Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

"އަޅުގަނޑަކީ މަޖިލީހުގައި ސްމާޓް މެންބަރެއް"

19 ޖޫން 2021 | ހޮނިހިރު 03:07

ތުރުކުރައްވާ ކޯޓުން ފެށިގެން އަޅުއްވާ އައިނަށް ބަލާލިއަސް މެންބަރުގެ ސްޓައިލާއި ސްމާޓުކަން ދައްކުވައިދޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 19 ޖޫން 2021 | ހޮނިހިރު 03:07
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެފައި ވަނީ ވިސްނުމަކީ ތަހުޒީބުކޮށް މީހާ ޕްރެޒެންޓު ކޮށްދިނުން ކަމަށް

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެފައި ވަނީ ވިސްނުމަކީ ތަހުޒީބުކޮށް މީހާ ޕްރެޒެންޓު ކޮށްދިނުން ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބަލާ މީހެއްގެ ލޮލުގައި ހަމަ ޔަގީނުން ވެސް އަޅައިގަންނާނެ އަދި ސަމާލުކަން ލިބޭނެ އެއް މެންބަރަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. މެންބަރު ޖާބިރުގެ ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުންދާއިރު އޭނާ ތުރުކުރައްވާ ކޯޓުން ފެށިގެން އަޅުއްވާ އައިނަށް ބަލާލިޔަސް ސްޓައިލާއި ސްމާޓުކަން ދައްކުވައިދެއެވެ.

މެންބަރު ޖާބިރަކީ އަބަދުވެސް ސްޓައިލާއި ސްމާރޓް ކަމަށް ލޯބި ކުރައްވާ ބޭފުޅެއްކަން ދޭހަވެގެންދާ އެއްކަމަކީ ކޮންމެ ދުވަހެއްގެ ޖަލްސާގައިވެސް ކޯޓުފަޓުލޫނު ތުރުކުރައްވާތީއެވެ. އެހެން މެންބަރުން ޚާއްސަ ދުވަސްތަކުގައި ކޯޓު ތުރުކުރައްވާއިރު ޖާބިރު އަބަދުވެސް ހުންވަނީ ކޯޓުފަޓުލޫނުގައެވެ. އެންމެ ޚާއްސަ އެއްކަމަކީ ކޯޓުގެ ކުލަތަކެވެ. ކަޅު ކޯޓުގެ ބަދަލުގައި މެންބަރު ފެނިގެން ދަނީ އެކި ކުލަކުލައިގެ ކޯޓު ތުރުކުރައްވާ ތަނެވެ. މެންބަރުގެ ރަތްކުލައާއި ހުދުކުލައިގެ އިތުރަށް މުށި ކުލައާއި ނޫކުލައިގެ ކޯޓުތައް ގިނަ ބައެއްގެ ސަމާލުކަން އަތުލައިގަތެވެ.

މިހާރު ކުރިއަށް ދާ އޮންލައިން ޖަލްސާތަކުގައި ވެސް މެންބަރު ޖާބިރު ހެދުންއަޅުއްވަނީ މި ދެންނެވި ފަދައިންނެވެ. ކޮންމެ ދުވަހަކުވެސް ވީޑިއޯ ޖެއްސެވުމަށްފަހު ވާހަކަ ދައްކަވާއިރު ހުންނަވަނީ ވަރަށްވެސް ރަސްމީކޮށް ޖަލްސާއަށް ނުހަނު ތައްޔާރުވެގެންނެވެ. ޖާބިރު ވިދާޅުވެފައިވަނީ ޑްރެސް ކޯޑު ބަހައްޓަވަނީ ކުރަމުންދާ ރަސްމީ މަސައްކަތާއި އެއްގޮތަށް ކަމަށެވެ. ރައްޔިތުން ތަމްސީލު ކުރަން އެބައިމީހުން ހޮވާ އެންމެ މަތީ ވެރިޔާގެ ގޮތުގައި އެ މީހާ ގިރުއާނު ނެތް ޓީޝާޓެއް ލައިގެން، މުންޑުގަނޑެއް އަނދެގެން ދިޔައިމާ އެކަން ހަމަނުޖެހޭނެ ކަމަށެވެ. \

ކާށިދޫ ދާއިރާގެ މެންބަރު ހުންނަވާންވާނީ އިއްޒަތްތެރި މެންބަރެއްގެ ފުރިހަމަ ޑްރެސްކޯޑުގައި ކަމަށް ވިދާޅުވެފައިވެއެވެ. އެއީ ކާށިދޫ ދާއިރާގެ މެންބަރު ތަފާތުވާ ސަބަބުކަމަށްވެސް ވިދާޅުވެފައިވެއެވެ. ޖާބިރު ވިދާޅުވާ ގޮތުގައި ރައްޔިތުންގެ މަންދޫބެއްގެ ހައިސިއްޔަތުން އޭނާ ރަމްޒުކޮށްދެނީ ރައްޔިތުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކަރާމާތެވެ. އެކަން ފެށެނީ މީހާ ލައިގެން ހުންނަ ހެދުމުން ފެށިގެން މަޖިލީހުގެ ތަޅުމުގައި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ވަކާލާތު ކުރުމާއި ހިސާބުންނެވެ.

"މިއީ އިއްޒަތްތެރި މަޖިލީހެކޭ" އަބަދުވެސް ވިދާޅުވެއެވެ. ޑްރެސްކޯޑު ހަމަ އެގޮތުގައި ކުރިޔަށް ގެންދަވާނެ ކަމާއި، މަޖިލީހުގެ ކަރާމާތާއި އިއްޒަތްތެރި ކަމާއި ހައިބަތު އެހެން ބަޔަކަށް ނޭނގުމަކީ ކާށިދޫ ދާއިރާގެ މެންބަރާ ބެހޭކަމެއް ނޫންކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ޖާބިރު ވިދާޅުވެފައި ވަނީ ވިސްނުމަކީ ތަހުޒީބުކޮށް މީހާ ޕްރެޒެންޓު ކޮށްދިނުން ކަމަށެވެ.

ބައެއް ފަހަރު މަޖިލީހަށް ކޯޓުފަޓުލޫނު ލައިގެންދާ ހަމައެކަނި މީހާއަށް ވާތީ އުނދަގޫވާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ބޭފުޅުން ކޯޓު ތުރުނުކުރައްވަނީ ކީއްވެގެންތޯ ހިތަށްއަރާ ކަމަށާ ބައެއް ފަހަރު ފިހާރައެއް ހުޅުވުމަށް ފަހު ކުއްޔަށް ކޯޓު ދޫކުރަން ޚިޔާލު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. ހުރިހާ ބޭފުޅުން ވެސް ކޯޓު ތުރުކުރައްވާ ހިތްވާ ކަމަށާއި ނަމަވެސް ކެރިވަޑައިނުގަންނަވަނީ ކަމަށް ޖާބިރު ވިދާޅުވިއެވެ. ކޮންމެއަކަސް ޖާބިރުގެ ހެދުން އެޅުއްވުމުން ދޭހަކޮށްދެނީ މެންބަރަކީ ފެޝަނަށް ލޯބި ކުރައްވާ އަދި ސްޓައިލަށް ބައްލަވާ ބޭފުޅެއްކަމެވެ.

ފާއިތުވި 2020 ވަނަ އަހަރު ބޭއްވުނު 19 ވަނަ މަޖިލީހުގެ އެ އަހަރުގެ ތިން ވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ވެސް މެންބަރު ވަނީ ގިނަ ދިވެހި ރައްޔިތުންގެ ސަމާލުކަން ހޯއްދަވާފައެވެ. އެގޮތުން އެދުވަހު ތުރުކުރައްވައިގެން ހުންނެވި ކޯޓުގެ އިތުރުން އަޅައިގެން ހުންނެވީ ވަރަށް ވެސް ޒަމާނީ އައިނެކެވެ. އެ ޖަލްސާގައި ބަހުސް ކުރައްވަމުން މެންބަރު ވަނީ އައިނާ ނުބެހުމަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުންވެސް މިހާރު ކުރިއަށްދާ އޮންލައިން ޖަލްސާތަކުގައި މެންބަރުގެ އިންނަވާ ލޮކޭޝަންތަކުގެ ވާހަކައަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ވާހަކައެކެވެ. އެއްފަހަރު ކުޅިއެއްގެ ކައިރިން މެންބަރު ފެނިއްޖެނަމަ އަނެއްފަހަރު ފެންނާނީ ގޮނޑުދޮށަކުންނެވެ. މިހުރިހާ ކަމަކުންވެސް މެންބަރު އެވިދާޅުވާ ޕްރެޒެންޓޭޝަނުގެ ފުރިހަމަކަން ފެނިގެން ދެއެވެ. މިހުރިހާ ކަމަކަށް ބަލާއިރު މެންބަރު ޖާބިރަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ސްޓައިލިޝް މެންބަރު ކަމަށް ބުނުން ދޮގަކަށް ނުވާނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2023

ޚުދުމުޚުތާރު ވެރިއެއްގެ ސަބަބުން މަޖިލީހުގައި ތަޅު އެޅުވުނަސް، މުއިއްޒުގެ ގާނޫނީ ހައިސިއްޔަތު ބަދަލެއްނުވާނެއެވެ!

26 އޮކްޓޯބަރު 2023
ޚުދުމުޚުތާރު ވެރިއެއްގެ ސަބަބުން މަޖިލީހުގައި ތަޅު އެޅުވުނަސް، މުއިއްޒުގެ ގާނޫނީ ހައިސިއްޔަތު ބަދަލެއްނުވާނެއެވެ!
18 ޖުލައި 2023

މަޖިލީހަށް އަނެއްކާވެސް އިތުރު ގޮނޑިތަކެއް، މަޖިލީހުގައި ހިލަމެއް ނުވާ މެމްބަރުން ގިނަ!

18 ޖުލައި 2023
މަޖިލީހަށް އަނެއްކާވެސް އިތުރު ގޮނޑިތަކެއް، މަޖިލީހުގައި ހިލަމެއް ނުވާ މެމްބަރުން ގިނަ!
18 ސެޕްޓެމްބަރު 2020

ކްލާހުގައި އިންނެވިޔަސް، މަޖިލީހުގައި އިންނެވިޔަސް އިންތި ކުރަހާ: އެކަމުގެ ސިއްރަކީ މިއީ!

18 ސެޕްޓެމްބަރު 2020
ކްލާހުގައި އިންނެވިޔަސް، މަޖިލީހުގައި އިންނެވިޔަސް އިންތި ކުރަހާ: އެކަމުގެ ސިއްރަކީ މިއީ!
07 މާރިޗު 2019

ހިޔާނާތް ބަލަން މަޖިލީހުގައި ތިބީ ހިޔާނާތް ހިންގި ކަމަށް ބުނާ މެމްބަރުން!؟

07 މާރިޗު 2019
ހިޔާނާތް ބަލަން މަޖިލީހުގައި ތިބީ ހިޔާނާތް ހިންގި ކަމަށް ބުނާ މެމްބަރުން!؟
21 ނޮވެމްބަރު 2018

އަނެއްކާވެސް މަޖިލީހުގައި ރައްޔިތުންގެ އަޑު

21 ނޮވެމްބަރު 2018
އަނެއްކާވެސް މަޖިލީހުގައި ރައްޔިތުންގެ އަޑު
16 ނޮވެމްބަރު 2017

އަބުރުވެރި، ޝަރަފުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ބުނި ވައުދާއެކު މަޖިލީހުގައި އެޅުވީ "ތަޅު"

16 ނޮވެމްބަރު 2017
އަބުރުވެރި، ޝަރަފުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ބުނި ވައުދާއެކު މަޖިލީހުގައި އެޅުވީ "ތަޅު"
31 ޖުލައި 2017

މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

31 ޖުލައި 2017
މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !
28 މާރިޗު 2017

މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

28 މާރިޗު 2017
މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް