Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ސިޓީ ބަލިކޮށް ޗެމްޕިއަންކަން ޗެލްސީއަށް

29 މެއި 2021 | ހޮނިހިރު 21:16

މިހާތަނަށް ސިޓީއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 މެއި 2021 | ހޮނިހިރު 21:16
ޔުއެފާ ޗެމްޕިއަންސް ލީގުގެ ތައްޓާއެކު ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ތައްޓާއެކު ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި މެންޗެސްޓާ ސިޓީ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ޗެލްސީން ހޯދައިފިއެވެ.

ޕޯޗުގަލުގެ ޕޯޓޯގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުން ޗެލްސީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ މި އަހަރުގެ ޖެނުއަރީ މަހު ޗެލްސީގެ ކޯޗުގެ މަގާމާ ހަވާލުވި ތޯމަސް ޓުޗެލްގެ ފުރަތަމަ ކާމިޔާބީއެވެ. އަދި މިއީ ޓުޗެލްގެ ކޯޗިން ކެރިއަރުގައި ކާމިޔާބުކުރި ފުރަތަމަ ޗެމްޕިއަންސް ލީގެވެ. ޓުޗެލް ވަނީ މިދިޔަ ސީޒަނުގައި މުޅިން އަލަށް ޕީއެސްޖީއަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިދީފައެވެ. އެކަމަކު އެ ފަހަރުގެ ފައިނަލުން ޕީއެސްޖީ ވަނީ ބަޔާން މިއުނިކް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ޗެލްސީގެ ތާރީޚުގައި އެ ޓީމުން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، އެ ޓީމުން މީގެ ކުރިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2011-2012 ވަނަ އަހަރުގެ ސީޒަނުގައެވެ. އެ ފަހަރު ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، ކޯޗަކަށް ހުރީ އެ ސީޒަނުގެ މެދުތެރެއިން ޓީމާ ހަވާލުވި އިޓަލީގެ ކޯޗު ރޮބާޓޯ ޑި މަޓެއޯއެވެ.

ޕޯޓޯގެ އެސްޓާޑިއޯ ޑޮ ޑްރާގޯ ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވަނީ ޗެލްސީންނެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ޗެލްސީގެ ޓިމޯ ވާނާއަށް އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ސިޓީގެ ގޯލްކީޕަރު އެޑާސަން ވަނީ ދިފާއުކޮށްފައެވެ. އަދި މި ހާފުގައި ސިޓީގެ ފިލް ފޯޑެންއަށްވެސް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޗެލްސީން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މޭސަން މައުންޓް ދިން ރީތި ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އެ ޓީމާ ގުޅުނު ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒްއެވެ. މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ލީޑު ފުޅާކުރަން ޗެލްސީގެ ކްރިސްޓިއަން ޕުލިސިކަށް ވަނީ މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ސިޓީ ބަލިކޮށް ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، ޗެލްސީގެ ކޯޗުގެ މަގާމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން ސިޓީއާ ދެކޮޅަށް ކުޅުނު ތިން މެޗުންވެސް ޗެލްސީ ވަނީ މޮޅުވެފައެވެ.

މި ފަހަރުގެ ފައިނަލަކީ މެންޗެސްޓާ ސިޓީގެ ތާރީޚުގައި އެ ޓީމުން ކުޅުނު ފުރަތަމަ ޗެމްޕިއަންސް ލީގެވެ. މިހާތަނަށް ސިޓީއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައި ނުވާއިރު، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވަނީ 2011 ވަނަ އަަހަރު ބާސެލޯނާގައި ހުރެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް