Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ބަޔާން

ޝާފިއުއަށާއި އޭނާގެ އާއިލާއަށް އަނިޔާކޮށް ހުތުރު ބަހުން މުއާމަލާތްކޮށްފައެއް ނުވާނެ- ފުލުހުން

17 ޖޫން 2021 | ބުރާސްފަތި 17:26

ހަގީގަތާ ޚިލާފު ވާހަކަތަކަށް ހިތްވަރުދޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެމީހުންނާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ޖޫން 2021 | ބުރާސްފަތި 17:26
ފުލުހުންގ  ހެޑް ކުއާޓަރ

ފުލުހުންގ ހެޑް ކުއާޓަރ

ޝާފިއުއަށާއި އޭނާގެ އާއިލާއަށް އަނިޔާކޮށް ހުތުރު ބަހުން މުއާމަލާތްކޮށްފައި ނުވާނެ ކަަމަށް ފުލުހުން ބުނެފިއެވެ.

ޝާފިއު އޭނާގެ އަނބިމީހާ އާއި ދަރިންނާއެކު އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސުން ހައްޔަރުކޮށްފައިވާ މައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޝާފިއުއަށާއި އޭނާގެ އާއިލާއަށް އަނިޔާކޮށް ހުތުރު ބަހުން މުއާމަލާތްކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ ތެރެއިން އިންސާނީ ހައްގަށާއި ކަރާމަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

Advertisement - newsAdvertisement

ފުލުުހުން ބުނީ ޝާފިއުއާއި އޭނާގެ އަނބިމީހާ އާއި ހަތަރު ދަރިން ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް 18 ނޮވެމްބަރު 2018ގައި އެ އިދާރާއަށް ލިބިފައިވާ ކަމަށާއި، އެ މައުލޫމާތު ލިބުމާއެކު އަފްޣާނިސްތާނުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ފުލުހުންގެ ޓީމެއް 2019ވަނަ އަހަރުގެ ފެބުރުއަރީ މަހުގައި އަފްޣާނިސްތާނަށް ގޮސްފައިވާ ކަމަށެވެ. އެކަންކަމާ ގުޅޭ ތަފްސީލުތައް 2019 ޑިސެމްބަރު 03 ވަނަ ދުވަހު އާންމުކޮށްފައި ވާނެކަމަށެވެ. އަދި ޝާފިއު އާއި އޭނާގެ އާއިލާގެ މައްޗަށް އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާއިން އުފުލާފައިވާ ދައުވާ ސާބިތުވާކަަމަށް ކަނޑައަޅައި އެ ގައުމުގެ ކޯޓުން ހުކުމްކޮށްފައި ވާކަމުގެ މައުލޫމާތު ވެސް އެ ނޫސްބަޔާނުގައި އާންމުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސަލާމަތީ ޚިދުމަތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ ވަކިވަކި މުވައްޒަފުންނާމެދު މީހުންގެ މެދުގައި ނަފްރަތު އުފައްދައި، އެ މުވައްޒަފުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި، ސޯޝަލް މީޑިއާގައި ވަކިވަކި ޕޯސްޓުތައް ކުރަމުންދާ މީހުންގެ މައްސަލަތަކާއި، އެފަދަ ހަގީގަތާ ޚިލާފު ވާހަކަތަކަށް ހިތްވަރުދޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެމީހުންނާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

08 އޯގަސްޓު 2017

ރިލްވާން މަރުވިކަން ފުލުހުންނަށް އެނގިހުރެ އާއިލާއަށް ނޭނގުމަކީ ބޮޑު މައްސަލައެއް:ހިސާން

08 އޯގަސްޓު 2017
ރިލްވާން މަރުވިކަން ފުލުހުންނަށް އެނގިހުރެ އާއިލާއަށް ނޭނގުމަކީ ބޮޑު މައްސަލައެއް:ހިސާން
26 ޖުލައި 2017

އަނިޔާކޮށް ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލައިފި

26 ޖުލައި 2017
އަނިޔާކޮށް ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލައިފި
26 ޖުލައި 2017

ގިނަ އަދަދެއްގެ ނޫސްވެރިންނަށް އަނިޔާކޮށް ހައްޔަރުކޮށްފި

26 ޖުލައި 2017
ގިނަ އަދަދެއްގެ ނޫސްވެރިންނަށް އަނިޔާކޮށް ހައްޔަރުކޮށްފި
13 ޖުލައި 2017

ރިލްވާނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށްދިނުމަށް އޭނާގެ މަންމަ އެދިއްޖެ

13 ޖުލައި 2017
ރިލްވާނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށްދިނުމަށް އޭނާގެ މަންމަ އެދިއްޖެ
11 ޖުލައި 2017

މުންދު އަށް އެމްބެސިޑަރ ކަން ލިބިފައިވަނީ އޭނާގެ މަންމަގެ ގޮނޑި ބޭނުންކޮށްގެން: ވައްޑޭ

11 ޖުލައި 2017
މުންދު އަށް އެމްބެސިޑަރ ކަން ލިބިފައިވަނީ އޭނާގެ މަންމަގެ ގޮނޑި ބޭނުންކޮށްގެން: ވައްޑޭ
20 ޖޫން 2017

އަދީބުގެ އާއިލާއަށް ޕީޕީއެމުން އަދި ޖަވާބެއް ނުދޭ!

20 ޖޫން 2017
އަދީބުގެ އާއިލާއަށް ޕީޕީއެމުން އަދި ޖަވާބެއް ނުދޭ!
04 އެޕްރީލު 2017

ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ

04 އެޕްރީލު 2017
ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ
01 އެޕްރީލު 2017

ރައީސުލް ޖުމްހޫރިއްޔާގެ އަބުރަށް ހުތުރުވާ ގޮތަށް ޓްވީޓް ކުރާކަމަށް ބުނެ އިތުރު އެކްޓިވިސްޓަކު ހައްޔަރުކޮށްފި

01 އެޕްރީލު 2017
ރައީސުލް ޖުމްހޫރިއްޔާގެ އަބުރަށް ހުތުރުވާ ގޮތަށް ޓްވީޓް ކުރާކަމަށް ބުނެ އިތުރު އެކްޓިވިސްޓަކު ހައްޔަރުކޮށްފި
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް