Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

މާލޭގެ ކޭސްތައް 35ށް ވެއްޓުނު އިރު އަތޮޅު ތެރޭގެ ކޭސްތައް 4 ގުނަ އިތުރު

މިއީ ފާއިތުވި 2 މަހާއި 4 ދުވަސް ފަހުން މާލެ ސަރަހައްދުން އެންމެ މަދުން ކޭސްތައް ރިޕޯޓްކުރި ދުވަސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ޖޫން 2021 | ހޯމަ 17:31
ކޮވިޑް-19އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރާ އާރުއާރުޓީންގެ ބައެއް

ކޮވިޑް-19އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރާ އާރުއާރުޓީންގެ ބައެއް

2 މަސް ދުވަހަށްފަހު މާލެ ސަރަހައްދުން ފެނުނު ކޭސްތަކުގެ އަދަދު 50ން ދަށުން ރިޕޯޓްކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު މާލެ ސަަރަހައްދުން ރިޕޯޓްކޮށްފައިވަނީ 35 ކޭސްއެވެ. ނަމަވެސް އަތޮޅު ތެރެއިން ރިޕޯޓްކުރި ކޭސްތައް މާލެއާއި އަޅާ ބަލާއިރު 4 ގުނަ އިތުރެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ނެގި 5،269 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 253 ސާމްޕަލެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 35 މީހުންނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 164 ސާމްޕަލެވެ. މީގެ އިތުރުން ރިސޯޓްތަކުން 3 މީހުން، ތަރައްގީކުރަމުން އަންނަ ރަށަކުން 43 މީހުން، އަދި ސިނާއީ މަސައްކަތް ކުރާ ރަށަކުން 8 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ހޯމަ ދުވަހު ޕޮޒިޓިވްވި 253 މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 72،149ށް އަރާފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި 4،784 ކޭސް ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ އިރު، މީގެ ތެރެއިން 44 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން 206 ނިޔާވެފައިވެއެވެ.

ފާއިތުވި 24 ގަޑި އިރު 769 މީހަކު ބަލިން ރަނގަޅުވެ ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 67،148ށް އަރާފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު