Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބޭސްލައިން ބަޖެޓު ހުށަހެޅުން

ބޭސްލައިން ބަޖެޓު އޮގަސްޓު 12ގެ ކުރިން ހުށަހަޅަން އަންގައިފި

ސުންގަޑި ހަމަވުމުގެ ކުރިން ބަޖެޓު ހުށަނާޅާ އޮފީސްތަކުގެ ބަޖެޓުތައް ތައްޔާރުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 18 ޖޫން 2021 | ހުކުރު 18:29
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ދައުލަތުގެ އޮފީސްތަކުން 2022އިން 2024އަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގައި ހިމެނުމަށް ހުށަހަޅާ ބޭސްލައިން ބަޖެޓު އޮގަސްޓް 12ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ އޮފީސްތަކުން، މިނިސްޓްރީން އާންމުކޮށްފައިވާ އިރުޝާދުތަކާއި އެއްގޮތަށް ބަޖެޓުގެ އަމާޒުތަކާއި ސަރުކާރުން އިސްކަންދޭ މުހިއްމު ލަނޑުދަނޑިތައް ހާސިލުކުރުމަށް، 2022އިން 2024އަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގައި ހިމެނުމަށް ހުށަހަޅާ ބޭސްލައިން ބަޖެޓު، އޮގަސްޓް 12ގެ ކުރިން މިނިސްޓްރީ އަށް ހުށަނާޅާ އޮފީސްތަކުގެ ބަޖެޓުތައް ތައްޔާރުކުރުމުގެ އިޚްތިޔާރު އެ މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބުނެ، ސުންގަޑި ހަމަވުމުގެ ކުރިން މިނިސްޓްރީއަށް ބަޖެޓް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ބޭސްލައިން ބަޖެޓު ތައްޔާރުކުރަން ވާނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ ބަޖެޓު ސީލިންގއަށްވުރެ ބޮޑު ނުވާނޭހެން، އަދި މިނިސްޓްރީން ކަނޑައަޅާފައިވާ ބަޖެޓުގެ އަމާޒުތައް ހާސިލުކުރެވޭނެ ގޮތަށް ހަރަކާތްތައް ރާވައިގެން ކަމަށް ބުނެފައެވެ. އެގޮތުން ބޭސްލައިން ބަޖެޓު ގައި އަލަށް ފެށުމަށް ރާވާ ހަރަކާތްތަކާއިއާ މަޝްރޫއުތައް އަދި އިތުރަށް ނަގަން ގަސްތުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓު ނުހިމެނޭނެ ކަމަށް ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ބަޖެޓު ތައްޔާރުކުރުމާއި ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓުން ފެށިގެން ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމްތަކަށް ބަހާފައިވާ ބަޖެޓެއް ކަމަށެވެ. އެގޮތުން ޕްރޮގްރާމްތަކުގެ އޮނިގަނޑު، އޮފީސްތަކާ މަޝްވަރާކުރެވި، ތައްޔާރުކޮށް ފައިނަލް ކުރެވެމުންދާ ކަމަށާއި، ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ބަޖެޓު އަދި ބޭސްލައިން ބަޖެޓު ތައްޔާރުކުރަން ވާނީ މިނިސްޓްރީން އާންމުކޮށްފައިވާ އޮނިގަނޑުގެ ތެރެއަށް ފައްތައިގެން ކަމަށެވެ.

އަދި އޮނިގަނޑުގައި ހިމެނޭ ޕްރޮގްރާމްތައް ހާސިލު ކުރެވޭ މިންވަރު އަންގައިދޭ ޕަރފޯމަންސް އިންޑިކޭޓަރުތައް މި އަހަރުގެ ތެރޭގައި އޮފީސްތަކުގެ މަޝްވަރާއާއެކު އެކުލަވާލެވޭނެ ކަމަށެވެ. އަދި ބަޖެޓު ތަންފީޒުވަމުންދާ ގޮތް މިނެކިރުމުގައި ޕަރފޯމަންސް އިންޑިކޭޓަރުތަކުގެ އަދާހަމަ ކުރަމުން ދާނެކަމަށެވެ.

ބަޖެޓު ތައްޔާރުކުރުމުގެ ދެވަނަ މަރުހަލާއަކީ ބޭސްލައިން ބަޖެޓު ތައްޔާރުކުރުމުގެ މަރުހަލާއެވެ. ބޭސްލައިން ބަޖެޓަކީ އޮފީސްތަކުން މިހާރު ކުރިޔަށް ގެންދާ، ނުވަތަ ހިނގަމުންދާ ހަރަކާތްތަކާއި މަޝްރޫޢުތަކަށް ހިނގާނެކަމަށް ލަފާކުރެވޭ ޚަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެކެވެ. މީގެ ތެރޭގައި އަލަށް ފެށުމަށް ރާވާ ހަރަކާތްތަކާއި، އައު މަޝްރޫޢުތައް، ނުވަތަ އިތުރަށް ނަގަން ގަސްތުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓު ނުހިމެނޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިގްތިޞާދު ކުރިން ހުރި ވަރަށް އަންނާނެ ކަމަށް މިހާރު ލަފާކުރެވެނީ 2022 ހިސާބުގައި

އިގްތިޞާދު ކުރިން ހުރި ވަރަށް އަންނާނެ ކަމަށް މިހާރު ލަފާކުރެވެނީ 2022 ހިސާބުގައި

16 މެއި 2020
އޫރީދޫގެ ހިއްސާގެ ފައިދާ ލިބޭނީ 11 ފެބުރުއަރީގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް

އޫރީދޫގެ ހިއްސާގެ ފައިދާ ލިބޭނީ 11 ފެބުރުއަރީގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް

30 ޖެނުއަރީ 2020
ޓްރެވަލް އެޖެންސީތަކުގެ އަހަރީ ރިޕޯޓް ޖެނުއަރީމަސް ނިމުމުގެކުރިން ހުށަހެޅުމަށް އަންގައިފި

ޓްރެވަލް އެޖެންސީތަކުގެ އަހަރީ ރިޕޯޓް ޖެނުއަރީމަސް ނިމުމުގެކުރިން ހުށަހެޅުމަށް އަންގައިފި

20 ޖެނުއަރީ 2020
ރެމިޓެންސް ޓެކްސް ބަޔާން 15 ގެ ކުރިން ހުށަހަޅަންޖެހޭ!

ރެމިޓެންސް ޓެކްސް ބަޔާން 15 ގެ ކުރިން ހުށަހަޅަންޖެހޭ!

10 ޖެނުއަރީ 2020
ސްނިކާސް އިން 30 އަހަރު ކުރިން ބޭނުންކުރި މެރެތަންގެ ނަން އަލުން އަނބުރާ އެ ޗޮކްލެޓަށް

ސްނިކާސް އިން 30 އަހަރު ކުރިން ބޭނުންކުރި މެރެތަންގެ ނަން އަލުން އަނބުރާ އެ ޗޮކްލެޓަށް

15 ސެޕްޓެމްބަރު 2019

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު