Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫރޯ 2020

ޔޫރޯ މި އަހަރަށް ފަސްކުރީ ކީއްވެ؟

ޔޫރޯ އޮންނަނީ ޖޫން 11 ވަނަ ދުވަހުން ޖުލައި 11 ގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ޖޫން 2021 | ހުކުރު 05:47
ރަޝިއާގެ ސެއިންޓް ޕީޓަސްބާގުގައި ބަހައްޓާފައި ހުރި ޔޫރޯ ޓްރޮފީ

ރަޝިއާގެ ސެއިންޓް ޕީޓަސްބާގުގައި ބަހައްޓާފައި ހުރި ޔޫރޯ ޓްރޮފީ

މި އަހަރުގެ ހޫނު މޫސުމުގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާއިރު، މި މުބާރާތަކީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ބާއްވަން ތާވަލުކުރި މުބާރާތެކެވެ. އެގޮތުން މީގެ ކުރިން މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ވަނީ މި މުބާރާތް މި އަހަރަށް ފަސްކޮށްފައެވެ. އެ ނިންމުން ޔުއެފާއިން ނިންމާފައިވަނީ އެ ޖަމުއިއްޔާގެ 55 މެންބަރު ގައުމުންނާއި، ޔޫރަޕުގެ ލީގުތަކުންނާއި، ޔޫރަޕުގެ ކުލަބު އެސޯސިއޭޝަނުންނާއި، ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން (ފިފްޕްރޯ) ގެ މަންދޫބުންނާއެކު ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގައެވެ.

ޔޫރޯ ފަސްކުރަން ޔުއެފާއިން ނިންމީ ޔޫރަޕުގެ ފުޓްބޯޅަ ލީގުތަކާއި ޔުއެފާގެ ކުލަބު މުބާރާތްތައް ފުރިހަމަކުރަން ވަގުތު ދިނުމަށެވެ. ކޮވިޑާ ގުޅިގެން މިދިޔަ ސީޒަނުގެ ލީގުތައް މެދުކަނޑާލަން ޖެހުމުން، މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ޔޫރަޕުގެ ވަރުގަދަ ލީގުތަކުގެ ކުޅުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެއާއެކު ޔުއެފާއިން މިހާރު ވަނީ މި މުބާރާތް މި އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ތާވަލުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ މުބާރާތް މި އަހަރު ބޭއްވުމަށް ނިންމި ނަމަވެސް، މި މުބާރާތް މި އަހަރުވެސް ކުރިއަށްދާނީ "ޔޫރޯ 2020" ގެ ނަމުގައެވެ.

މުޅިއެކު 24 ގައުމު ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ ޔޫރަޕުގެ ތަފާތު 11 ގައުމެއްގެ 11 ސިޓީއެއްގައެވެ. އެގޮތުން ޔޫރޯގެ މެޗުތައް މިފަހަރު ކުޅޭނެ އެގާރަ ސިޓީއަކީ އަޒަބައިޖާނުގެ ބާކޫ، ރަޝިއާގެ ސެއިންޓް ޕީޓަސްބާގް، ރުމޭނިޔާގެ ބުކަރެސްޓް، ހަންގޭރީގެ ބުޑަޕެސްޓް، ޖަރުމަނުގެ މިއުނިކް، ޑެންމާކުގެ ކޯޕަންހޭގަން، ހޮލެންޑުގެ އެމްސްޓެޑަމް، އިޓަލީގެ ރޯމް، ސްޕެއިނުގެ ސެވިއްޔާ، ސްކޮޓްލެންޑުގެ ގްލާސްގޯ އަދި އިންގްލެންޑުގެ ލަންޑަނެވެ.

މި ފަހަރުގެ މުބާރާތް ހުޅުވާ މެޗު އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅޭއިރު، ސެމީ ފައިނަލް މެޗުތަކާއި، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. އެގޮތަށް ކުރިއަށްގެންދަން ޔުއެފާއިން ނިންމީ، ޔޫރޯ މުބާރާތް ބާއްވާތާ 60 އަހަރު އަހަރު ފުރޭ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުންނެވެ.

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2017

ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

07 ސެޕްޓެމްބަރު 2017
ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."
15 އޯގަސްޓު 2017

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟
10 އޯގަސްޓު 2017

ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

10 އޯގަސްޓު 2017
ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟
07 އޯގަސްޓު 2017

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟
03 އޯގަސްޓު 2017

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

03 އޯގަސްޓު 2017
މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟
12 ޖުލައި 2017

އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

12 ޖުލައި 2017
އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟
12 ޖޫން 2017

އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

12 ޖޫން 2017
އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟
09 މެއި 2017

ބޮޑު ބައްޔަކުން މެޗުން ބަލިވީ ކީއްވެ؟

09 މެއި 2017
ބޮޑު ބައްޔަކުން މެޗުން ބަލިވީ ކީއްވެ؟
06 މެއި 2017

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟
02 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު