Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވަވެކްސް ވެކްސިން ޓެސްޓްކުރުން

ފޭސް 3 ގެ ނަތީޖާތައް 90 އިންސައްތަ ކާމިޔާބުކަމަށް ދައްކާ - ނޮވަވެކްސް

ފުރަތަމަ ޑޯޒް ދިނުމަށްފަހު 21 ދުވަހުގެ މުއްދަތަކަށްފަހު ދެވަނަ ޑޯޒް ދެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖޫން 2021 | އާދީއްތަ 02:28
ކޮވިޑް ވެކްސިން ޓެސްޓްކުރުމުގެ މަރުހަލާގެ ތެރެއިން

ކޮވިޑް ވެކްސިން ޓެސްޓްކުރުމުގެ މަރުހަލާގެ ތެރެއިން

އެމެރިކާގެ ބައޯޓެކްނޮލޮޖީ ކުންފުނި ނޮވަވެކްސްގެ ކޮވިޑް ވެކްސިންގެ އަސަރު 90.4 އިންސައްތައަށް އަސަރުކުރާކަމަށް ފޭސް 3 ގެ މަރުހަލާއިން ދައްކައިފިއެވެ.

ނޮވަވެކްސްއިން ބުނެފައިވަނީ އެމެރިކާއާއި މެކްސިކޯގައި ކުރިއަށްގެންދިޔަ ފޭސް 3 ގެ ޓެސްޓުގެ މަރުހަލާތައް ކާމިޔާބު ކަމަށާއި، މިހާތަނަށް ވެކްސިންގެ އަސަރު 90.4 އިންސައްތައަށް ކުރަމުންދާ ކަމަށް މަރުހަލާތަކުން ދައްކާ ކަމަށެވެ. މީގެ އިތުރުން ވެސް ޓްރައަލްގެ އިތުރު ދިރާސާތައް ދަނީ ކުރަމުންނެވެ. ނަމަވެސް ވެކްސިންގެ އަަސަރުކުރާ މިންވަރު ރަނގަޅު ކަމަށާއި އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް ނޮވަވެކްސްގެ ރިސަރޗް އެންޑް ޑިވެލަޕްމަންޓުގެ ހެޑް ޑރ. ގްރެގޮރީ ގްލެން ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ތަފާތު އާބާދީތަކަށް އަދި ތަފާތު ވޭރިއަންޓް ފެތުރެމުންދާ ދުވަސްވަރެއްގައި ކުރިއަށް ގެންދިޔަ ޓްރައަލް ކާމިޔާބު ކަމަށެވެ.

ޑިސެމްބަރު މަހު ފެށި ޓްރައަލްގައި މިހާތަނަށް 29،960 މީހުން އެމެރިކާގެ 113 ސިޓީންނާއި މެކްސިކޯގެ 6 ސިޓީއަކުން ބައިވެރިވެފައިވެއެވެ. ބައެއް ވޮލެންޓިއަރުންނަށް ފުރަތަމަ ޑޯޒް ދިނުމަށްފަހު 21 ދުވަހުގެ މުއްދަތަކަށްފަހު ދެވަނަ ޑޯޒް ވެސް ވަނީ ދީފައެވެ. އަދި ވެކްސިންގެ ސަބަބުން ބޮޑެތި ސައިޑް އިފެކްޓްތަކެއް ނުފެނުނު ނަމަވެސް އާންމުކޮށް ފެންނަ އަލާމާތްތައް ފެނުނު ކަމަށެވެ.

ނޮވަވެކްސްއިން ބުނެފައިވަނީ ވެކްސިންގެ އަސަރު ރަނގަޅުކަމަށާއި، މި ޓްރައަލްތަކުގައި ބައިވެރިވި ކޮވިޑަށް ޕޮޒިޓިވް މީހުންގެ ފަރާތުން ވެސް ބޮޑެތި އަލާމާތްތަކެއް ނުފެންނަ ކަމަށެވެ. މި ޓެސްޓް މަރުހަލާގައި ކޮވިޑަށް ޕޮޒިޓިވް 77 މީހަކު ހިމެނޭ ކަމަށް ނޮވަވެކްސްއިން ބުނެއެވެ.

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2017

ކޮލޮމްބޯ ޕޯޓް ސިޓީގެ 50 އިންސައްތަ ހިއްކައިފި

25 އޮކްޓޯބަރު 2017
ކޮލޮމްބޯ ޕޯޓް ސިޓީގެ 50 އިންސައްތަ ހިއްކައިފި
18 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ ވޯޓާ ގުޅިގެން ޓޫރިޒަމަށް 15 އިންސައްތައިގެ ދަށްވުމެއް އައިސްފައިވޭ!

18 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ ވޯޓާ ގުޅިގެން ޓޫރިޒަމަށް 15 އިންސައްތައިގެ ދަށްވުމެއް އައިސްފައިވޭ!
30 ސެޕްޓެމްބަރު 2017

ސައުދީގައި އަންހެން ޑްރައިވަރުންނަށް ބިރު ދައްކާނެ ކަމަށް ބުނި ފިރިހެނަކު ހައްޔަރުކޮށްފި

30 ސެޕްޓެމްބަރު 2017
ސައުދީގައި އަންހެން ޑްރައިވަރުންނަށް ބިރު ދައްކާނެ ކަމަށް ބުނި ފިރިހެނަކު ހައްޔަރުކޮށްފި
28 ސެޕްޓެމްބަރު 2017

ފޭސްބުކާއި ގޫގުލް އަދި ޓްވިޓަރ އެމެރިކާގެ ކޮންގްރެސް އަށް ހާޒިރު ކުރަނީ

28 ސެޕްޓެމްބަރު 2017
ފޭސްބުކާއި ގޫގުލް އަދި ޓްވިޓަރ އެމެރިކާގެ ކޮންގްރެސް އަށް ހާޒިރު ކުރަނީ
27 ސެޕްޓެމްބަރު 2017

ރަޝިޔާގައި ފޭސްބުކް މަނާ ކުރާނެ ކަމުގެ އިންޒާރުދީފި

27 ސެޕްޓެމްބަރު 2017
ރަޝިޔާގައި ފޭސްބުކް މަނާ ކުރާނެ ކަމުގެ އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު