Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޖެޓީވީ ސްޓޭޝަންގެ ލޮކްޑައުން

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

ސްޓޭޝަންގައި ތިބޭ މުވައްޒަފުން ނޫން މުވައްޒަފުން މަސައްކަތް ކުރަމުންދާނީ ގޭގައި ތިބެގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 މެއި 2021 | އަންގާރަ 20:51
ރާއްޖެޓީވީ މުވައްޒަފުން ސްޓޭޝަންގައި ލޮކްޑައުންވުން - ލޮކްޑައުންވެފައިވަނީ 14 ދުވަހުގެ މުއްދަތަށް

ރާއްޖެޓީވީ މުވައްޒަފުން ސްޓޭޝަންގައި ލޮކްޑައުންވުން - ލޮކްޑައުންވެފައިވަނީ 14 ދުވަހުގެ މުއްދަތަށް

ކޮވިޑުގެ 4 ވަނަ ރާޅާއެކު މާލެ ސިޓީގައި ކޮވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ރާއްޖެޓީވީގެ 17 މުވައްޒަފުން ސްޓޭޝަންގައި ލޮކްޑައުންވެއްޖެއެވެ.

ލޮކްޑައުން ވެފައިވަނީ ބުދަ ދުވަހުގެ ރޭ 12:00 ގައި، 14 ދުވަހުގެ މުއްދަތަކަށެވެ.

Advertisement - newsAdvertisement

ސްޓޭޝަންއަށް އާންމުކޮށް ވަދެ ނުކުތުން ވެސް މަނާކޮށްފައިވާއިރު، ބޭރުން ގެނެވޭ ކާބޯތަކެތި ވައްދާނީ ޑިސްއިންފެކްޓްކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއެކުއެވެ. 17 މުވައްޒަފުން ލޮކްޑައުންވުމާއެކު ސްޓޭޝަންގައި ތިބޭ މުވައްޒަފުން ނޫން މުވައްޒަފުން މަސައްކަތް ކުރަމުންދާނީ ގޭގައި ތިބެގެންނެވެ. އަދި މި މުއްދަތުގެ ތެރޭގައި ރާއްޖެޓީވީގެ އިމާރާތް އާއްމުކޮށް ބަންދުކޮށްފައި ބެހެއްޓުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

ރާއްޖެޓީވީގެ މުއައްޒަފުން ސްޓޭޝަންގައި ލޮކްޑައުންވާން ނިންމާފައިވާއިރު، މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން މުވައްޒަފުން ސްޓޭޝަންގައި ލޮކްޑައުންވެފައިވެއެވެ. އެގޮތުން ފުރަތަމަ ފަހަރު 30 ދުވަހުގެ މުއްދަތަށް ލޮކްޑައުންވެފައިވާއިރު، ދެވަނަ ލޮކްޑައުންގައި ދެމަހަށްވުރެ ގިނަ ދުވަހު މުވައްޒަފުން ތިބެފައިވެއެވެ.

ކޮވިޑް-19 ކޭސްތައް އިންތިހާއަށް އިތުރުވެފައިވާއިރު، ފަރުވާދޭނެ ސިއްހީ ހިދުމަތްތެރިން ވެސް މަދުވެ ބެޑް ކެޕޭސިޓީ ވެސް އަންނަނީ ފުލްވަމުންނެވެ. އޭގެ ސަބަބުން ރާއްޖެ މި ބަލީގެ ބޮޑު އަނދަވަޅަކަށް ވެއްޓިދާނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. އެކަމަށްޓަކާ ފިޔަވަޅުތަކެއް ވެސް އަޅާފައިވާއިރު، ކާފިއު ވެސް ވަނީ އިއުލާންކޮށްފައެވެ.

ރާއްޖޭގައި މި ބަލީގައި ނިޔާވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު ކޮންމެ ދުވަހަކު ވެސް މަދުވެގެން ތިން މީހަކު ނިޔާވެގެން ރިޕޯޓު ނުކުރާ ދުވަހެއް މިހާރު ނުދެއެވެ. ކޮންމެ ދުވަހެއްގެ މަރުތައް ވެސް ރިޕޯޓުކުރަނީ ވަރަށް ކައިރިކައިރީގައެވެ. އެގޮތުން ގިނަ ފަހަރު ދެމީހެއްގެ މަރުގެ ވަގުތުގެ ދެމެދުގައި ގަޑި އިރެއް ވެސް ހަމަނުވެއެވެ. ގިނަ މީހުން މަރުވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީންނެވެ. އެ ފެސިލިޓީ ވެސް ފުރިފައިވާއިރު އެތަނުގައި އެކަށީގެންވާ ޚިދުމަތްދެވޭ ވަރަށް ސިއްހީ ޚިދުމަތްތެރިން ނެތް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކޮވިޑްގެ 52 މަރު ރިޕޯޓް ކުރި އިރު، މި މަހުގެ ތެރޭގައި އެކަނި ވެސް 73 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖެޓީވީ ނޫސްވެރިންރާއްޖެ ޓީވީކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
"އައްޑޫއަށް މޮޅީ ކޮންގޮތެއް؟" ރާއްޖެޓީވީގެ ޙާއްސަ ބަހުސް ބުދަ ދުވަހުގެ ރޭ!

"އައްޑޫއަށް މޮޅީ ކޮންގޮތެއް؟" ރާއްޖެޓީވީގެ ޙާއްސަ ބަހުސް ބުދަ ދުވަހުގެ ރޭ!

21 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު