Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރަޕިއަން ސުޕަ ލީގު

ބާސާ، ރެއާލް އަދި ޔުވެންޓަސްގެ މައްސަލަ ޔުއެފާއިން ބަލަނީ

ސުޕަ ލީގުން ވަކިވި ނުވަ ކުލަބު ވަނީ ޖޫރިމަނާކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 މެއި 2021 | ބުދަ 06:03
ޔޫރަޕިއަން ސުޕަ ލީގުން ވަކިނުވެ އޮތް ބާސާ، ރެއާލް އަދި ޔުވެންޓަސް

ޔޫރަޕިއަން ސުޕަ ލީގުން ވަކިނުވެ އޮތް ބާސާ، ރެއާލް އަދި ޔުވެންޓަސް

ޔޫރަޕިއަން ސުޕަ ލީގުން ވަކިނުވެ އޮތް ތިން ކުލަބު ކަމަށްވާ ބާސެލޯނާ އާއި، ރެއާލް މެޑްރިޑް އަދި ޔުވެންޓަސްގެ މައްސަލަ ޔުއެފާއިން ބަލަން ފަށައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ސުޕަ ލީގު އިއުލާންކުރީ ފައުންޑާ 12 ކުލަބަކާއެކުއެވެ. އޭގެ ތެރޭގައި ހިމެނުނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި، ލިވަޕޫލާއި، ޗެލްސީ އާއި، މެންޗެސްޓާ ސިޓީ އާއި، އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްފާ އާއި، ސްޕެނިޝް ލީގުގެ ރެއާލާއި، ބާސާ އަދި އެތުލެޓިކޯ މެޑްރިޑުގެ އިތުރުން އިޓާލިއަން ލީގުގެ އިންޓަ މިލާނާއި، އޭސީ މިލާން އަދި ޔުވެންޓަސްއެވެ.

ސުޕަ ލީގު އިއުލާންކުރީ ޔުއެފާ އާއި ފީފާއިން އެކަމާ ދެކޮޅަށް ތަކުރާރުކޮށް އިންޒާރު ދެމުން އަންނަނިކޮށެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ފީފާއިން ވަނީ ސުޕަ ލީގުގައި ބައިވެރިވާ ކޮންމެ ކުލަބެއް އަދި ކޮންމެ ކުޅުންތެރިއަކުވެސް ފީފާއިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭނެ ކަމަށް ބުނެ އިންޒާރެއް ދީފައެވެ. އެކަމަކު އެ އިންޒާރުތަކަށް ބެލުމެއް ނެތި ސުޕަ ލީގު ތައާރަފުކުރިއިރު، އެ މުބާރާތުގައި ކުޅޭ ކުޅުންތެރިންނަށް ގައުމީ ޓީމުގެ މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިންވެސް ވަނީ ވިދާޅުވެފައެވެ.

ސުޕަ ލީގާއެކު ފުޓްބޯޅަ ސަޕޯޓަރުން ނުރުހުން ފާޅުކުރަން ފެށުމާ ގުޅިގެން، އެ ލީގުގައި ހިމެނުނު އިނގިރޭސި ހަ ކުލަބުންވެސް ވަނީ އެ މުބާރާތުން ވަކިވިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. ދެން އެ މުބާރާތުން ވަކިވެފައިވަނީ އިންޓަ އާއި މިލާނުގެ އިތުރުން ސްޕެއިނުގެ އެތުލެޓިކޯއެވެ.

އެ ލީގުން ބާސާ، ރެއާލް އަދި ޔުވެންޓަސް އަދި މިހާތަނަށް ވަކިވެފައި ނުވާއިރު، އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ޔުއެފާއިން ވަނީ އެ ކުލަބުތަކުން ޔުއެފާގެ ގަވާއިދުތަކާ ޚިލާފުވެފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ސުޕަ ލީގުގައި މި ވަގުތު އޮތް ތިން ކުލަބަށް އެ ލީގުން ވަކިވާން ރަސްމީކޮށް ވަކި މުހުލަތެއް ޔުއެފާއިން ދޭނެއެވެ. އަދި އެ ތިން ކުލަބުން އެ ގޮތަށް އަމަލުނުކޮށްފިނަމަ، ޔޫރަޕުގެ މުބާރާތްތަކުން އެ ކުލަބުތައް ދެ އަހަރަށް ސަސްޕެންޑްކުރަން ނިންމާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޔުއެފާއިން ސުޕަ ލީގުގައި ހިމެނޭ ތިން ކުލަބުގެ މައްސަލަ ބަލަން ފެށިއިރު، މީގެ ކުރިން ވަނީ ސުޕަ ލީގުން ވަކިވި ނުވަ ކުލަބު ސަސްޕެންޑްކުރުމުގެ ބަދަލުގައި، ޖޫރިމަނާކުރަން ނިންމާފައެވެ. އެގޮތުން ސުޕަ ލީގުން ވަކިވި ކުލަބުތަކުން 15 މިލިޔަން ޕައުންޑް އެއްކޮށް ޔުއެފާގެ ގްރާސްރޫޓް ޕްރޮގްރާމަށް ފަންޑުކުރަން އެންގުމާއި، އެއް ސީޒަން ވަންދެން އެ ކުލަބުތަކަށް ލިބޭ ފައިސާގެ ފަސް އިންސައްތަ ޔުއެފާއަށް ނެގުމުގެ އިތުރުން، ކުރިއަށް އޮތްތަނުގައި ސުޕަ ލީގު ފަދަ ޔުއެފާގެ އުސޫލާ ޚިލާފު މުބާރާތެއްގައި ބައިވެރިވެއްޖެނަމަ 100 މިލިޔަން ޕައުންޑުގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވުމާއި، ޔުއެފާގެ އެ ނޫން ވެސް އެހެން ކޮންމެ އުސޫލަކާ ޚިލާފުވެއްޖެނަމަ އެ ކުލަބެއް 50 މިލިޔަން ޕައުންޑްގެ ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.

ސުޕަ ލީގުގައި ހިމެނުނު ނުވަ ކުލަބެއް މުބާރާތުން ވަކިވުމާއެކު އެ ލީގު ހުއްޓުމަކަށް އައިސްފައިވީ ނަމަވެސް، މީގެ ކުރިން ސުޕަ ލީގުން ނެރުނު ބަޔާނެއްގައި ވަނީ ސުޕަ ލީގުގެ މަސައްކަތް އެއްކޮށް ހުއްޓާނުލާނެ ކަމަށާއި، އެގޮތުން މުބާރާތުގެ ފޯމެޓަށް ގެނެވޭނެ ބަދަލުތައް ދިރާސާކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ޔޫރަޕިއަން ސުޕަ ލީގުޔުއެފާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ސްޕަލެއްޓީގެ ފާޑު ކިޔުން ސުޕަ ލީގަށް

ސްޕަލެއްޓީގެ ފާޑު ކިޔުން ސުޕަ ލީގަށް

02 ޖެނުއަރީ 2024
ސުޕަލީގުގައި އިނގިރޭސި ކްލަބްތައް ދިޔަނުދޭން ބޮޑުވަޒީރު މަސައްކަތް ފައްޓަވައިފި

ސުޕަލީގުގައި އިނގިރޭސި ކްލަބްތައް ދިޔަނުދޭން ބޮޑުވަޒީރު މަސައްކަތް ފައްޓަވައިފި

23 ޑިސެމްބަރު 2023
ކޯޓުން ނިންމީ ފީފާ، ޔޫއޭފާ އަށް ސުޕަލީގް މަނާ ނުކުރެވޭނެ ކަމަށް

ކޯޓުން ނިންމީ ފީފާ، ޔޫއޭފާ އަށް ސުޕަލީގް މަނާ ނުކުރެވޭނެ ކަމަށް

22 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު