Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެލްޖީއޭ ބޯޑް

އެލްޖީއޭ ބޯޑަށް ކައުންސިލަރުން އިންތިހާބު ކުރުން ފަސްކޮށްފި

27 މެއި 2021 | ބުރާސްފަތި 18:18

ވޯޓުލުން ކުރިޔަށްދާނީ ޖޫން 12 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 މެއި 2021 | ބުރާސްފަތި 18:18
އިލެކްޝަންސް ކޮމިޝަނުން  ވަނީ އިންތިޚާބު ފަސްކޮށްފައި

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު ފަސްކޮށްފައި

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް، ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ފަސްކޮށްފިއެވެ.

މި އިންތިޚާބު ބާއްވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ވޯޓުލުމަށް ކުރިން އިޢުލާންކޮށްފައިވާ ގަޑިއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ އުސޫލުގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މި އިންތިޚާބުގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، އަންނަ މަހުގެ 12 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައިވީ ނަމަވެސް، އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާނީ ޖޫން 12 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ކަމަށެވެ.

އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ކަމަށެވެ.

ގާނޫނަށް ގެނެވުނު އިސްލާހާއެކު އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއް އަދި، އަތޮޅު ކައުންސިލް ރައީސުންގެ ތެރެއިން މެންބަރެއް އިންނަވަން ޖެހެއެވެ. އެލްޖީއޭގެ ބޯޑުގެ ރަށު ކައުންސިލަރުންގެ ގޮނޑިއަށް ކޮމިޝަނުން އާންމުކޮށްފައިވާ ގޮތުން، ހަތް ކައުންސިލަރަކު ވާދަކުރެއެވެ. އެއީ، އެމްޑީޕީގެ ފަސް ކައުންސިލަރުންނާއި، ޕީޕީއެމްގެ ކައުންސިލަރަކާއި، އަދި އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ ކައުންސިލަރެކެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އަތޮޅު ރައީސްގެ ގޮނޑިއަށް އިންތިޚާބަކާ ނުލައި، ޕީޕީއެމްއަށް ނިސްބަތްވާ ކ. އަތޮޅުގެ ރައީސް އަހުމަދު ނިމާލު ވަނީ ހޮވިފައެވެ. އެއީ، އެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ނ. އަތޮޅުގެ ރައީސް މުހައްމަދު ބަޝީރު، ވަގުތު ހަމަވިފަހުން ފޯމް ހުށަހަޅުއްވާފައިވާ ކަމަށް ބުނެ އެ ފޯމް ބަލައިނުގަތުމަށް އީސީން ވަނީ ނިންމުމާ ގުޅިގެންނެވެ.

އެހެންނަމަވެސް، ބަޝީރު ވަނީ ގަޑި ޖެހުމުގެ ކުރިން އޭނާ ފޯމް މެއިލްކުރެއްވި ކަމަށް ވިދާޅުވެ، އިލެކްޝަން ކޮމިޝަންގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައެވެ. ބަޝީރު ފޯމް މެއިލް ކުރީ ގަޑި ޖެހުމުގެ 1 މިނެޓް ކުރިން ކަމަށް ވަނީ ބުނެފައެވެ. ފޯމް ހުށަހެޅުން ލަސްވީ ސާވަރގެ ލަސްކަމެއް ހުރުމުން ދިމާވި ކަމެއް ކަމަށް ބަޝީރުވަނީ ބުނެފައެވެ. އެވާހަކައަށް ރައްދުދެއްވައި އީސީގެ ރައީސް ވިދާޅުވީ، އީސީގެ ސާވަރގައި އެކަހަލަ އެއްވެސް މައްސަލައެއް ދިމާ ނުވާނެ ކަމަށެވެ.

އެލްޖީއޭއިލެކްޝަންސް ކޮމިޝަން

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި
06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް