ކޮވިޑާއި ގުޅިގެން 73 ރަށެއް މޮނިޓަރިންގައި
31 މެއި 2021 | ހޯމަ 06:55އަތޮޅުތެރޭގެ ހާލަތު ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން


އަތޮޅުތަކުގެ ރަށްރަށް، ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ | އެޑިޝަން.އެމްވީ
ކޮވިޑް-19ގެ ކޭސްތައް ފެނި 73 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެގޮތުން މިވަގުތު މޮނިޓަރިންގައި އޮތީ،
މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތަކުން ކޮވިޑް-19ގެ ކޭސްތައް ފެނިފައިވާތީ އެރަށްތަކުގެ ހާލަތު ވަރަށް ގާތުން ސަރުކާރުން ދަނީ ބަލަމުންނެވެ.
އެގޮތުން އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާ ކުރުމަށާއި ކޯޑިނޭޝަން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކޮންމެ އަތޮޅަކަށް ސަރުކާރުގެ ފަރާތުން އިސް ބޭފުޅަކު ކަނޑައަޅުއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވާފައިވެއެވެ. އަދި އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކޮންމެ އަތޮޅަކަށް ވަނީ ކަނޑައަޅުއްވާފައެވެ. މިބޭފުޅުން މަސައްކަތްކުރައްވާނީ ކައުންސިލްތަކާއި ޓާސްކްފޯސްތަކާއި ގުޅިގެން އެ އަތޮޅެއްގައި ކޮވިޑް ކޮންޓްރޯލްކޮށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި، ދަތިތައް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އަދި ކަމާއި ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެއްވާ އަދި އެކަން ހިނގާނުހިގާ ގޮތް މޮނިޓަރ ކުރެއްވުމަށެވެ.
ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ރަށްތަކުގައި ކާފިއު ހިންގަމުންދާއިރު، އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިންތަކާއި އެއްގޮތަށް ގިނަ ރައްޔިތުން އަމަލުކުރަމުންދާ ކަމަށް އެރަށްތަކުގެ ކައުންސިލްތަކުން މައުލޫމާތުދެއެވެ. އަދި މިމަސައްކަތުގައި އާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭކަން ކައުންސިލްތަކުން ފާހަގަކުރެއެވެ.









