Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޮޑްރިޗް

ވޯލްޑް ކަޕަށްފަހު ޗުއްޓީ ހޭދަކުރުމަށް މޮޑްރިޗް ރާއްޖެ އަށް

މޮޑްރިޗް ރާއްޖެ އައިސްފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2022 | އަންގާރަ 19:26
ކްރޮއޭޝިއާ އަށް ލޯ މެޑަލް ހަވާލު ކުރުމުގެ ތެރެއިން

ކްރޮއޭޝިއާ އަށް ލޯ މެޑަލް ހަވާލު ކުރުމުގެ ތެރެއިން

ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޮޑްރިޗް ރާއްޖެ އައިސްފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ. މޮޑްރިޗާއެކު އޭނާގެ އާއިލާ ވެސް ވަނީ ރާއްޖެ އައިސްފަ އެވެ. މޮޑްރިޗް ޗުއްޓީ ހޭދަކުރަމުން ދަނީ ވޯލް ޑްރޮފް އެސްތޯރިއާގައެވެ.

ދާދި ފަހުން ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތުގައި މޮޑްރިޗް ވަނީ ކުޅެފަ އެވެ. މޮޑްރިޗްގެ ކެޕްޓަންކަމުގެ ދަށުން ކްރޮއޭޝިއާ ވަނީ މޮރޮކޯ ބަލިކޮށް މުބާރާތުގެ ތިން ވަނަ ހޯދާފަ އެވެ. މުބާރާތުގެ ސެމީ ފައިނަލްގައި ކްރޮއޭޝިއާ ނިކުތީ އާޖެންޓީނާއާ ދެކޮޅަށެވެ. އެ މެޗުން ކްރޮއޭޝިއާ ބަލިވީ 3-0 އިންނެވެ. މިއަހަރުގެ ވޯލްޑް ކަޕް މުބާރާތުގައި ވެސް މޮޑްރިޗް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މިއަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ މޮޑްރިޗްގެ ފަހު ވޯލްޑް ކަޕެވެ. މީގެ ހަތަރު އަހަރު ފަހުން 2026 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕުން އޭނާ ނުފެންނާނެ އެވެ.

ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލްގައި މޮޑްރިޗް ވަނީ ކުޅެފަ އެވެ. އެއަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވުނީ ވެސް އޭނާ އެވެ. ނަމަވެސް މިއަހަރުގެ މުބާރާތަށް ފަހު މޮޑްރިޗް ބުނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުން ނުގެންގުޅޭ ކަަމަށެވެ. އެގޮތުން އަންނަ އަހަރު އޮންނަ ޔުއެފާ ނޭޝަން ލީގު ކުޅެ، ކްރޮއޭޝިއާ އާއެކު އެ މުބާރާތް ކާމިޔާބުކުރަން މަސައްކަތް ކުރާނެ ކަމަށް 37 އަހަރުގެ މޮޑްރިޗް ވަނީ ބުނެފަ އެވެ. ނޭޝަންސް ލީގުގެ ފައިނަލް ބުރުން ކްރޮއޭޝިއާ އަށް ޖާގަ ލިބުނެވެ. ކްރޮއޭޝިއާގެ އިތުރުން މި ބުރުގައި ކުޅޭނީ، ނެދަލެންޑްސް، އިޓަލީ އަދި ސްޕެއިން އެވެ.

މީގެ އިތުރުން މޮޑްރިޗަކީ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު ބެލެންޑޯ އެވޯޑު ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ. މޮޑްރިޗް ބެލެންޑޯ އެވޯޑު ހޯދާފައި ވަނީ 2018 ވަނަ އަހަރު އެވެ.

ކްރޮއޭޝިއާ އިން ވަނީ ވޯލްޑް ކަޕްގައި ތިން މެޑަލެއް ހޯދާފަ އެވެ. އެއީ 1998 ވަނަ އަހަރުގެ މުބާރާތުގައި ލޯ މެޑަލް، 2018 ވަނަ އަހަރުގެ މުބާރާތުގައި ރިހި މެޑަލް، އަދި މިއަހަރުގެ މުބާރާތުގައި ލޯ މެޑަލެވެ.

ފީފާ ވޯލްޑް ކަޕްކްރޮއޭޝިއާލޫކާ މޮޑްރިޗް

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު