Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ އަންނަ ފަތުރުވެރިން

މެއި މަހު ރާއްޖެ އައީ 64،613 ފަތުރުވެރިން

2 ޖޫން 2021 | ބުދަ 08:16

ފުރަތަމަ ފަސް މަހު ރާއްޖެ އައިސްފައި ވަނީ 454،383 ފަތުރުވެރިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 ޖޫން 2021 | ބުދަ 08:16
ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނެޝަނަލް އެއާޕޯޓްގައި

ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނެޝަނަލް އެއާޕޯޓްގައި

މި ނިމިގެންދިޔަ މެއި މަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވާން ފަށައި, މަސް ނިމުނު އިރު ރާއްޖެ އައިސްފައި ވަނީ 64،613 ފަތުރުވެރިންނެވެ.

ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލަމުންދާއިރު، މެއި މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެ އައިސްފައި ވަނީ 2،084 ފަތުރުވެރިންނެވެ. މެއި މަސް ނިމުނު އިރު، 3،000ށް ވުރެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އެންމެ ތިން ދުވަހުއެވެ. އެއީ މެއި އެއް ވަނަ ދުވަހު އައި 3,815 ފަތުރުވެރިންނާއި ދެ ވަނަ ދުވަހު އައި 3,397 ފަތުރުވެރިންގެ އިތުރުން 11 ވަނަ ދުވަހު އައި 3,164 ފަތުރުވެރިންނެވެ.

Advertisement - newsAdvertisement

މެއި މަހުގެ ފަހު ހަފްތާ ނިމުނު އިރު ދުވާލެއްގެ މައްޗަށް އައި ފަތުުވެރިންގެ އަދަދު 2،000ން މައްޗަށް ގޮސްފައެއް ނުވެއެވެ. އެގޮތުން 26 ވަނަ ދުވަހު 1،251 ފަތުރުވެރިން، 27 ވަނަ ދުވަހު 1،342 ފަތުރުވެރިން، 28 ވަނަ ދުވަހު 1،284 ފަތުރުވެރިން، 29 ވަނަ ދުވަހު 1،958 ފަތުރުވެރިން އަދި 30 ވަނަަ ދުވަހު 1،793 ފަތުރުވެރިންނާއި 31 ވަނަ ދުވަހު 1،195 ފަތުރުވެރިންނެވެ. މެއި މަހު އެންމެ މަދުން ފަތުރުވެރިން ރާއްޖެ އައިސްފައި މިވަނީ މަހުގެ އެންމެ ފަހު ދުވަހުއެވެ.

މިއަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، ޖެނުއަރީ މަހު 92,103 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ފެބްރުއަރީ މަހު 96,882 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މާޗް މަހު ރާއްޖެ އައިސްފައިވަނީ 109,585 ފަތުރުވެރިންނެވެ. އޭޕްރިލް މަހު 91,200 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިއަހަރު ފެށުނު އިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ރާއްޖޭގެ ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާއެކު އޭގެ އަސަރު ދަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރަމުންނެވެ. ރާއްޖޭގެ ގިނަ މާކެޓްތަކަކުން ކޮވިޑްގެ ސަބަބުން ދަތުރުނުކުރެވޭ އިރު، ރާއްޖޭގައި ކޭސްތައް އިތުރުވަމުންދާތީ ގައުމުތަކުން ދަނީ ރާއްޖެއަށް ދަތުރުކުރަން ފަސްޖެހެމުންނެވެ. ރާއްޖޭގެ ކޮވިޑް ކޭސްތައް އިތުރުވުމުން ފަތުރުވެރިކަމަށް ކުރާނެ އަސަރާމެދު ކަންބޮޑުވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ އެކިފަހަރުމަތިން ވިދާޅުވެފައެވެ.

އަހަރުގެ ފުރަތަމަ ފަސް މަސް ނިމުނު އިރު ރާއްޖެއަށް 454،383 ފަތުރުވެރިން އައިސްފައިވާއިރު، މިއީ 2020 ވަަނަ އަހަރާ އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް 2019 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމާއި އަޅާބަލާއިރު، އަދިވެސް ރާއްޖޭގެ ފަތުރުވެރިކަން އުޅެނީ 39 އިންސައްތަ ދަށުގައެވެ. ކޮވިޑާއެކު ރއްޖޭގައި ފަތުރުވެރިން ހޭދަކުރާ މުއްދަތު ވަނީ އިތުރުވެފައެވެ. އެގޮތުން ފަތުރުވެރިން ދަނީ އެވްރެޖްކޮށް ނުވަ ދުވަސް މިހާރު ރާއްޖޭގައި ހޭދަކުރަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް