Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫރޯ 2020

ޕޯޗުގަލް: ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުން

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް އޮތީ މަރުގެ ގްރޫޕެއްގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ޖޫން 2021 | ހުކުރު 05:25
2016 ވަނަ އަހަރުގެ ޔޫރޯގެ ތައްޓާއެކު ޕޯޗުގަލް ޓީމު

2016 ވަނަ އަހަރުގެ ޔޫރޯގެ ތައްޓާއެކު ޕޯޗުގަލް ޓީމު

މި އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާއިރު، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ޕޯޗުގަލެވެ. އެ ޓީމުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި މުބާރާތް ބޭއްވި ގައުމު ކަމަށްވާ ފްރާންސް 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

އަމިއްލަ ގައުމުގައި 2004 ވަނަ އަހަރު ބޭއްވި ޔޫރޯގެ ފައިނަލުން ގްރީސް އަތުން ބަލިވިތާ 12 އަހަރު ފަހުން ޕޯޗުގަލުން ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ގައުމަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ލިބުނު ފުރަތަމަ ތައްޓެވެ.

އެ ފަހަރުގެ މުބާރާތުގެ ދެވަނަ ބުރުން ޕޯޗުގަލް ޖާގަ ހޯދާފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް އެއްވަރުވެ، ތިންވަނަ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. އަދި އެ މުބާރާތުގައި ޕޯޗުގަލަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މުޅި މުބާރާތުގައިވެސް 90 މިނެޓުގެ ތެރޭގައި ޕޯޗުގަލް މޮޅުވީ އެންމެ މެޗަކުންނެވެ. އެގޮތުން ފައިނަލް މެޗުންވެސް ޕޯޗުގަލް މޮޅުވެފައިވަނީ އިތުރު ވަގުތުގައެވެ.

2016 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ހިމެނުނީ ގްރޫޕް އެފްގައެވެ. އެ ގްރޫޕުގައި ދެން ހިމެނުނީ ހަންގޭރީ، އައިސްލެންޑް އަދި އޮސްޓްރިއާއެވެ. ގްރޫޕް ސްޓޭޖުގައި ޕޯޗުގަލުން ކުޅުނު ތިން މެޗުވެސް އެއްވަރުވިއިރު، ދެވަނަ ބުރުގައި ކްރޮއޭޝިއާ އަތުން އިތުރު ވަގުތުގައި ޕޯޗުގަލް ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ކުއާޓާ ފައިނަލުގައި ޕޮލެންޑް އަތުން ޕޯޗުގަލް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުންނެވެ. އެކަމަކު ސެމީ ފައިނަލުގައި ޕޯޗުގަލުން މޮޅު ކުޅުމެއް ދެއްކިއިރު، ސެމީގައި ވޭލްސް އަތުން އެ ގައުމު ވަނީ 2-0 ގެ ނަތީޖައަކުން މޮޅުވެފައެވެ.

އެ ފަހަރުގެ ފައިނަލް މެޗުގެ 20 ވަނަ މިނެޓުގައި ޕޯޗުގަލުގެ ކެޕްޓަން ރޮނާލްޑޯގެ ކަކުލަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުނުއިރު، ފައިނަލް މެޗުން ޕޯޗުގަލް މޮޅުވީ މެޗުގެ 109 ވަނަ މިނެޓުގައި މިހާރު އުމުރުން 33 އަހަރުގެ އެޑާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އެއާއެކު މި ފަހަރުގެ ޔޫރޯއާ އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ޕޯޗުގަލް ކުރިމަތިލާއިރު، އެ ގައުމު ހިމެނެނީ މަރުގެ ގްރޫޕެއްގައެވެ. އެގޮތުން އެ ގްރޫޕުގައި ހިމެނެނީ ޕޯޗުގަލުގެ އިތުރުން ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޖަރުމަން އަދި ހަންގޭރީއެވެ.

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2022

ޕޯޗުގަލްގެ ބަލި ފަޔަކީ ރޮނާލްޑޯ

24 ނޮވެމްބަރު 2022
ޕޯޗުގަލްގެ ބަލި ފަޔަކީ ރޮނާލްޑޯ
25 ޖުލައި 2022

75 އަހަރަށްފަހު ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު - ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމުގެ އުސްއަލިތައް

25 ޖުލައި 2022
75 އަހަރަށްފަހު ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު - ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމުގެ އުސްއަލިތައް
03 ޖުލައި 2021

ދެއްކުންތެރިކަމުގެ ލިސްޓުން ފުރިހަމަ އެއްވަނައެއް ޕޯޗުގަލްއަށް

03 ޖުލައި 2021
ދެއްކުންތެރިކަމުގެ ލިސްޓުން ފުރިހަމަ އެއްވަނައެއް ޕޯޗުގަލްއަށް
04 ޖޫން 2021

ޔޫރޯގެ މަރުގެ ގްރޫޕުގައި ޕޯޗުގަލް، ފްރާންސް އަދި ޖަރުމަން

04 ޖޫން 2021
ޔޫރޯގެ މަރުގެ ގްރޫޕުގައި ޕޯޗުގަލް، ފްރާންސް އަދި ޖަރުމަން
03 ނޮވެމްބަރު 2020

ޝަހީދު ޙުސައިން އާދަމްގެ އެންމެ ފަހުގެ 25 މިނިޓު!

03 ނޮވެމްބަރު 2020
ޝަހީދު ޙުސައިން އާދަމްގެ އެންމެ ފަހުގެ 25 މިނިޓު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު