Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިޝްކާގެ މަރުގެ ރިވިއު ރިޕޯޓް

ރިވިއު ރިޕޯޓުގައި ސުވާލުއުފެދޭ ގިނަ ކަންތައްތަކަކާއި ބޮޑެތި އޮޅުވާލުންތަކެއް

ރިވިއު ރިޕޯޓްގައި އެމްބިއުލަންސް އައިކަމަށް ބަޔާންކޮށްފައިވާ ގަޑިއާއި، އައިޖީއެމްއެޗް އީއާރްއަށް ގެންދެވުނު ގަޑި ނުބައިކަމަށް ބުނެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 6 ޖޫން 2021 | އާދީއްތަ 04:31
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

ކޮވިޑް-19 ގެ ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާކަމުގައިވާ އުުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދު ނިޔާވުން ވެގެން ދިޔައީ ރާއްޖޭގެ ސިއްޙީ ނިޒާމުގެ ދޯދިޔާކަން ހާމަކޮށް ފަތިފުށް ބޭޒާރުކުރުވިކަމަކަށެވެ.

މިޝްކާގެ މަރުގެ ރިވިއު ރިޕޯޓް ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާއިރު ފެންނަން އޮތީ އެކުލަވާލާފައިވާ އުސޫލުތަކާ ޚިލާފަށް ކުރި އެތައް ކަމެކެވެ. އިހުމާލުގެ ލިސްޓު ލިޔަން ދަތިހާ ދިގެވެ. މިއީ އަދި ރިވިއު ރިޕޯޓުން ފެންނަން ހުރި ކަންކަމެވެ. އިންވެސްޓިގޭޝަން އަކަށްފަހު މިލިސްޓު ދިގުވާނެ ވަރު ވަޒަންކޮށްލާށެވެ. އެޗްއީއޯސީން ޚިދުމަތް ދިނުމަށް އެކުލަވާލާފައިވާ ކުލަސްޓަރތައް ކަމުގައިވާ ކޯލް ސެންޓަރ، މެޑިކަލް ރެސްޕޮންސް ޓީމު (ޑީއެމްއާރުޓީ)، ކްލިނިކަލް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ޓީމް (ސީމެޓް) އަދި އެމަރޖެންސީ މެޑިކަލް ސަރވިސަސް (އީއެމްއެސް) އިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު މިއުޅެނީ އެމަރޖެންސީ ހާލަތެއް ކުރިމަތިވެގެންނޭ ހީވެސް ނުވެއެވެ. އެކަމަކު މި ދައްކަނީ ކޮވިޑްގެ ބަލިމަޑުކަމެއްގެ ތެރޭގައި އުޅޭ ވާހަކައެވެ. އެކަމުން ރައްޔިތުން ރައްކާތެރިކޮށް ޚިދުމަތް ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާން ޖެހޭ ބަޔަކީ މިއީއެވެ. އެހެންނަމަވެސް މިހާރު މިވަނީ ރިވިއު ރިޕޯޓުގައި އެމްބިއުލަންސް ދިޔަ ގަޑިއާއި އިތުރު ގަޑިތައް އޮޅުވާލާފައިވާކަން ހާމަވެފައެވެ.

ރާއްޖެ އެމްވީއާ ވާހަކަދައްކަމުން މިޝްކާގެ އާއިލާގެ މެމްބަރަކު ވަނީ ރިވިއު ރިޕޯޓްގައި އެމްބިއުލަންސް އައިކަމަށް ބަޔާންކޮށްފައިވާ ގަޑިއާއި، އައިޖީއެމްއެޗް އީއާރްއަށް ގެންދެވުނު ގަޑި އަދި ސީޕީއާރް ދިންކަމަށް ބުނި ބުނުމަކީ ދޮގު މަޢުލޫމާތުކަމަށް ބުނެފައެވެ. ރިވިއު ރިޕޯޓުގައިވާ ގޮތުން ބެލެނިވެރިން އެމްބިއުލަންސްއަށް ގުޅާތާ 2 ގަޑިއިރާ 36 މިނެޓް ފަހުންން 11:33 ގައި އީއެމްއެސްއިން ބެލެނިވެރިޔާއަށް ގުޅައި އެމްބިޔުލަންސް ދާނެކަމަށް ބުނެފައިވާއިރު އެމްބިޔުލަންސަށް މިޝްކާ ބަލައިދެވިފައިވަނީ 11:38 ގައިކަމަށް ވަނީ ބުނެފައެވެ. މިކަމާ ގުޅޭގޮތުން އާއިލާއިން ބުނީ މި ގަޑިއަށް އެމްބިއުލަންސް މިޝްކާ ބަލައި އައިސްފައިނުވާކަމަށެވެ. އެގޮތުން އެގަޑީގައި ވެސް އެމްބިއުލަންސް ނައުމުން 6 މިނުޓަށް ދިގުމެދެމިގެން ކޯލްއަށް ވުރެ ގިނަ ކޯލްކުރިކަން ކޯލް ލޮގްތަކުން އާއިލާއިން ވަނީ ސާބިތުކޮށްދީފައެވެ. ކޯލް ލޮގްއިން ފެންނަގޮތުން އާއިލާއިން ވަނީ އެމްބިއުލަންސް ނައިސްގެން 11:23، 11:33 އަދި 11:42ގައި ވެސް 1676ށް ގުޅާފައެވެ. މިއާއެކު ރިވިއު ރިޕޯޓްގައި މިޝްކާ އައިޖީއެމްއެޗް އީއާރްއަށް ގެންދެވުނު ގަޑިކަމަށް ބުނާ 11:42 އަކީ ވެސް ދޮގު މަޢުލޫމާތެއްކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އާއިލާއިން ވަނީ އެމްބިއުލަންސް އައިރު މިޝްކާ ހުއްޓި ޕަލްސް ވެސް ނެތްކަމަށް ބުނެފައެވެ. އަދި އެމްބިއުލަންސްގައި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ސީޕީއާރް ދީފައިވާކަމަށް ހިމަނާފައިވުމުން އެކަން ވެސް އާއިލާއިން ވަނީ ދޮގުކޮށްފައެވެ. މިޝްކާގެ އާއިލާއިން ވަނީ މިކަމާ ގުޅޭގޮތުން އާއިލާގެ ރަސްމީ ބަސް އާދިއްތަ ދުވަހު ބަޔާނަކުން ހާމަކުރާނެކަމަށް ވެސް ބުނެފައެވެ.

ރިވިއު ރިޕޯޓްގައި ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)ން ޚިދުމަތް ދިނުމަށް އެކުލަވާލާފައިވާ ކުލަސްޓަރތައް ކަމުގައިވާ ކޯލް ސެންޓަރ، މެޑިކަލް ރެސްޕޮންސް ޓީމު (ޑީއެމްއާރުޓީ)، ކްލިނިކަލް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ޓީމް (ސީމެޓް) އަދި އެމަރޖެންސީ މެޑިކަލް ސަރވިސަސް (އީއެމްއެސް) އިން އަމަލުކޮށްފައިވާ ގޮތާއި މިހާރު އަމަލުކުރަމުންދާ އާންމު އުސޫލާ އެއްގޮތަށް ކަންކޮށްފައިވޭތޯ ބަލާފައިވެެއެވެ. ރިޕޯޓްގައިވާ ގޮތުން މިޝްކާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މެެއި މަހުގެ 30 ވަނަ ދުވަހުއެވެ. ހަމަޖެހިފައިވާ އުސޫލުން ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންތޯ ކޮންޓެކްޓް ޓްރޭސިންގ ޓީމުން އެހުމުން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝާން ބޭނުންވާކަމަށް ބެލެނިވެރިޔާ އެދިފައިވެއެވެ. އެކަން ކޮންޓެކްޓް ޓްރޭސިންގ ޓީމުން ފުރިހަމަކުރަންޖެހޭ މައުލޫމާތު ޝީޓްގައި ރިކޯޑް ކޮށްފައިވީނަމަވެސް އެދުނު ގޮތަށް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ފޯރުކޮށްދެވިފައެއް ނުވެއެވެ.

ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މައުލޫމާތު ޝީޓަށް އެއްކުރާ ހުރިހާ މައުލޫމާތެއް އައުޓްބްރޭކް ސިސްޓަމަށް އަޅަންޖެހުނުނަމަވެސް އެކަން އެގޮތަށް ސިސްޓަމަށް އަޕްޑޭޓްކޮށްފައެއް ނުވެއެވެ. އަދި އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން ކޮވިޑް-19އަށް ޕޮޒިޓިވްވާ އުމުރުން 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިންނަށް ކެއަރ ކްލަސްޓަރގެ ފަރާތުން ހާލުބެލުމަށްޓަކައި ގުޅަންޖެހެއެވެ. ނަމަވެސް މިޝްކާގެ ހާލުބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައެއް ނުވެއެވެ. ރިވިއު ރިޕޯޓްގައިވާ ގޮތުން މެއި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 2:20ން ފެށިގެން މިޝްކާ ހުންގަދަވާ ކަމާއި އެއްވެސް ކާއެއްޗެއް ނުކުވޭކަމާއި ވަރުބަލިވުމާއި އަދި ކެއްސާކަން މިޝްކާގެ ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މި މައުލޫމާތު ކޯލްސެންޓަރުގެ ސިސްޓަމަށް އަޅައި ޓިކެޓް ރެއިސްކޮށް މިމައުލޫމާތު ކޯލް ސެންޓަރުން މައުލޫމާތު ޝީޓަށް އަޅާފައިވެއެވެ.

އަދި އެދުވަހުގެ 3:53 ގައި ބެލެނިވެރިޔާ ދިން މައުލޫމާތަށް ބިނާކޮށް ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑީއެމްއާރުޓީގެ ޑޮކްޓަރެއް ގުޅާ އެވަގުތު ގޭގައި ބޭނުންކުރަމުންދާ ބޭސް ކުރިޔަށް ގެންދިޔުމަށާއި އިތުުރުކަމެއް ދިމާވެއްޖެނަމަ އަލުން އަނބުރާ ގުޅުމަށް ޑޮކްޓަރު ލަފާދެއްވާފައިވެއެވެ. މިޝްކާގެ ހާލަތު ގޯސްވެގެން ދެވަނަ ފަހަރަށް ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާފައިވަނީ މެއި 31 ވަނަ ދުވަހުގެ ރޭ 9:06ގައެވެ. އަދި މިޝްކާގެ ހާލު ގޯސްވާހެން ހީވާކަމަށާއި ނޭވާލާން އުނދަގޫވެ އަތްތަޅުވާ ހަދާކަމަށް ބުނެ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަން އެންގިއެވެ. މިމައުލޫމާތު 9:10 ގައި ކޯލްސެންޓަރުން އޯބީ ސިސްޓަމަށް އަޅާ ޓިކެޓް ރެއިސްކޮށްފައިވެއެވެ. އަދި 9:15 ގައި މިމައުލޫމާތު ކޯލް ސެންޓަރުގެ ޝީޓަށް އަޅާފައިވެއެވެ. ލިބުނު މައުލޫމާތާ ގުޅިގެން ޑީއެމްއާރުޓީގެ ޑޮކްޓަރެއް ބެލެނިވެރިޔާއަށް ގުޅުމަށް މަސައްކަތްކޮށްފައިވަނީ 9:53 ގައެވެ. ނަމަވެސް އެވަގުތު ބެލެނިވެރިޔާއަށް ގުޅިފައެއްނުވެއެވެ. އެހެންނަމަވެސް މައުލޫމާތު ޝީޓަށް "އެޓެންޑަޑް" ކަމަށް ޑީއެމްއާރުޓީިން އަޅާފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ޑީއެމްއާރުޓީގެ ޑޮކްޓަރު ކޯލް މިސްވެފައިވާތީ ބެލެނިވެރިޔާ އަލުން ކޯލް ސެންޓަރަށް ގުޅާފައިވަނީ 10:06 ގައެވެ. އަދި ކުއްޖާއަށް ނޭވާނުލެވިގެން އުނދަގޫވާކަމަށް ބެލެނިވެރިޔާ މައުލޫމާތިދިނެވެ. މިކޯލްގެ މައުލޫމާތު އޯޯބީ ސިސްޓަމަށް އެވަގުތު އަޅާފައިވެއެވެ. އަދި 10:12 ގައި މިމައުލޫމާތު ކޯލް ސެންޓަރުން މައުލޫމާތު ޝީޓަށް އަޅާފައިވެއެވެ.

އެރޭގެ 10:33 ގައި ޑީއެމްއާރުޓީގެ ޑޮކްޓަރު ބެލެނިވެރިޔާއަށް އަލުން ގުޅިއެވެ. މިޝްކާގެ ބެލެނިވެރިޔާ މިޝްކާގެ ހާލަތާއި ގުޅޭގޮތުން ޑޮކްޓަރަށް މައުލޫމާތުދިނެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމާއި އެއް ދުވަސްވަންދެން ނޭވާލާން އުނދަގޫވެފައި ހުންނަކަމަށާއި ހިކި ކެއްސުމުގައި ދެ ދުވަސް އަދި ހަ ދުވަސްދެން ހުން އަންނަކަމަށާއި އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމާއި އެއްވެސް ދާއިމީ ބޭހެއް ނުކުރާކަމަށް ބުންޏެވެ. ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން ތެރަޕީ ނަގަމުންދާކަމާއި ބަލީގެ ހާލަތުގެ ސަބަބުން ކުއްޖާއަށް ވާ އުނދަގޫ އަމިއްލައަށް ކިޔައިނުދެވޭކަމުގެ މައުލޫމާތު ބެލެނިވެރިޔާ ޑޮކްޓަރާ ހިއްސާކޮށްފައިވާކަން ޑޮކްޓަރު ނޯޓުކޮށްފައިވެއެވެ. ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން މިމައުލޫމާތު ސީމެޓަށް ޑީއެމްއާރުޓީގެ ޑޮކްޓަރ ފޮނުވާފައިވަނީ އެރޭގެ 10:39ގައެވެ. އަދި އެމްބިޔުލަންސް އެކްޓިވޭޓްކުރުމަށް ކަނޑައަޅާފައިވާ ދެ ކްލަސްޓަރ ކަމުގައިވާ ޑީއެމްއާރުޓީ އާއި ސީމެޓަަށްވެސް މިމައުލޫމާތު ހިއްސާކުރެވިފައިވީނަމަވެސް އެމްބިޔުލަންސް މިޝްކާ ބެލުމަށް ދާން އަންގާފައިނުވާ ކަމަށް ރިވިއު ރިޕޯޓްގައި ބުނެއެވެ.

އެރޭގެ 11:16ން 11:33ށް އިތުރު 5 ފަހަރަށް ކޯލް ސެންޓަރަށް ބެލެނިވެރިން ގުޅާފައިވެއެވެ. މިތަނުން އެއް ކޯލުގައި ކުއްޖާގެ ހާލު ދަށްވަމުންދާކަމަށާއި ހޭނެތިފައިވާކަމާއި ނޭފަތުން ލޭ އަަންނަކަމަށް ބުނެފައިވެއެވެ. މިކޯލްތަކުގައި ކުއްޖާ ބަލާ ފޮނުވާނެކަމަށް ބުނެފައިވާކަމަށާއި ނަމަވެސް އެމްބިއުލަންސް އައިސްފައިނުވާ ކަމާއި އެމްބިއުލަންސް އައުން ލަސްކަމަށް ބެލެނިވެރިޔާ ބުނެފައިވެއެވެ. އަދި އެމްބިޔުލަންސް ފޮނުވިފައިވާކަމަށް ކޯލް ސެންޓަރުގެ ފަރާތުން ބުނެފައިވީނަމަވެސް އެމްބިޔުލަންސް އޭރުވެސް އެކްޓިވޭޓްކޮށްފައިނުވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެރޭގެ 11:27 ގައި އެމްބިޔުލަންސް ދިޔުން ލަސްވެގެން ދަރުބާރުގެއަށް ބެލެނިވެރިޔާގެ ފަރާތުން މީހަކު އައިސް އެކަން އަންގާފައިވެއެވެ. އަދި 11:32 ގައި އެމްބިޔުލަންސް ބޭނުންވާކަމަށް އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓަރ އިން އީއެމްއެސްއަށް އެންގިއެވެ.

އަދި 11:33 ގައި އީއެމްއެސްއިން ބެލެނިވެރިޔާ އަށް ގުޅައި އެމްބިޔުލަންސް ދާނެކަމަށް ބުނެފައިވާއިރު އެމްބިޔުލަންސަށް މިޝްކާ ބަލައި ދެވިފައިވަނީ 11:38 ގައެވެ. އަދި އެމްބިޔުލަންސް ދިޔައިރު ކުއްޖާގެ ހަރަކާތެއް ނެތްކަމަށާއި ވަގުތުން ސީޕީއާރު ފެށިކަމަށް ބުނެފައިވެއެވެ. މިޝްކާ އައިޖީއެމްއެޗް އީއާރަށް ގެންދެވިފައިވަނީ އެރޭގެ 11:42 ގައެވެ. އެއީ ހާލު ގޯސްވެގެން މިޝްކާގެ ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅިތާ 2 ގަޑިއިރާ 36 މިނެޓް ފަހުންނެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް ފާހަގަކުރެވިފައިވާ ކަންތައްތަކަށް ރިޕޯޓްގައި ބުނެފައިވަނީ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިއީ އެމަރޖެންސީ ހާލަތެއްކަމުގައި ބެލިފައިނެތުމާއި އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ނެތުމާއި އެމްބިޔުލަންސް ޓްރިގަރ ކުރަންޖެހޭ ވަގުތުގައި އެކަންކޮށްފައި ނުވާކަން ކަމަށެވެ. އަދި އިމަރޖެންސީގެ ގޮތުގައި ރިޕޯޓްކުރެެވުނު ހިސާބުން އެމްބިޔުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވާކަމަށެވެ.

އިމަރޖެންސީ ހާލަތަށް ވާއިރު އަދި ޑީއެމްއާރުޓީ އާއި ސީމެޓަށް އެމައުލޫމާތު ހިއްސާކުރެވި އަމަލުކުރަންޖެހޭ އުސޫލުތަކާއި އެއްގޮތަށް އެމްބިޔުލަންސް ފޮނުވަން އަންގާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. މިކަމާ ގުޅިގެން ލިބިފައިވާ ކޯލް ލޮގްތަކަށް ބަލާއިރު ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންްޓަރަށް ބެލިފައިނުވާކަމަށް ރިޕޯޓްގައި ބުނެއެވެ.

އީއެމްއެސްއަށް މައުލޫމާތު ލިބުނު ވަގުތުން އެމްބިޔުލަންސް އެކްޓިވޭޓްކޮށް 10 މިނެޓް ތެރޭގައި ކުއްޖާ ހޮސްޕިޓަލަށް ގެންދެވިފައިވާކަން ރިޕޯޓްގައި ބުނެފައިވެއެވެ.

މިޝްކާ ނިޔާވެފައިވަނީ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭގެ 12:10 ހާއިރުއެވެ. މިޝްކާ ނިޔާވުމާ ގުޅިގެން ޖެހިގެން އައި ބުދަ ދުވަހުގެ ރޭ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ މިޝްކާ ކުއްލި ގޮތަކަށް ނިޔާވުމުގައި ކަމާގުޅޭ ފަރާތްތަކުގެ އިހުމާލު އެބައޮތްކަމަށާއި އެކަން ބަލަމުންދާކަމަށެވެ. އަދި އެކަމާ ގުޅޭ ރިޕޯޓް ބުދަ ދުވަހުގެ ރޭ ލިބިވަޑައިގަންނަވާނެކަަމަށާއި ބުރާސްފަތި ދުވަހު ރިޕޯޓް ހާމަކުރައްވާނެކަމަށެވެ. ނަމަވެސް ރިޕޯޓް އާންމުކޮށްފައިވަނީ ހުކުރު ދުވަހުގެ ރެއެވެ.

ކޮވިޑް-19ހެލްތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯކައިދޫ ސިއްހީ މަރުކަޒު ގެ ވަށާ ފާރު ގެ ބެރީގެ މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު

ފޯކައިދޫ ސިއްހީ މަރުކަޒު ގެ ވަށާ ފާރު ގެ ބެރީގެ މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު

23 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު