Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ރޮނާލްޑޯގެ ރިކޯޑުތަކާއެކު ޕޯޗުގަލަށް މޮޅެއް

މި މެޗުގައި ރޮނާލްޑޯ ވަނީ ތިން ރިކޯޑެއް ހަދާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 15 ޖޫން 2021 | އަންގާރަ 18:14
ހަންގޭރީ އާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕޯޗުގަލް މޮޅުވީ 2-0 ން

ހަންގޭރީ އާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕޯޗުގަލް މޮޅުވީ 2-0 ން

ޔޫރޯ 2020 ގެ ގްރޫޕް އެފް ގެ ފުރަތަމަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑާއެކު ޕޯޗުގަލުން ހަންގޭރީ ބަލިކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ކުޅުނު މެޗުން ޕޯޗުގަލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ޕޯޗުގަލްއިން އެޓޭކިން މޮޅު ގޭމެއް ކުޅުނުއިރު، މެޗުގެ ހަތަރުވަނަ މިނެޓުގައި ޕޯޗުގަލުގެ ޑިއެގޯ ޖޮޓާއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެ ފަހުން މެޗުގެ 14 ވަނަ މިނެޓުގައި ޕޯޗުގަލުގެ ތަރި ރޮނާލްޑޯ ފޮނުވާލި ނުރައްކާތެރި ހަމަލާގެ ހުރަހަކަށްވީ ހަންގޭރީގެ ގޯލްކީޕަރު ގުލާޗީއެވެ. އަދި މި ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ރޮނާލްޑޯއަށް ވަނީ ލަނޑު ޖަހަން އިތުރު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ފަހު ހާފުގައިވެސް ޕޯޗުގަލުން ހަންގޭރީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، އެ ގައުމުން ލީޑު ނެގީ މެޗުގެ 84 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަފައެލް ގުއެރެއިރޯއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މި މެޗުގައި ޕޯޗުގަލުން ކާމިޔާބުކުރި ތިންވަނަ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.

މި ދެ ލަނޑާއެކު ރޮނާލްޑޯ ވަނީ ޔޫރޯގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު ހަދާފައެވެ. ފްރާންސްގެ ކުރީގެ ތަރި މިޝޭލް ޕްލެޓިނީގެ ރިކޯޑު ރޮނާލްޑޯ މުގުރާލީ 11 ލަނޑު ޖަހައިގެންނެވެ. މީގެ އިތުރުން ރޮނާލްޑޯ ވަނީ އެންމެ ގިނަ ޔޫރޯގައި ކުޅުމާއި، ޔޫރޯގައި އެންމެ ގިނަ މެޗު ކުޅުމުގެ ރިކޯޑުތައްވެސް ހަދާފައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020ޕޯޗުގަލްހަންގޭރީކްރިސްޓިއާނޯ ރޮނާލްޑޯ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
07 ސެޕްޓެމްބަރު 2025

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

07 ސެޕްޓެމްބަރު 2025
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު