Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެއި މަހުގެ އިމްޕޯޓް، އެކްސްޕޯޓްގެ ތަފާސްހިސާބު

މެއި މަހު ރާއްޖެ އެތެރެކުރި މުދަލުގެ އަގު 105 އިންސައްތަ އިތުރު

15 ޖޫން 2021 | އަންގާރަ 02:47

މެއި މަހު ދައުލަތަށް ވަނީ 238 މިލިއަން ރުފިޔާ ލިބިފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 15 ޖޫން 2021 | އަންގާރަ 02:47
ރާއްޖޭގެ މައި މުދާ އުފުލާ ބަނދަރު

ރާއްޖޭގެ މައި މުދާ އުފުލާ ބަނދަރު

މިއަހަރުގެ މެއި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ މެއި މަހާ އަޅައި ބަލާއިރު 105 އިންސައްތަ އިތުރުވެފައި ވާކަމަށް މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އަހަރުގެ މެއި މަހު ރާއްޖެއަށް 1.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ މެއި މަހު އިމްޕޯޓްކޮށްފައި ވަނީ 3.2 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި ފާއިތުވި މެއި މަހު 117 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މެއި މަހު މިއަދަދު ވަނީ 238 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 104 އިންސައްތައިގެ އިތުރުވުމެކެވެ.

Advertisement - newsAdvertisement

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން އަދި ޔޫއޭއީއެވެ. އިންޑިއާ އިން 449 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އޮމާން އިން 431 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީއިން 377 މިތިއޯން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މެއި މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައި ވަނީ 333 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރި 174 މިލިއަން ރުފިޔާގެ މުދަލާ އަޅާބަލާއިރު، 91 އިންސައްތަ ދަށް އަދަދެކެވެ. މެއި މަހު އެކްސްޕޯޓްކުރި މުދަލުގެ 80 އިންސައްތަ ތައިލޭންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، ޖަރުމަނުވިލާތައް އެކްސްޕޯޓްކޮށްފައި ވަނީ 5 އިންސައްތައެވެ. އަދި އިނގިރޭސިވިލާތަށް 4 އިންސައްތައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހު 14،689 ޑިކްލެރޭޝަން ވަނީ ޕްރޮސެސްކޮށްފައެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 4،685 ގައެވެ.

ކްލިއަރެންސް ދެވުނު އުޅަނދުތަކުގެ ތަފާސް ހިސާބަށް ބަލާއިރު ރާއްޖޭން ބޭރުން އައިސްފައިވާ 40 އުޅަނދަކަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ކްލިއަރެންސް ދީފައި ވެއެވެ. މި އަހަރު އެ އަދަދު ހުރީ 101 ގައެވެ. ހަމައެއާއެކު, ރާއްޖެއިން ފުރާފައިވާ 56 އުޅަނދަކަށް މިދިޔަ އަހަރު ކްލިއަރެންސް ދީފައި ވާއިރު މި އަހަރުގެ މެއި މަހު 118 އުޅަނދަކަށް ކްލިއަރެންސް ދީފައި ވެއެވެ.

މިއަހަރުގެ މެއި މަހު ރޯޔަލްޓީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް

16 ނޮވެމްބަރު 2025
51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް
13 ނޮވެމްބަރު 2025

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
29 އޮކްޓޯބަރު 2025

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

29 އޮކްޓޯބަރު 2025
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!
29 އޮކްޓޯބަރު 2025

ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް

29 އޮކްޓޯބަރު 2025
ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް
29 އޮކްޓޯބަރު 2025

ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކި ކޮށްފި

29 އޮކްޓޯބަރު 2025
ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކި ކޮށްފި
27 އޮކްޓޯބަރު 2025

ކަސްޓަމްސް އިން ގާނޫނާ ޚިލާފަށް ސަލާމަތީ ސެޓްފިކެޓު ނެތް ލޯންޗެއް ދުއްވިކަން ހާމަވެއްޖެ

27 އޮކްޓޯބަރު 2025
ކަސްޓަމްސް އިން ގާނޫނާ ޚިލާފަށް ސަލާމަތީ ސެޓްފިކެޓު ނެތް ލޯންޗެއް ދުއްވިކަން ހާމަވެއްޖެ
02 އޮކްޓޯބަރު 2025

ލޫޓުވައިފި، ލޫޓުވައިފި އެއްވުމާ ދިމާ ކޮށް ކަސްޓަމްސް އިން ބޮޑު މަސް ރޭހެއް ރާވައިފި

02 އޮކްޓޯބަރު 2025
ލޫޓުވައިފި، ލޫޓުވައިފި އެއްވުމާ ދިމާ ކޮށް ކަސްޓަމްސް އިން ބޮޑު މަސް ރޭހެއް ރާވައިފި
12 ސެޕްޓެމްބަރު 2025

ވަގަށް ނެރުނު ސިނގިރޭޓްތަކަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފި

12 ސެޕްޓެމްބަރު 2025
ވަގަށް ނެރުނު ސިނގިރޭޓްތަކަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފި
17 ޖުލައި 2025

2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް

17 ޖުލައި 2025
2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް