Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ އެކި ހިސާބަށް އުދައެރުން

ދިއްފުއްޓަށް އުދައަރައި މުޅި ރަށް ލޮނުގެ އަޑީގައި

27 މެއި 2021 | ބުރާސްފަތި 13:08

އާންމު ދިރިއުޅުމުގެ ކަންކަމަށް ހުރަސްއެޅި، ފިހާރަތަކާއި ވޯކްޝޮޕްތައް ވަނީ ހުއްޓިފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 27 މެއި 2021 | ބުރާސްފަތި 13:08
ދިއްފުއްޓަށް އުދައަރައި، ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި

ދިއްފުއްޓަށް އުދައަރައި، ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އުދައަރައި މާލެ އަތޮޅު ދިއްފުއްޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އުދައިގެ ސަބަބުން ކުރި އަސަރުތަކުގެ މަޢުލޫމާތު ރާއްޖެއެމްވީއާއި ހިއްސާކުރައްވަމުން ދިއްފުށީ ކައުންސިލުގެ ރައީސް އިބުރާހިމް ސުނިލް ވިދާޅުވީ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މުޅި ރަށުތެރެއަށް ރާޅު އަރާފައިވާކަމަށެވެ. ބުރާސްފަތި ދުވަހު އެންމެ ދިޔަވަރު ބޮޑުވީ މެންދުރުފަހު 2:00 ހާއިރުކަން ފާހަގަ ކުރައްވަމުން ސުނިލް ވިދާޅުވީ މިހާރުވެސް މުޅި ދިއްފުށީގައި ލޮނުގަނޑު ހެދިފައިވާކަމަށެވެ. ލޮނުގަނޑުގެ ސަބަބުން އާންމު ދިރިއުޅުމުގެ ކަންކަން ކުރަން ހުރަސްއެޅި، ގެއްލުންތައް ލިބެމުންދާކަމަށް ވިދާޅުވިއެވެ. އުދައިގެ އަސަރު ރަށުގެ 85 އިންސައްތަ ގޭބީސީއަށް ކޮށްފައިވާކަމަށް އަންދާޒާކުރެވޭއިރު، ރަށުގެ ވޯކްޝޮޕްތަކާއި، ބައެއް ފިހާރަތަކުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. އަދި ލޮނުގަނޑު ބޮޑުވުމުގެ ސަބަބުން ރަށުގައި ހެދިފައިވާ ގަސްގަހާ ގެއްސަށާއި، ބައެއް ހިފާގެންގުޅޭތަކެއްޗަށް ގެއްލުންވެފައިވާކަމަށް ކައުންސިލުގެ ރައީސް އިބުރާހިމް ސުނިލް ހާމަކުރެއްވިއެވެ. ލޮނުގަނޑު ހިންދުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ފޯރުކޮށްދިން ޕަމްޕަކާއި، އާންމު ރައްޔިތުންގެ ފެންހިންދާ ޕަމްޕްތައް ދަނީ ބޭނުން ކުރަމުންނެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ގދ. ވ ވާދޫ ކައުންސިލުގެ ރައީސް ހަސަން އަބްދުﷲ ވަނީ ވާދޫގެ އެކި ސަރަހައްދުތައް ގިރަމުންދިއުމުން ހޭޅިފަށް ވަރަށް ތިރިވެފައިވާކަމަށް ވިދާޅުވެފައެވެ. މި ސަބަބައްޓަކައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ވަރަށް ގިނައިން އުދައަރާ ގެއްލުންވާކަމަށް ވިދާޅުވިއެވެ. މިފަހަރުގެ އުދައިގެ ސަބަބުން އެރި ރާޅު އެރަށުގެ މީހުން ދިރިއުޅެމުންދާ ސަރަހައްދުތަކަށް ކޮށްފައި ނުވާއިރު، އެ ރަށު ގޮނޑުދޮށުގައި ތަރައްޤީކޮށްފައިވާ ޕާކްތަކާއި ބައެއް ފިނި މައިޒާންތަކަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ. ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ހަސަން އަބްދުﷲ ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ކުރަމުންދާ އަސަރުތަކުގެ މައުލޫމާތު ރާއްޖެއެމްވީއާއި ހިއްސާކުރައްވަމުން އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު ފިކުރީ ވަނީ މިހާތަނަށް އައިރު ނ. ކެނދިކުޅުދޫ، ކ. ދިއްފުށި އަދި އއ. ރަސްދޫ އަދި ގދ. ވާދޫއަށް އުދައަރައިގެން ރިޕޯޓްކޮށްފައިވާކަމަށް ވިދާޅުވެފައެވެ. މި ރަށްރަށުގެ ޙާލަތު ގާތުން ބަލަމުންދާއިރު، އެމްއެންޑީއެފްއާއި ޒިންމާވާ އިދާރާތަކާއި ގުޅިގެން އެރަށްރަށުގެ ޙާލަތު ގާތުން މޮނީޓަރކޮށް އެހީ ފޯރުކޮށްދެމުންދާކަމަށް އުމަރު ވިދާޅުވިއެވެ. ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެފަދަ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުމަށާއި، އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމަށް އުމަރު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ދުރާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށް ފުރާޅު އެއްލާނުލާނެފަދަ ގޮތަކަށް ހައްޔަރުކުރުމަށާއި، ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމަށް އަދި ބޭނުންނުކުރާނަމަ އިލެކްޓްރިކް ތަކެތި ނިއްވާލާފައި ބެހެއްޓުމަށްވެސް ވަނީ ގޮވާލައްވާފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ކ. އަތޮޅުން އައްޑޫ ސިޓީއަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ. މީގެ އިތުރުން ކަނޑުގަދަވެ އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

އުތުރާއި މެދުރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ވެސް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެއެވެ. މެޓް އޮފީހުން ބުނީ ރާޅުގެ އުސްމިން ހުންނާނީ 4 - 8 ފޫޓުގައި ކަމަށާއި، ދިޔަވަރު  ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. އަދި މޫސުން ގޯސްވާނެތީ ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައިވެއެވެ.

މޫސުން

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

16 އޮކްޓޯބަރު 2025
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި
14 އޮކްޓޯބަރު 2025

އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

14 އޮކްޓޯބަރު 2025
އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
05 އޯގަސްޓު 2025

ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

05 އޯގަސްޓު 2025
ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
18 ޖުލައި 2025

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު

18 ޖުލައި 2025
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު
10 ޖުލައި 2025

ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ

10 ޖުލައި 2025
ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ
05 ޖޫން 2025

އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅު، ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

05 ޖޫން 2025
އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅު، ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
21 ޑިސެމްބަރު 2024

މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ

21 ޑިސެމްބަރު 2024
މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ
17 ޑިސެމްބަރު 2024

ކުރިއަށް އޮތް 4 ދުވަހު މެދުރާއްޖެތެރޭ އާއި ދެކުނަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މެޓް

17 ޑިސެމްބަރު 2024
ކުރިއަށް އޮތް 4 ދުވަހު މެދުރާއްޖެތެރޭ އާއި ދެކުނަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މެޓް
17 ޑިސެމްބަރު 2024

މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ

17 ޑިސެމްބަރު 2024
މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް