Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮޑްރިޗް އެއްބަސްވުން އާކުރުން

ރެއާލުގެ އެއްބަސްވުން މޮޑްރިޗް އާކޮށްފި

މޮޑްރިޗް އަންނަނީ ރެއާލުގެ މެދުތެރޭގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 މެއި 2021 | އަންގާރަ 12:01
ރެއާލަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް

ރެއާލަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް

ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އާކޮށްފިއެވެ.

އުމުރުން 35 އަހަރުގެ މޮޑްރިޗް މީގެ ކުރިން ރެއާލާއެކު ހަދާފައި އޮތް އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެއެވެ. އެކަމަކު އަންގާރަ ދުވަހުގެ ވަގުތެއްގައި މޮޑްރިޗް ވަނީ ރެއާލުގެ އެއްބަސްވުން އިތުރު އެއް އަހަރަށް އާކޮށް، އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އެ ޓީމުގައި މަޑުކުރަން ނިންމާާފައެވެ.

ރެއާލުގައި އިތުރު އެއް އަހަރު މަޑުކުރަން މޮޑްރިޗް ނިންމިއިރު، މީގެ ކުރިން ޓޮޓެންހަމް ހޮޓްސްޕާއިން ވިދާލި މޮޑްރިޗް ރެއާލަށް ބަދަލުވީ 2012 ވަނަ އަހަރު 30 މިލިޔަން ޔޫރޯއަށެވެ. އޭގެ ފަހުން ރެއާލުގެ މެދުތެރޭގައި މޮޑްރިޗް ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 391 މެޗުގައި 28 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ރެއާލާއެކު ސްޕެނިޝް ލީގު ދެ ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު މޮޑްރިޗް ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އެ އަހަރު އޭނާ ވަނީ ފޯފާ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ޔޫރަޕުގެ މޮޅު ކުޅުންތެރިޔާއާގެ މަގާމާއި، ފީފާއިން ހޮވާ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް އަދި ފްރާންސް ފުޓްބޯލް މަޖައްލާއިން ދޭ ބަލޮންޑޯ އެވޯޑުވެސް ހޯދާފައެވެ.

އެއާއެކު މޮޑްރިޗް ވެފައިވަނީ އެއް އަހަރު ތެރޭ މި އެވޯޑުތައް ހާސިލުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަދި މޮޑްރިޗަކީ މި ގަރުނުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ފިޔަވައި ބަލޮންޑޯ އެވޯޑު ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ.

ލޫކާ މޮޑްރިޗް

އިތުރަށް ކިޔާލަން

13 ޖުލައި 2025

މިއީ އަލްވަދާއެއް ނޫން: މޮޑްރިޗް

13 ޖުލައި 2025
މިއީ އަލްވަދާއެއް ނޫން: މޮޑްރިޗް
22 މެއި 2024

ރިޓަޔާކުރަން ނިންމުމުން، މޮޑްރިޗްގެ މެސެޖެއް ކްރޫސް އަށް!

22 މެއި 2024
ރިޓަޔާކުރަން ނިންމުމުން، މޮޑްރިޗްގެ މެސެޖެއް ކްރޫސް އަށް!
18 މެއި 2024

ރެއާލްގައި މަޑުކުރަން ބޭނުންވާކަން މޮޑްރިޗް އަންގައިފި

18 މެއި 2024
ރެއާލްގައި މަޑުކުރަން ބޭނުންވާކަން މޮޑްރިޗް އަންގައިފި
13 މެއި 2024

ކުރިމަގާ މެދު މޮޑްރިޗް ގޮތެއް ނިންމާނީ ރައީސް ޕެރޭޒާ މަޝްވަރާކުރުމަށްފަހު!

13 މެއި 2024
ކުރިމަގާ މެދު މޮޑްރިޗް ގޮތެއް ނިންމާނީ ރައީސް ޕެރޭޒާ މަޝްވަރާކުރުމަށްފަހު!
30 އޮކްޓޯބަރު 2023

ބެލިންހަމް އަކީ އައު ކުޅުންތެރިޔެއްގެ ގޮތުގައި ސިފައެއް ނުވޭ: މޮޑްރިޗް

30 އޮކްޓޯބަރު 2023
ބެލިންހަމް އަކީ އައު ކުޅުންތެރިޔެއްގެ ގޮތުގައި ސިފައެއް ނުވޭ: މޮޑްރިޗް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު