Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރުން

އައްޑޫ ސިޓީން އިތުރު 16 މީހަކު ޕޮޒިޓިވްވެ، 82 މީހުން ބަލިން ރަނގަޅުވެއްޖެ

28 މެއި 2021 | ހުކުރު 08:07

މިހާތަނަށް 260 މީހަކު ޕޮޒިޓިވްވެފައިވާއިރު، 176 އެކްޓިވް ކޭސް ހިމެނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 މެއި 2021 | ހުކުރު 08:07
އައްޑޫ ސިޓީ، ކޮންޓްރޯލް ކުރުމުގެ ގޮތުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި

އައްޑޫ ސިޓީ، ކޮންޓްރޯލް ކުރުމުގެ ގޮތުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި

ފާއިތުވި 24 ގަޑިއިރު އައްޑޫ ސިޓީން އިތުރު 16 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ށް ނެގުނު 96 ސާމްޕަލްގެ ތެރެއިން އިތުރު 16 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިހާތަނަށް 260 މީހަކު ޕޮޒިޓިވްވެފައިވާއިރު، 176 އެކްޓިވް ކޭސް ހިމެނެއެވެ.

Advertisement - newsAdvertisement

އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ 82 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށާއި، 3600 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި ޚާއްސަ ސަމާލުކަމެއް ދީގެން ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ފޭދޫއިން 10 މީހުން، މަރަދޫފޭދޫއިން އެކަކު، މަރަދޫއިން 10 މީހުން، ހިތަދޫއިން 111 މީހުން، ރިސޯޓުން 2 މީހުން، މީދޫއިން 8 މީހުން، ހުޅުދޫއިން 33 މީހުން، އަދި ގަމުން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އައްޑޫ ސިޓީން މިހާތަނަށް ދެމީހަކު މިބަލީގައި ނިޔާވެފައިވެއެވެ.

އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިވުމުގެ ގޮތުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކޮންމެހެން ނުކުންނަން ޖެހިގެން މެނުވީ ނުނިކުތުމަށް އިލްތިމާސްކޮށްފައިވާއިރު، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަށް ކަންކަން އިންތިޒާމް ކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި، އެއިދާރާގެ ދަށުން ހިނގަމުންދާ އަވަށު އޮފީސްތަކުން ދެމުންގެންދާ އެންމެހާ ޚިދުމަތްތައް ދިނުންް ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ.

ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ބަލި ކޮންޓްރޯލް ކުރުމުގައި އާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އައްޑޫ ސިޓީ ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ 1 މެއި ވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. މުޅި އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެންދިޔަ އިރު މިދިޔަ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު ވެސް އައްޑޫ ސިޓީ މޮނީޓަރިން ހާލަތަށް ގެންދިޔައެވެ. އެ ފަހަރުގެ މޮނިޓަރިންގެ ހާލަތު އުވާލީ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް