Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލޭ 11 ޕްލޮޓްގައި ފްލެޓް އެޅުން

ހުޅުމާލޭގެ 11 ޕްލޮޓްގައި އަޅާ ފުލެޓްތައް - އަތްފޯރާ ބޯހިޔާވަހިކަމަކަށް ކޮށާލެވޭ މަގެއް

17 ޖޫން 2021 | ބުރާސްފަތި 15:44

މި މަޝްރޫއުގައި ވެސް 60 އިންސައްތަ އަކީ އެފޯޑަބަލް ކެޓެގަރީގެ ގޮތުގައި ހެދުމަށް ޝަރުތުކޮށްފައިވޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 17 ޖޫން 2021 | ބުރާސްފަތި 15:44
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހި ކަމުގެ މަޝްރޫއު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހި ކަމުގެ މަޝްރޫއު

ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ 11 ޕްލޮޓެއްގައި ފްލެޓް އެޅުމުގެ މަޝްރޫއުގެ ދަށުން މިހާރު ބާޒާރުގައި ހުރި އަގަށްވުރެ ހެޔޮއަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ.

މި މަޝްރޫއަކީ ދިވެހި އަމިއްލަ ކުންފުނިތަކަށް އަމާޒުކޮށްގެން، ހުޅުމާލޭގެ ދެ ފިޔަވަހީގައި ހިމެނޭ 11 ބިމެއްގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުއެކެވެ. މި މަޝްރޫއުއަށް ޝައުގުވެރިކަން ފާޅުކޮށް 57 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ވާކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

Advertisement - newsAdvertisement

'ރާއްޖެއެމްވީ' އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އާތިފް ވިދާޅުވީ މި ހުރިހާ ޕްރޮޕޯސަލްތަކެއް ވެސް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކަކީ މިހާރު ބާޒާރުގައި ފްލެޓް ވިއްކަން ހުރި އަގުތަކަށްވުރެ ހެޔޮ އަގުތަކެއް ކަމަށް އާތިފް ވިދާޅުވިއެވެ.

މި މަޝްރޫއު ރޭވިފައި ވާގޮތުން ކޮންމެ ކުންފުންޏަކަށް ވެސް ދޫކުރަނީ އެއް ޕްލޮޓެވެ.  އެހެން ކަމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ތަފާތު 11 ޑިވެލޮޕަރަކަށް ފުރުސަތު ލިބިގެން ދާނެކަމަށް އާތިފް ވިދާޅުވިއެވެ. އާތިފް ވިދާޅުވީ މަޝްރޫއުގެ އަމާޒަކީ މިހާރު ބާޒާރުގައި ހުރި އަގުތަކަށްވުރެ ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޯށްދިނުން ކަމަށާއި، އެ މަގުސަދު ހާސިލުވާނެ ކަމަށް ފެންނަމުން ދާކަމަށެވެ.

މި މަޝްރޫއުގެ ދަށުން ބައެއް ޕްލޮޓްތަކުގައި 10 ބުރިއަށް އިމާރާތްކުރުމަށް ނިންމާފައި ވާއިރު އަނެއްބައި ޕްލޮޓްތަކުގައި އިމާރާތް ކުރަން ހަމަޖެހިފައިވަނީ ހަބުރީގެ އިމާރާތެވެ. މިފަދަ އެހެން މަޝްރޫއުތަކެކޭ އެއްފަދައިން މި މަޝްރޫއުގައި ވެސް 60 އިންސައްތަ އަކީ އެފޯޑަބަލް ކެޓެގަރީގެ ގޮތުގައި ހެދުމަށް ޝަރުތުކޮށްފައި ވާކަމަށް އާތިިފް ވިދާޅުވިއެވެ. އަދި މި މަޝްރޫއަކީ ޑިވެލޮޕަރުންގެ އަމިއްލަ ޚަރަދުގައި ކުރިއަށްގެންދާ މަޝްރޫއަކަށް ވުމުން ވަކި އިންސައްތައެއް އޯޕަން މާކެޓްގައި ވިއްކޭގޮތަށް ކަނޑައަޅާފައި ވާކަމަށް އާތިފް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ކޮންޓްރޯލް ޕްރައިޒްގެ އަގަކަށް ބަލާފައި ވަނީ އެންމެ ގިނަވެގެން އަކަފޫޓަކަށް 2400 ރުފިޔާއެވެ. އެހެން ނަމަވެސް މިހާރު ޕްރޮޕޯސަލް ލިބިފައިހުރީ މިއަށްވުރެ ހެޔޮ އަގުގައި ކަމަށް އެޗްޑީސީން ބުނެއެވެ.

އާތިފް ވިދާޅުވީ އަމާޒަކީ މި މަސް ނިމުމުގެ ކުރިން މަޝްރޫއުގެ އިވެލުއޭޝަން މަސައްކަތް ނިމުން ކަމަށެވެ. އަދި އިވެލުއޭޝަންގެ މަސައްކަތް ނިމި، މަޝްރޫ ހަވާލުކުރެވޭތާ 60 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭ ގޮތަށް ކަނޑައަޅާފައި ވާކަމަށް އާތިފް ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭވަރު ވާނެ ކަމަށް ވިދާޅުވިއެވެ.

އަލަށް ހަވާލުކުރުމަށް ހަމަޖެހިފައިވާ 11 ޕްލޮޓުގެ މަޝްރޫއުގެ އިތުރުން ވެސް، ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއު ތަކެއް މިހާރު ވެސް ކުރިއަށް ދާކަން އާތިފް ފާހަގަކުރެއްވިއެވެ. އެގޮތުން 355 ހައުސިން ޔުނިޓް އެޅުމަށް މީގެ ކުރިން 4 ކޮންޓްރެކްޓަރަކާ ހަވާލުކުރެވިފައި ވާކަމަށް ވިދާޅުވިއެވެ. މި މަޝްރޫއަކީ ވެސް މެދުފަންތީގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށް އާތިފް ވިދާޅުވިއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އަޅާ މި ހައުސިން ޔުނިޓްތަކުން 900 އަކަފޫޓުގެ ތިން ކޮޓަރީގެ ޔުނިޓެއް 1.8 މިލިއަން ރުފިޔާއަށް ލިބޭނެ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންހުޅުމާލެ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

05 ޑިސެމްބަރު 2025
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
03 ޑިސެމްބަރު 2025

ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

03 ޑިސެމްބަރު 2025
ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި
02 ޑިސެމްބަރު 2025

ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ

02 ޑިސެމްބަރު 2025
ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ
30 ނޮވެމްބަރު 2025

ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

30 ނޮވެމްބަރު 2025
ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް