Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންޗެލޮޓީ ރެއާލާ ހަވާލުވުން

އަންޗެލޮޓީ އަލުން އަނބުރާ ރެއާލަށް

1 ޖޫން 2021 | އަންގާރަ 19:20

އަންޗެލޮޓީ ވަނީ ރެއާލަށް 2013 އިން 2015 އަށް ކޯޗުކޮށްދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 ޖޫން 2021 | އަންގާރަ 19:20
ރެއާލް މެޑްރިޑާ ހަވާލުވި ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑާ ހަވާލުވި ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ

އެވަޓަން ދޫކޮށްލައި އަލުން އަނބުރާ ރެއާލް މެޑްރިޑާ ހަވާލުވާން އިޓަލީގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ ނިންމައިފިއެވެ.

އުމުރުން 61 އަހަރުގެ އަންޗެލޮޓީ އެވަޓަނުގެ ކޯޗުގެ މަގާމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު އަންގާރަ ދުވަހުގެ ވަގުތެއްގައި އޭނާ ވަނީ އެވަޓަނުގެ އެއްބަސްވުން އުވާލައި، ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރެއާލަށް ބަދަލުވާން ނިންމާފައެވެ.

ރެއާލުގެ ކޯޗުގެ މަގާމަށް އަންޗެލޮޓީ ހަމަޖެއްސީ، އެ ޓީމުގެ ކޯޗުގެ މަގާމުން ވަކިވާން މިދިޔަ ހަފުތާގެ ބުދަ ދުވަހު ޒިނެދިން ޒިދާން ނިންމުމާ ގުޅިގެންނެވެ. ރެއާލް ދޫކޮށްލަން ދެވަނަ ފަހަރަށް ޒިދާން ނިންމިއިރު، އެ ޓީމުން މި ސީޒަން ނިންމާލީ ކާމިޔާބީއެއް ނެތިއެވެ. މިއީ މިދިޔަ 10 އަހަރު ތެރޭ ކާމިޔާބީއެއް ނެތި ރެއާލުން ސީޒަނެއް ނިންމާލި ފުރަތަމަ ފަހަރެވެ.

އެވަޓަން ދޫކޮށް ރެއާލުގެ ކޮޗުގެ މަގާމާ ހަވާލުވުމަށްފަހު އަންޗެލޮޓީ ވަނީ އެވަޓަނުގެ މެނޭޖްމަންޓަށް ޝުކުރުއަދާ ކޮށްފައެވެ. އޭނާ ބުނީ އެ ޓީމު ދޫކޮށް ރެއާލާ ގުޅެން ނިންމީ، މިއީ މި ވަގުތަށް ބަލާއިރު ދޫކޮށްލެވެން ނެތް ފުރުސަތަކަށް ވާތީ ކަމަށެވެ. ރެއާލުގެ ކޯޗުގެ މަގާމާ އެންޗެލޮޓީ ހަވާލުވިއިރު، އޭނާ ވަނީ މީގެ ކުރިން 2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ކޯޗުކޮށްދީފައެވެ. އަދި މި މުއްދަތުގައި ރެއާލުން ވަނީ ސްޕެނިޝް ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ރެއާލުގެ ކޯޗަކަށް އަންޗެލޮޓީ ހަމަޖެއްސިއިރު، ރިޕޯޓުތައް ބުނާ ގޮތުން އެ ޓީމުން އެންމެ ފުރަތަމަ މަސައްކަތް ކުރީ މަސިމިލިއާނޯ އެލެގްރީ ހޯދުމަށެވެ. އެކަމަކު އުމުރުން 53 އަހަރުގެ އެލެގްރީ ވަނީ އަލުން އަނބުރާ ޔުވެންޓަސްގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވެފައެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

އެލް ކްލެސިކޯއަށްފަހު ބާސާ އަދި ރެއާލަށް ބޮޑު މޮޅެއް

27 އެޕްރީލު 2017
އެލް ކްލެސިކޯއަށްފަހު ބާސާ އަދި ރެއާލަށް ބޮޑު މޮޅެއް
18 އެޕްރީލު 2017

އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް

18 އެޕްރީލު 2017
އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް
15 އެޕްރީލު 2017

އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް

15 އެޕްރީލު 2017
އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް
12 އެޕްރީލު 2017

މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ

12 އެޕްރީލު 2017
މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ
26 މާރިޗު 2017

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
13 މާރިޗު 2017

ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް

13 މާރިޗު 2017
ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް