Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު

މިލާނުގެ ފުރަތަމަ ބަލި، ޔުވެންޓަސްއަށް މޮޅެއް

ޔުވެންޓަސް މޮޅުވީ ލާޒިއޯ އަތުން 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2021 | އާދީއްތަ 00:31
ފިއޮރެންޓީނާ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

ފިއޮރެންޓީނާ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ފިއޮރެންޓީނާ އަތުން އޭސީ މިލާން ބަލިވިއިރު، ލާޒިއޯ އަތުން ޔުވެންޓަސް މުހިންމު މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން މިލާން ބަލިވީ ފިއޮރެންޓީނާ އަތުން 4-3 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަނުގެ ލީގުގައި މިލާން ބަލިވި ފުރަތަމަ މެޗެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ފިއޮރެންޓީނާއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްފްރެޑް ޑަންކަން އާއި ރިކާޑޯ ސަޕޯނާރާއެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި ޑޫސަން ވުލަހޮވިޗް ވަނީ ފިއޮރެންޓީނާގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

އޭގެ ފަހުން މިލާނުން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުގެ އިތުބާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި މިލާނަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ފިއޮރެންޓީނާއަށް އަލުން ލީޑު ފުޅާކޮށްދިނީ ވުލަހޮވިޗެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި މިލާނުން އަލުން ފަރަގު ކުޑަކުރިއިރު، މި ލަނޑަކީ ފިއޮރެންޓީނާގެ ލޮރެންޒޯ ވެނޫޓީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުން ބަލިވުމާއެކު މިލާނަށް ވަނީ ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ނާޕޮލީ އާއި ދެވަނައިގައި އޮތް މިލާނަށް 32 ޕޮއިންޓް ލިބިފައިވާއިރު، މިލާން ވަނީ ނާޕޮލީއަށް އިތުރަށް މެޗެއް ކުޅެފައެވެ. އެހެންކަމުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅޭ މެޗުން އިންޓަ މިލާން ބަލިކޮށް، ނާޕޮލީއަށް އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އެބައޮތެވެ.

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ ރަށުން ބޭރުގައި ކުޅެ ލާޒިއޯ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޔުވެންޓަސްއިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލެއޮނާޑޯ ބޮނޫޗީއެވެ. މިއީ އޭރިއާ ތެރެއިން ޔުވެންޓަސްގެ އަލްވާރޯ މޮރާޓާއަށް ލާޒިއޯގެ ޑަނީލޯ ކަޓަލްޑީ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މި މެޗުގައި ޔުވެންޓަސްއިން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށެވެ. ލިބުނު އިތުރު ޕެނަލްޓީއަކުން މި ލަނޑުވެސް އެ ޓީމަށް ޖަހައިދިނީ ބޮނޫޗީއެވެ. މިއީ އޭރިއާ ތެރެއިން ޔުވެންޓަސްގެ ފެޑެރީކޯ ކިއޭސާއަށް ލާޒިއޯގެ ގޯލްކީޕަރު ޕެޕޭ ރެއިނާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މޮޅާއެކު ޔުވެންޓަސް އޮތީ ތާވަލުގެ ހަތްވަނައިގައި 13 މެޗުން 21 ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަވަނައިގައި ފިއޮރެންޓީނާ އޮތްއިރު، އެ ޓީމަށްވެސް ވަނީ 13 މެޗުން 21 ޕޮއިންޓް ލިބިފައެވެ.

އިޓާލިއަން ލީގުއޭސީ މިލާންފިއޮރެންޓީނާޔުވެންޓަސްލާޒިއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު