Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެލްޖީއޭ ބޯޑުގެ އިންތިޚާބު

އެލްޖީއޭ ބޯޑުގެ މޭޔަރުގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެއްޖެ

27 މެއި 2021 | ބުރާސްފަތި 04:56

ކައުންސިލުން އިންތިޚާބުކުރާ ރައީސްގެ ގޮނޑި ކ. އަތޮޅުގެ ރައީސަށްވަނީ ލިބިފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 މެއި 2021 | ބުރާސްފަތި 04:56
މޭޔަރުގެ ގޮނޑިއަށް ވާދަ ކުރައްވަނީ މާލެ ސިޓީ މޭޔަރު މުއިއްޒު އާއި ފުވައްމުލައް ސިޓީ މޭޔަރު އިއްސެ

މޭޔަރުގެ ގޮނޑިއަށް ވާދަ ކުރައްވަނީ މާލެ ސިޓީ މޭޔަރު މުއިއްޒު އާއި ފުވައްމުލައް ސިޓީ މޭޔަރު އިއްސެ

އެލްޖީއޭ ބޯޑުގެ މޭޔަރުގެ ގޮނޑިއަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުއިއްޒާއި ފުވައްމުލައް ސިޓީގެ މޭޔަރ އިއްސެ ކުރިމަތިލައިފިއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މޭޔަރުންގެ ގޮނޑިއަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ކުރިމަތިލެއްވުމާއެކު މި ގޮނޑީގެ ވާދަވެރިކަން މިވަނީ ބޮޑުވެފައެވެ.

Advertisement - newsAdvertisement

ގާނޫނަށް ގެނެވުނު އިސްލާހާއެކު އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއް އަދި، އަތޮޅު ކައުންސިލް ރައީސުންގެ ތެރެއިން މެންބަރެއް އިންނަވަން ޖެހެއެވެ.

އެގޮތުގެ މަތިން، އެ މަގާމުތަކަށް ކުރިމަތިލާން އިލެކްޝަން ކޮމިޝަނުން ހުޅުވާލުމުން އެލްޖީއޭ ބޯޑުގެ ސިޓީ ކައުންސިލަރުންގެ ގޮނޑިއަށް ކުރިމަތިލައްވާފައިވަނީ ޕީޕީއެމްއަށް ނިސްބަތްވާ ޑރ. މުއިއްޒު އަދި އެމްޑީޕީއަށް ނިސްބަތްވާ އިއްސެއެވެ. މި ދެ ބޭފުޅުންގެ މެދުގައި އޮންނަ އިންތިޚާބުގައި ވޯޓުދޭނީ ސިޓީ ކައުންސިލުތަކުގެ މެންބަރުންނެވެ.

މިހާރު އޮތް ހަތަރު ސިޓީ ކައުންސިލުގެ ތެރެއިން މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ ޕީޕީއެމްއަށެވެ. އައްޑޫ ސިޓީގެ މެޖޯރިޓީ ވަކި ޕާޓީއަކަށް ނެތެވެ. ކުޅުދުއްފުށީ ސިޓީ އާއި ފުވައްމުލައް ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ.

އިލެކްޝަން ކޮމިޝަނުން ބުދަ ދުވަހު، ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށް، އަންނަ މަހުގެ 12 ވަނަ ދުވަހު އިންތިޚާބު ބާއްވާނެކަންވަނީ އިއުލާންކުރައްވާފައެވެ. އެލްޖީއޭގެ ބޯޑުގެ ރަށު ކައުންސިލަރުންގެ ގޮނޑިއަށް ކޮމިޝަނުން އާންމުކޮށްފައިވާ ގޮތުން ހަތް ކައުންސިލަރަކު ވާދަކުރެއެވެ. އެއީ، އެމްޑީޕީގެ ފަސް ކައުންސިލަރުންނާއި ޕީޕީއެމްގެ އެއް ކައުންސިލަރަކު އަދި އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ އެއް ކައުންސިލަރެކެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އަތޮޅު ރައީސްގެ ގޮނޑިއަށް އިންތިޚާބަކާ ނުލައި، ޕީޕީއެމްއަށް ނިސްބަތްވާ ކ. އަތޮޅުގެ ރައީސް އަހުމަދު ނިމާލު ވަނީ ހޮވިފައެވެ. އެއީ، އެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ނ. އަތޮޅުގެ ރައީސް މުހައްމަދު ބަޝީރު، ވަގުތު ހަމަވިފަހުން ފޯމް ހުށަހަޅުއްވާފައިވާ ކަމަށް ބުނެ އެ ފޯމް ބަލައިނުގަތުމަށް އީސީން ވަނީ ނިންމުމާ ގުޅިގެންނެވެ.

އެހެންނަމަވެސް، ބަޝީރު ވަނީ ގަޑި ޖެހުމުގެ ކުރިން އޭނާ ފޯމް މެއިލްކުރެއްވި ކަމަށް ވިދާޅުވެ، އިލެކްޝަން ކޮމިޝަންގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައެވެ. ބަޝީރު ފޯމް މެއިލް ކުރީ ގަޑި ޖެހުމުގެ 1 މިނެޓް ކުރިން ކަމަށް ވަނީ ބުނެފައެވެ. ފޯމް ހުށަހެޅުން ލަސްވީ ސާވަރގެ ލަސްކަމެއް ހުރުމުން ދިމާވި ކަމެއް ކަމަށް ބަޝީރުވަނީ ބުނެފައެވެ. އެވާހަކައަށް ރައްދުދެއްވައި އީސީގެ ރައީސް ވިދާޅުވީ، އީސީގެ ސާވަރގައި އެކަހަލަ އެއްވެސް މައްސަލައެއް ދިމާ ނުވާނެ ކަމަށެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
02 ޑިސެމްބަރު 2025

ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

02 ޑިސެމްބަރު 2025
ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި
02 ޑިސެމްބަރު 2025

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި
01 ޑިސެމްބަރު 2025

އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

01 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި
23 ސެޕްޓެމްބަރު 2025

ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ހުއްޓިދާނެތީ މުވައްޒަފުން ނެގުމަށް ބޭނުންވާ އުސޫލު ފާސްކުރުމަށް ފޭދޫ ކައުންސިލުން ސަރުކާރަށް ގޮވާލައިފި

23 ސެޕްޓެމްބަރު 2025
ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ހުއްޓިދާނެތީ މުވައްޒަފުން ނެގުމަށް ބޭނުންވާ އުސޫލު ފާސްކުރުމަށް ފޭދޫ ކައުންސިލުން ސަރުކާރަށް ގޮވާލައިފި
05 ސެޕްޓެމްބަރު 2025

ޑަބްލިއުޑީސީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި

05 ސެޕްޓެމްބަރު 2025
ޑަބްލިއުޑީސީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ފެށިފައި ހުރި މުއާމަލާތްތައް ހުއްޓާލުމަށް އެންގި ގާނޫނީ ހަމަ ސާފުކުރުމަށް ގައްދޫ ކައުންސިލުން އެލްޖީއޭގައި އެދިއްޖެ

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ފެށިފައި ހުރި މުއާމަލާތްތައް ހުއްޓާލުމަށް އެންގި ގާނޫނީ ހަމަ ސާފުކުރުމަށް ގައްދޫ ކައުންސިލުން އެލްޖީއޭގައި އެދިއްޖެ
21 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް!

21 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް!
18 އޯގަސްޓު 2025

ބާރުތައް ކަނޑުވާލާ ގާނޫނަށް އަމަލު ކުރަން އެލްޖީއޭ އިން ކައުންސިލް ތަކަށް އަންގައިފި

18 އޯގަސްޓު 2025
ބާރުތައް ކަނޑުވާލާ ގާނޫނަށް އަމަލު ކުރަން އެލްޖީއޭ އިން ކައުންސިލް ތަކަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް