Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގަޓޫސޯ ފިއޮރެންޓީނާއާ ހަވާލުވުން

ނާޕޮލީން ވަކިވި ގަޓޫސޯ ފިއޮރެންޓީނާގެ ކޯޗަކަށް

ގަޓޫސޯ ހޯދަން ލާޒިއޯއިންވެސް ވަނީ މަސައްކަތް ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 މެއި 2021 | ބުދަ 11:35
ފިއޮރެންޓީނާގެ ކޯޗަކަށް ހަމަޖެއްސި ޖެނާރޫ ގަޓޫސޯ

ފިއޮރެންޓީނާގެ ކޯޗަކަށް ހަމަޖެއްސި ޖެނާރޫ ގަޓޫސޯ

ނާޕޮލީގެ ކޯޗުގެ މަގާމުން އިސްތިއުފާދިނުމަށް ފަހު ފިއޮރެންޓީނާގެ ކޯޗުގެ މަގާމާ ހަވާލުވާން ކުރީގެ މަޝްހޫރު މިޑްފީލްޑަރު ޖެނާރޫ ގަޓޫސޯ ނިންމައިފިއެވެ.

އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގަށް ނާޕޮލީ ކޮލިފައިކޮށް ނުދެވުމުން އުމުރުން 43 އަހަރުގެ ގަޓޫސޯ ވަނީ މިދިޔަ އާދިއްތަ ދުވަހު އެ ޓީމުގެ ކޯޗުކަމުން ވަކިވެފައެވެ. ލީގުގެ ފަހު މެޗާ ކުރިމަތިލިއިރު ގަދަ ހަތަރެއްގެ ތެރޭގައި ނާޕޮލީ އޮތް ނަމަވެސް، ފަހު މެޗުން ވެރޯނާއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވުމާ ގުޅިގެން ނާޕޮލީ ވަނީ ފަސްވަނައަށް ވެއްޓިފައެވެ.

ނާޕޮލީން ވަކިވިތާ 48 ގަޑިއިރުވެސް ނުވަނީސް އަންގާރަ ދުވަހު ފިއޮރެންޓީނާއިން ވަނީ އެ ޓީމުގެ ކޯޗަކަށް ގަޓޫސޯ ހަމަޖެއްސިކަން އިއުލާން ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ފިއޮރެންޓީނާއާ ހަވާލުވާން ގަޓޫސޯ ނިންމިއިރު، އޭނާ ހޯދަން ލާޒިއޯއިންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

މި ސީޒަނަށްފަހު ގަޓޫސޯ ނާޕޮލީ ދޫކޮށްލިއިރު، އޭނާ އެ ޓީމާ ހަވާލުވެފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ފަހަރު ނާޕޮލީގެ ކޯޗަކަށް ގަޓޫސޯ ހަމަޖެއްސީ އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ކާލޯ އަންޗެލޮޓީ ވަކިކުރުމަށްފަހުއެވެ.

މިހާތަނަށް ކޯޗިން ކެރިއަރުގައި ގަޓޫސޯއަށް ހޯދިފައިވާ ހަމައެކަނި ކާމިޔާބީއަކީ ނާޕޮލީއާއެކު މިދިޔަ ސީޒަނުގެ އިޓާލިއަން ކަޕެވެ. އަދި މީގެ ކުރިން އޭނާ ވަނީ އޭސީ މިލާނަށްވެސް ކޯޗުކަން ކޮށްދީފައެވެ. ގަޓޫސޯ މިލާނަށް ކޯޗުކޮށްދިން ދޮޅު އަހަރުގެ ތެރެއިން 2018-2019 ވަނަ އަހަރުގެ ސީޒަނުގައި އެ ޓީމު ގަދަ ހަތަރަކާ އެއް ޕޮއިންޓް ގާތަށް ގެންގޮސްދިނެވެ. އެކަމަކު ގަދަ ހަތަރެއް ކަށަވަރުނުވެ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުމުން، އެ ފަހަރުވެސް އޭނާ ވަނީ މިލާނުގެ ކޯޗުގެ މަގާމުން ވަކިވެފައެވެ.

ޖެނާރޫ ގަޓޫސޯފިއޮރެންޓީނާ

އިތުރަށް ކިޔާލަން

07 އެޕްރީލު 2024

ފިއޮރެންޓީނާ ބަލިކޮށް، ޔުވެންޓަސް ތިން ވަނައިގައި

07 އެޕްރީލު 2024
ފިއޮރެންޓީނާ ބަލިކޮށް، ޔުވެންޓަސް ތިން ވަނައިގައި
20 މާރިޗު 2024

ފިއޮރެންޓީނާގެ ސީއީއޯ، ޖޯ ބެރޯން މަރުވެއްޖެ

20 މާރިޗު 2024
ފިއޮރެންޓީނާގެ ސީއީއޯ، ޖޯ ބެރޯން މަރުވެއްޖެ
21 ނޮވެމްބަރު 2021

މިލާނުގެ ފުރަތަމަ ބަލި، ޔުވެންޓަސްއަށް މޮޅެއް

21 ނޮވެމްބަރު 2021
މިލާނުގެ ފުރަތަމަ ބަލި، ޔުވެންޓަސްއަށް މޮޅެއް
30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
23 މެއި 2017

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ

23 މެއި 2017
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު