Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޮޅަކަށް ގެއްލުންދިން މައްސަލަ

ފިނޮޅެއް ނައްތާލަން އުޅުނު މައްސަލައިގައި ގިލިލަންކަންފުށި ޖޫރިމަނާކޮށްފި

30 މެއި 2021 | އާދީއްތަ 14:03

ރޭގަނޑުގެ ވަގުތުގައި ފިނޮޅަށް އަރައި ކޯރު ކެނޑުމުގެ މަސައްކަތުގައި އުޅެނިކޮށް އެކަން ހުއްޓުވީ ހިންމަފުށީ ރައްޔިތުން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 30 މެއި 2021 | އާދީއްތަ 14:03
ކ ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅު

ކ ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅު

ކ. ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް ގިލިލަންކަންފުށި މޯލްޑިވްސް ރިސޯޓުގެ މުވައްޒަފުންތަކެއް އަރައި އެ ފިނޮޅުގައި ކޯރު ކެނޑި މައްސަލައިގައި ފަސްލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދަކުން އެ ރިސޯޓު ޖޫރިމަނާކޮށްފިއެވެ.

ހިންމަފުއްޓާއި ގިލިލަންކަންފުއްޓާ ދެމެދު އޮންނަ ފިނޮޅަށް ގިލިލަންކަންފުށި ރިސޯޓުގެ ކުރީގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕޮޓިކް އާއި އެހެން މުވައްޒަފުންތަކެއް އަރައި, އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާ ގޮތަށް ކޯރު ކެނޑި މައްސަލަ ފެންމަތިވީ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. އެކަމާ ގުޅިގެން ހިންމަފުށީ ކައުންސިލުންނާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެތައް ޖަމްޢިއްޔާއަކުންނާއި އާންމު ރައްޔިތުން ވަނީ އެކަން ކުށްވެރިކޮށް، އެކަން ކުރި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.

Advertisement - newsAdvertisement

އެ މައްސަލައިގައި އަމާޒުވި ފާޑުކިޔުންތަކާއެކު, އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވަނީ މަގާމުން އިސްތިއުފާދީފައެވެ.

ފިނޮޅު ނައްތާލަން އުޅުނު މައްސަލަ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާއި ފުލުހުން ވެސް ތަހުގީގުކޮށްފައިވެއެވެ.

ތަހުގީގަށްފަހު އީޕީއޭއިން އާދީއްތަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ 21 ޖެނުއަރީ ގައި ގިލިލަންކަންފުށީގެ މުވައްޒަފުންތަކެއް އަރައި, ފިނޮޅުގެ ހުރަހަށް ފެން ދައުރުވާނެ ގޮތަށް ފަސްގަނޑު ކޮނެ, އެ ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގޮތަށް ކޯރު ކެނޑި މައްސަލައިގައި ފުލުހުންނާއި ގުޅިގެން ކުރިތަހުގީގަށް އެކަން ހިނގިކަން ޔަގީން ކުރެވިފައި ވާކަމަށެވެ. އަދި އެ ފިނޮޅިގެ ތިން ސަރަހައްދަކުން ކޯރު ކަނޑާފައިވާކަން ފާހަގަކުރެވިފައި ވާކަމަށް އީޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

މި މައްސަލައާއި ގުޅިގެން, ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ ޖުމްލަ އަދަދުކަމަށްވާ 562,980 (ފަސްލައްކަ ފަސްދޮޅަސް ދެހާސް ނުވަސަތޭކަ އަށްޑިހަ) ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވާކަމަށް އީޕީއޭއިން ބުނެއެވެ.

ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ބުރާސްފަތި ދުވަހު ގިލިލަންކަންފުށި އޮޕަރޭޓްކުރާ ޕްރޯމަސް ޕްރައިވެޓް ލިމިޓެޑަށް އީޕީއޭއިން ވަނީ އަންގާފައެވެ.

ރޭގަނޑުގެ ވަގުތުގައި ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަށް އަރާ އެ ފިނޮޅުގައި ކޯރު ކެނޑުމުގެ މަސައްކަތުގައި އުޅެނިކޮށް އެކަން ހުއްޓުވީ ހިންމަފުށީ އާންމުންގެ ބަޔަކު އެތަނަށް ގޮހެވެ. އެކަން ކުރީ, ފިނޮޅު ނައްތާލަންކަމަށް ބުނެ އެފަރާތްތަކާ ދެކޮޅަށް އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅައި ދިނުމަށް ހިންމަފުށީ ކައުންސިލުން ވެސް ކަމާބެހޭ ފަރާތްތަކަށް އޭރު ގޮވާލާފައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް