، ހޯމަ ދުވަހުގެރޭ ނޯތު މެސެޑޯނިއާ އަތުން އެ ޓީމު މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މެޗުގެ 24 ވަނަ މިނެޓުގައި ނެދަލެންޑްސްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއިއެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ނެދަލެންޑްސްއިން އެ ޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 51 ވަނަ މިނެޓުގައި ޑިޕާއީގެ އެހީތެރިކަމާއެކު ޖިއޮޖީނިއޯ ވައިނަލްޑަމް ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ހަ މިނެޓު ފަހުން ވައިނަލްޑަމް ވަނީ ނެދަލެންޑްސްގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މި ނަތީޖާއާއެކު ގްރޫޕް ސީގެ އެއްވަނަ ނެދަލެންޑްސްއަށް ލިބުނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އޮސްޓްރިއާއަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ޔޫކްރޭން ތިންވަނައިގައި އޮތީ ތިން މެޗުން ތިން ޕޮއިންޓާއެކުއެވެ. އަދި މި މުބާރާތުގައި މުޅިން އަލަށް ކުޅުނު ނޯތު މެސެޑޯނިއާ މުބާރާތުން ކެޓިއިރު، އެ ޓީމަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް