Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާބަނޑު މީހަކު އެމްބިއުލާންސް ތެރެއަށް ވިހެއުން

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

3 ޖޫން 2021 | ބުރާސްފަތި 17:36

ކޮވިޑް ޕޭޝަންޓަކަށް ވީނަމަވެސް ހޮސްޕިޓަލުގައި އަވަސްފަރުވާ ދީފައިވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 3 ޖޫން 2021 | ބުރާސްފަތި 17:36
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް

އެމްބިއުލާންސް ތެރެއަށް ވިހެއި މާބަނޑު މީހާ، ހޮސްޕިޓަލަށް ގުޅިތާ ހަތް މިނެޓު ތެރޭގައި، އޭނާ ބަލާ ފޮނުވާފައިވާނެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗް އިން ބުނީ، މާބަނޑު މީހާ ގުޅީ ބުރާސްފަތި ދުވަހުގެ މެންދުރު 11:55ގައި ކަމަށެވެ. އެދުނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ އެމްބިއުލާންސް ފޮނުވައިދިނުމަށް ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމާއެކު، އޮންނަ އުސޫލުގެ ތެރެއިން ކުރަން ޖެހޭ ސުވާލުތައް ކުރި ކަމަށެވެ. އޭގެ ތެރޭގައި، ކޮވިޑް-19ގެ އާލާމާތެއް ހުރިތޯއާއި، ނުވަތަ ޕޮޒިޓިވް ފަރާތެއްތޯއާއި، ނުވަތަ އޭނާ ދިރިއުޅޭ ގެއަކީ މޮނިޓަރިންގގައި ހުރި ގެއެއްތޯ ވެސް ބެލި ކަމަށެވެ. ނަަމަވެސް އެއީ ކޮވިޑް ޕޭޝަންޓެއް ނޫން ކަމަށް ބުނެފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެފައިވެއެވެ. އަދި އެހުރިހާ މައުލޫމާތެއް ސާފުކުރުމަށް ފަހު 12:03ގައި އެމްބިއުލާންސް ޑިސްޕެޗްކޮށްފައިވާނެ ކަމަށެވެ.

އަންހެން މީހާގެ ބަނޑަށް 8 މަސް ކަމަށާއި، އަދި އޭނާ އެމްބިއުލާންސް ތެރެއަށް ވިހޭއިރު، އެމްބިއުލާންސްގައި ޕެރެމެޑިކް ޓީމު އޮތް ކަމަށާއި، ކަންކަން ދިޔައީ ރަނގަޅަށް ކަމަށެވެ.

އެކަމަކު ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭގައި ބައިގަޑިއެއްހާއިރު ހޭދަ ވެފައިވާ ކަމަށާއި، އެކަން ވީގޮތް ސާފުކުރި އިރު ބަލި މީހާ އުޅުނު ގެއިން ސްޓްރެޗަރގައި އޭނާ ނެރުމުގައި ދިމާވި ދަތިތަކަކާއި، އެފަދަ ބައެއް ކަންކަމުގެ ސަބަބުން ލަސްވީ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ތުއްތު ކުއްޖާ އަށާއި އަންހެން މީހާއަށް އެމަރޖެންސީގައި ފަރުވާދިން ކަމަށާއި، އެކަމަކު ކުއްޖާ ސަލާމަތް ނުވި ކަމަށެވެ.

އުމުރުން 29 އަހަރުގެ އަންހެން މީހާ އަކީ ކޮވިޑް-19 ޕޭޝަންޓެއްކަން އެނގުނީ ވެސް ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާއަށް ޕޭޝަންޓް ހިސްޓްރީ ބެލުމުން ކަމަށާއި، ނަމަވެސް އެއްވެސް ފަރުވާއެއް ދިނުމުގައި ލަސްކޮށް ފަރުވާކުޑަކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އެރުވިއެވެ. އައިޖީއެމްއެޗުން ބުނީ ޕޭޝަންޓް ސްޓޭބަލްވުމުން އަންހެނުންގެ ބަލިތަކަށް ހާއްސަ އެމަޖަންސީ ރޫމަށް ބަދަލުކުރި ކަމަށާއި، މިހާރު ބަލި މީހާ އަށް ފަރުވާދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-16ގައި ކަމަށެވެ.

އެ ހޮސްޕިޓަލުން އިތުރަށް ބުނީ ގެނައި މާބަނޑު މީހާ އަކީ ކޮވިޑް ޕޭޝަންޓަކަށްވީ ނަމަވެސް އޭގެ ސަބަބުން އެހެން ބަޔަކަށް ބަލި ފެތުރުމުގެ ފުރުސަތު ނެތްކަމަށެވެ. އެގޮތުން ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ވެސް ތިބީ ފުލް ޕީޕީއީ ކިޓްގައި ކަމަށާއި، ބަލި މީހާ ގެންދިއުމަށް ފަހުވެސް އަޅަން ޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައިވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ގާސިމްގެ ނަސޭހަތް މަސީހަށް: ގާނޫނާ ހިލާފު، އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ!

12 އެޕްރީލު 2017
ގާސިމްގެ ނަސޭހަތް މަސީހަށް: ގާނޫނާ ހިލާފު، އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ!
10 އެޕްރީލު 2017

ޒައިދުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި، މިފަހަރު ހަތް ދުވަސް!

10 އެޕްރީލު 2017
ޒައިދުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި، މިފަހަރު ހަތް ދުވަސް!
23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
06 މާރިޗު 2017

ރާއްޖެޓީވީގެ އަބޯ އާއި ނަދީމަށް ނަޒާހަތްތެރިކަމުގެ ސެޓްފިކެޓާއި ހާއްސަ އިނާމެއް

06 މާރިޗު 2017
ރާއްޖެޓީވީގެ އަބޯ އާއި ނަދީމަށް ނަޒާހަތްތެރިކަމުގެ ސެޓްފިކެޓާއި ހާއްސަ އިނާމެއް
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް