Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

މިހާރު ގޭގައި މަޑުކޮށްލާ، ބޮޑު ޗުއްޓީއަށް ލުއި ލިބޭނީ އޭރުން: ރައީސް

9 ޖޫން 2021 | ބުދަ 08:14

މާލެ ސަރަހައްދުގައި ކޮވިޑް ފިޔަވަޅުތައް ވަނީ އިތުރު އެއް ހަފްތާއަށް ދަންމާލާފައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 9 ޖޫން 2021 | ބުދަ 08:14
ސަލާމަތީ ބާރުތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތުގައި

ސަލާމަތީ ބާރުތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތުގައި

ކޮވިޑް-19ން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް މިވަގުތައް ދިގުދަންމާލި ނަމަވެސް ބޮޑު އީދަށް ވާއިރަށް ފިޔަވަޅުތަކަށް ލުއި ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅޭ މައުލޫމާތުތައް އާންމުކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙު ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރު އެ ހަފްތާއަށް ދިގުދަންމާލިކަން އިއުލާންކުރައްވާފައެވެ. ކުރިއަށް ސްކޫލް ބަންދެއް އޮތުމާ ގުޅިގެން ގިނަ ބަޔަކު ރަށްރަށަށް ދާން ބޭނުންވެފައިވާ މި ހާލަތުގައި ކޮވިޑް-19އާ ގުޅިގެން މި ވަނީ މާލެއިން ބޭރަށް ޒަރޫރީ ބޭނުމަކަށް ނޫނީ ދަތުރު ނުކުރެވޭ ގޮތަށް ވެސް ކަނޑައަޅާފައެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މިފަދަ ހަރުކަށި ފިޔަވަޅުތަކެއްގައި ގޭގައި ބަންދުވެފައި ތިބުމަކީ ފަސޭހަ ކަމެއް ނޫން ކަން ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް މިހެން ތިބެގެން ފަހުން ވާނެ ފައިދާ ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ޖުލައި މަހުގެ ތެރޭގައި ޖުލައި 26 އާއި ބޮޑު އީދު ބަންދާ އެކު 14 ދުވަހަށް ވުރެ ގިނަ ދުވަހުގެ ބަންދެއް ލިބޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު މި ލިބޭ ޗުއްޓީގައި ގޭގައި މަޑުކޮށްލައިގެން ބޮޑު އީދު ބަންދުގައި ބޭރަށް ދިއުމުގެ ފުރުސަތު ލިބިދާނެ ކަމަށެވެ. އަދި އެހެން ވިސްނައި އެކަމަށް ތައްޔާރުވުން މާ ރަނގަޅު ކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19ގެ ހާލަތު ގޯސްވުމުން އަޅާ ފިޔަވަޅުތަކަށް ކުއްލިއަކަށް ބޮޑެތި ލުއިތަކެއް ދިނުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށެވެ. އެގޮތަށް ކަންތައްކުރުމުން ވާ ގޮތް މިދިޔަ އޭޕްރިލް މަސް ތެރޭގައި ވެސް ފެނިފައިވާ ކަމަށާއި މިހާރުގެ ވިސްނުމަކީ މަޑުމަޑުން ލުއިތައް ދެމުން ދިއުން ކަމަށެވެ. އެހެންވެ މިހާރު ކެތްތެރިވެ މަޑުކޮށްލައިފިނަމަ ޖުލައި މަސް ތެރޭގައި ނިއު ނޯމަލްއެއް ފެށި އެ ނޯމަލްގައި އެކީއެކައްޗަކަށް އުޅުމުގެ މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މެއި މަހުގެ ކުރީކޮޅުން ފެށިގެން މާލެ ސަރަހައްދާއި މުޅި ރާއްޖޭގެ ކޭސްތައް ވެސް އިތުރުވެފައިވާއިރު މެއި މަހުގެ ފަހު ހަފުތާއާ ޖެހެންދެން ވެސް 1،000ން މަތިން ކޮންމެ ދުވަހަކު ވެސް ކޭސްތައް ރިޕޯޓުކުރިއެވެ. އޭގެ ސަބަބުން މާލެ ސަރަހައްދުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

އެޗްޕީއޭއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ސަރުކާރު އޮފީސްތައް ބަންދުކުރުމާއި، ސްކޫލްތައް ބަންދުކުރުމާއި، ޕާކު ތަކާއި މައިޒާންތައް އަދި ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމުގެ އިތުރަށް ޖިމްތަކާއި ސެލޫންތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ކެފޭ ރެސްޓޯރަންޓުތަކުން ވެސް ޑައިންއިން ޚިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރަށް ހަވީރު ހަތަރަކުން ފެށިގެން އަނެއް ދުވަހުގެ ހެނދުނު އަށަކާ ހަމައަށް ކާފިއު އިއުލާންކޮށްފައިވާއިރު، ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރުގައި އުޅެވެނީ ފުލުހުން ދޫކުރާ ވަކި ހުއްދައަކާއި، ވަޒީފާގެ ގޮތުންނާއި މަސައްކަތުގެ ގޮތުން ލިބޭ ވަކި ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެގޮތުން ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރުގައި އުޅުމުގެ ހުއްދަ އޮންނަނީ ކޮންމެ ގޭބީސީއަކުން ދެމީހަކަށެވެ. އެއީ ވެސް މީހަކަށް ހަތަރު ގަޑި އިރުގެ އުސޫލުން ދެމީހުން ވެސް ދެ ދަންފަޅިއަކަށް ބަހައިގެންނެވެ. އެ ހުއްދައިގައި ވެސް ޒަރޫރީ ބޭނުންތަކަށް ނޫނީ ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19ދަ ޖެނީވާ ސަމިޓް ފޯރ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީއެޗްޕީއޭ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް