Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑޮންނަރުއްމާ މިލާން ދޫކޮށްލުން

މިލާން ދޫކޮށްލަން ޑޮންނަރުއްމާ ނިންމައިފި

27 މެއި 2021 | ބުރާސްފަތި 08:45

ޑޮންނަރުއްމާ ކެރިއަރު ފެށީ 16 އަހަރުގައި މިލާނުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 މެއި 2021 | ބުރާސްފަތި 08:45
މިލާން ދޫކޮށްލަން ނިންމާފައިވާ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ

މިލާން ދޫކޮށްލަން ނިންމާފައިވާ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ

މި ސީޒަނަށްފަހު އޭސީ މިލާން ދޫކޮށްލަން އިޓަލީގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ނިންމައިފިއެވެ.

ޑޮންނަރުއްމާ އޭނާގެ ކެރިއަރު ފަށާފައިވަނީ އުމުރުން އެންމެ 16 އަހަރުގައި 2015 ވަނަ އަހަރު މިލާނުންނެވެ. އޭގެ ފަހުން މިލާނުގެ ފުރަތަމަ އެގާރައިން އޭނާއަށް ޖާގަ ގެއްލިފައެއް ނުވެއެވެ. އެކަމަކު މިހާރު އުމުރުން 22 އަހަރުގެ ގޯލްކީޕަރު މިލާނާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ޖޫން މަހު ހަމަވާނެއެވެ.

ދާދި ފަހުން މިލާނުގެ ޓެކްނިކަލް ޑިރެކްޓަރު ޕައުލޯ މަލްޑިނީ ވަނީ ޑޮންނަރުއްމާގެ އެއްބަސްވުން އާނުކުރާމެ ކަމަށް ބުނެފައެވެ. އެހެންކަމުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ޑޮންނަރުއްމާއަށް ކުލަބު ބަދަލުކުރެވޭނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޑޮންނަރުއްމާ ހޯދަން ޗެލްސީ، ޓޮޓެންހަމް ހޮޓްސްޕާ، ބާސެލޯނާ އަދި ޔުވެންޓަސްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ޑޮންނަރުއްމާގެ ބަދަލުގައި ލިލްގެ ގޯލްކީޕަރު މައިކް މައިގްނަން ހޯދުމަށް މިލާނުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އިޓަލީގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިލާނުން ކެރިއަރު ފެށި ޑޮންނަރުއްމާ ވަނީ އެ ޓީމަށް މިހާތަނަށް 251 މެޗު ކުޅެދީ، އެ ޓީމާއެކު އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. އަދި އިޓަލީގެ ގައުމީ ޓީމަށް ޑޮންނަރުއްމާ މިހާތަނަށް 25 މެޗު ކުޅެދީފައިވާއިރު، އޭނާއަކީ އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު އެންމެ ޒުވާން ގޯލްކީޕަރެވެ.

ޑޮންނަރުއްމާ މިލާން ދޫކޮށްލާއިރު، އެ ޓީމުން ވަނީ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދާފައެވެ. މިއީ 2013-2014 ވަނަ އަހަރުގެ ސީޒަނަށްފަހު މިލާން ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދި ފުރަތަމަ ފަހަރެވެ.

ޖިއަންލުއިޖީ ޑޮންނަރުއްމާއޭސީ މިލާން

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
04 ސެޕްޓެމްބަރު 2025

ސިޓީ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކުލަބު: ޑޮންނަރުންމާ

04 ސެޕްޓެމްބަރު 2025
ސިޓީ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކުލަބު: ޑޮންނަރުންމާ
03 ސެޕްޓެމްބަރު 2025

ޑޮންނަރުންމާ ސިޓީ އަށް ބަދަލުވެއްޖެ

03 ސެޕްޓެމްބަރު 2025
ޑޮންނަރުންމާ ސިޓީ އަށް ބަދަލުވެއްޖެ
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
07 ޑިސެމްބަރު 2024

އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި

07 ޑިސެމްބަރު 2024
އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި
04 ޑިސެމްބަރު 2024

ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް

04 ޑިސެމްބަރު 2024
ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް
10 އޮކްޓޯބަރު 2024

އެއްބަސްވުން އައު ކުރުމުގެ މަޝްވަރާއެއް މިލާނުން ހެނާންޑޭޒްއަކާ ނުކުރޭ

10 އޮކްޓޯބަރު 2024
އެއްބަސްވުން އައު ކުރުމުގެ މަޝްވަރާއެއް މިލާނުން ހެނާންޑޭޒްއަކާ ނުކުރޭ
23 ސެޕްޓެމްބަރު 2024

އިންޓަ މިލާންގެ މައްޗަށް، އޭސީ މިލާން އިން ކުރި ހޯދައިފި

23 ސެޕްޓެމްބަރު 2024
އިންޓަ މިލާންގެ މައްޗަށް، އޭސީ މިލާން އިން ކުރި ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް