Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިމެން އިން ޑިޕްލޮމަސީ ނެޓްވާރކް

ވިމެން އިން ޑިޕްލޮމަސީ ނެޓްވާރކްގެ ރައީސާކަމަށް ޑރ. ފަރަހަނާޒް އައްޔަން ކުރައްވައިފި     

މި ނެޓްވަރކްގެ ރައީސާކަން ދިވެހިރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 ޖޫން 2021 | އަންގާރަ 06:30
ވިމެން އިން ޑިޕްލޮމަސީ ނެޓްވާރކްގެ ބައިވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ވިމެން އިން ޑިޕްލޮމަސީ ނެޓްވާރކްގެ ބައިވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ވިމެން އިން ޑިޕްލޮމަސީ ނެޓްވަރކްގެ ރައީސާކަމަށް ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ހަމަޖައްސަވައިފިއެވެ.

އިނގިރޭސިވިލާތުގައި ހުންނަ ޖޯޖިއާ އެމްބަސީގައި އަންގާރަ ދުވަހު ބޭއްވުނު ހަފްލާގައި އެކަމަނާއަށް ރައީސާކަން ހަވަލާކޮށްދެއްވީ އެ ޖަމްއިއްޔާގެ މިހާރުގެ ރައީސާ، އަދި އިނގިރޭސިވިލާތަށް ނެމީބިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސަލަންސީ މިސް. ލިންޑާ ސްކޮޓްއެވެ. ޑރ. ފަރަހަނާޒްގެ ރައީސާކަމުގެ ދައުރުގައި އެކަމަނާގެ ނާއިބަކަށް ހުންނަވާނީ އިނގިރޭސިވިލާތަށް ޖޯޖިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސޮފީ ކަޓްސަރަވާއެވެ. އަދި މި ނެޓްވަރކްގެ މަސައްކަތުގައި ދުވަހުން ދުވަހަށް ކުރައްވަންޖެހިވަޑައިގަންނަވާ ކަންތައްތައް ކުރެއްވުމުގައި އިސްކޮށް ހުންނަވާނީ އިނގިރޭސިވިލާތުގައި ހުންނަ ޔޫ.އޭ.އީ. އެމްބަސީގެ ސަފީރުގެ ނާއިބުއެވެ.

ޑރ. ފަރަހަނާޒް ފައިސަލް މަޤާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާނީ، މި އަހަރުގެ ޖުލައި މަހުއެވެ.             

ވިމެން އިން ޑިޕްލޮމަސީ ނެޓްވަރކްއަކީ މީގެ އެތައް އަހަރެއް ކުރިން، އިނގިރޭސިވިލާތުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުންގެ މައްޗަށް އެކުލަވާލައިގެން އުފައްދާފައިވާ ނެޓްވަރކްއެކެވެ. އަހަރެއް ވަންދެން މި ނެޓްވަރކްގެ މަސައްކަތްތައް މަޑުޖެހިފައިއޮތުމަށްފަހު، އެމްބަސީ މެގަޒިންއާ ގުޅިގެން މި ނެޓްވަރކްގެ މަސައްކަތް އަލުންވަނީ މި ދިޔަ އަހަރު އޭޕްރިލް މަހު ފަށާފައެވެ.

މި ޖަމުއިއްޔާގެ މައިގަނޑު މަޤްސަދަކީ އަންހެނުން ބާރުވެރިކުރުވައި، މަސައްކަތުގެ މާހައުލުގައި އަދި ދރިއުޅުމުގައި އަންހެން ޑިޕްލޮމެޓުންނަށް ދިމާވާ ކަންތައްތައް ދެންތިއްބަވާ ބޭފުޅުންނާ ހިއްސާކޮށް، އެކަންތައްތަކަށް ހުރިހާ ބޭފުޅުން އެކުގައި ވާހަކަ ދައްކައި ހައްލުހޯދުމަށް މަސައްކަތްކުރުމެވެ. އަދި މި ޖަމުއިއްޔާއިން އިސްނަގައިގެން އެހެން އެމްބަސީތަކާއި ހައިކޮމިޝަންތަކުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުންނަށް ހާއްސަކޮށްގެން ޓްރެއިނިންގެ ޕްރޮގްރާމާއި ވަރކްޝޮޕްތައް ވެސް ހިންގައެވެ. އަދި އިނގިރޭސިވިލާތަށް އަލަށް ވަޑައިގަންނަވާ ޒުވާން ޑިޕްލޮމެޓުންނަށް އަމާޒުކޮށްގެން މެންޓަރޝިޕް ޕްރޮގްރމްތައް ވެސް މި ނެޓްވަރކުން އިސްނަގައިގެން ކުރިއަށް ގެންދެއެވެ.                       

މި ޖަމުއިއްޔާގެ ރައީސާއަކީ ކޮންމެ ހަ މަހަކުން ބަދަލުވާ މަޤާމެކެވެ. އެ ގޮތުން މި ނެޓްވަރކްގެ މަސައްކަތް އަލުން ފަށައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ރައީސަކު އައްޔަންކުރެވުނީ މިދިޔަ އަހަރު އޭޕްރިލް މަހުއެވެ.

މި ނެޓްވަރކްގެ ފުރަތަމަ ރައީސްއަކީ އިނގިރޭސިވިލާތުގައި ހުންނަ ސައުތު އެފްރިކާ ހައިކޮމިޝަންގެ ސަފީރުއެވެ. އަދި ޖުލައި މަހުގެ ދައުރުގެ ރައީސާކަން ކުރައްވާނީ ހައިކޮމިޝަނަރ ޑރ. ފަރަހަނާޒް ފައިޒަލްއެވެ. އެކަމަނާގެ ރައީސާކަމުގެ ތީމްއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިމާވާ ކަންތައްތަކަށް އަލިއަޅުވާލައި މަސައްކަތްކުރުމެވެ. މީ މި ނެޓްވަރކްގެ ތިންވަނަ ރައީސާއެވެ. އަދި މީ މި ނެޓްވަރކްގެ ރައީސާކަން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ލިބުނު ފަހަރު ވެސް މެއެވެ.

ހައިކޮމިޝަނަރ ޑރ ފަރަހަނާޒް ފައިސަލްއަކީ ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ފްރާންސް، އަޔަރލަންޑް އަދި ސްޕެއިންއަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރެވެ.

ޚާރިޖީ ވުޒާރާޑރ. ފަރަހަނާޒް ފައިޒަލް

އިތުރަށް ކިޔާލަން

29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
03 ނޮވެމްބަރު 2024

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު