Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ދެލި ކޮޕީ

މަށެއްނޫން!

ކޮވިޑަކީ އެއްވެސް އެއްޗެއް ނޫންކަމަށް ބުނެ ބައެއް މީހުން ވާހަކަ ދެއްކި

ދެލިކޮޕީ
ދެލިކޮޕީ, ރާއްޖެ އެމްވީ | 25 މެއި 2021 | އަންގާރަ 09:06
ބްރެޒިލްގެ ހޮސްޕިޓަލެއްގައި ކޮވިޑް ޖެހިފައިވާ މީހުނަށް ފަރުވާ ދެމުން ދަނިކޮށް

ބްރެޒިލްގެ ހޮސްޕިޓަލެއްގައި ކޮވިޑް ޖެހިފައިވާ މީހުނަށް ފަރުވާ ދެމުން ދަނިކޮށް

ކޮވިޑް19ގެ ޢާލަމީ ބަލިމަޑުކަމުގެ ޚަބަރުތަކާއެކު އާދައިގެ މަތިން ހުރިހާ ކަމެއް އެނގޭ ރޯނު އެދުރުންގެ ބަސްތައް ފިސާރި އޮއްސަން ފެށިއެވެ.

މީއަރުވާ އަޑުތަކެއް ކަމާ، ހިސާބަށްވުރެ ކަންތައް ބޮޑުކުރަނީ ކަމާ، ކޮވިޑަކީ އެއްވެސް އެއްޗެއް ނޫންކަމަށް ބުނަން ފެށިއެވެ. މިއީ ހައްޖު ރޯގާ ފަދަ ކަމެއް ކަމާ، އާވި އަރުވާލާ ޕެނަޑޯލް ކާޑަކާ ކޯރާޑިތެޔޮ ފުޅިއަކުން މިކަން ނިންމާލެވޭނޭ ކިޔާ މޮޅުކަން ދައްކަން ފެށިއެވެ.

ރާއްޖެ އަށް މިރޯގާ ވާސިލުވެ، މީގެ ޚުތޫރަތްތެރިކަމާ މިކަމުން، ގައުމަށާ ރައްޔިތުންނަށް އޮވެދާނެ ނުރައްކަލުގެ ބޮޑުކަން ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތަސައްވުރު ކުރެވުނެވެ. ނުހަނު އަސަރާ ހިތާމައާއެކު އެމަނިކުފާނު އެވާހަކަ ވިދާޅުވުމުން އެކަމަށް މަލާމާތާ ފުރައްސާރަ ކުރި މީހުން މިއަދު އޮހޮރަން ޖެހޭ ކަރުނަ މިވަނީ އެތައް ގުނައަކުން އިތުރުވެފައެވެ.

ވެކްސިން ގެނެސް ޖަހަން ފެށުމާއެކު ތިޔައެއްޗެއް ތިމަން ގަޔަށް ޖަހަން ޖެހޭނީ ގާނޫނަކުން މަޖުބޫރު ކޮށްގެންނޭ، ހާހުން ޕޮޒިޓިވް ވިޔަސް މުޒާހަރާ ކުރާނަމޭ ބުނެ ބޮޑާ ބަސް ބުނި ފިޔާތޮށި ކްލަސްޓަރގެ އަހުލުވެރިން މެއަށްތަދުވެ، ނޭވާ ކުރުވެ ހުންގަދަވެ އެންމެ ފަހުން އެޑްމިޓް ކުރަންޖެހުނީއެވެ.

ކޮވިޑަކީ ވަކިގަޑިތަކެއްގައި ނުކުމެ އުޅޭ އެއްޗެއްހޭ؟ ކޮން ކާފިއު އަކާ ވެހިކަލް މަނާ ކުރުމެއްހޭ؟ ރައްޓެހިވެގެން އުޅޭ ކުއްޖާއާއެކު ބުރެއް ޖަހާލާ ކޮފީއެއް ބޯލެވޭކަށް ވެސް ނެތޭ ކިޔާ ހީވަނީ އެހެންކަމެއްހެންނެވެ.

މައްކާގެ ހަރަމުގައި ގައިދުރުކޮށް ނަމާދާ ތޮވާފް ކުރަމުންދާ މަންޒަރު ވަގުތުން ފެންނައިރު ވެސް، އެއީ ދޮގޭ، އޭތި ކަޑައޭ، އެންމެން ބޮނޑިވެ ފަޔަށް ފައިން އަރައިގެން މިސްކިތުގައި ގުޅާކެރުވޭށޭ ކިޔާ ވަރުހެސަ ބިލާދަރު ދީނީ ފަތުވާތައް މިގައުމުގެ ތެރޭން ނެރުނެވެ.

ތިޔަ މުބާރާތް އިހަށް ނުބާއްވާ މަޑުކޮއްލަ ދޭށޭ ބުނިކަމަށްޓަކާ ބޯޅަ ހިފައިގެންގޮސް ކުޅެން ފެށީ އެވާހަކަ ބުނި މީހާގެ ގޭދޮރުމަތީ ގައެވެ.

ދުނިޔެ އޮތްހާލާ، ތަކެތި ހޯދުމާ އުފެއްދުންތެރިކަމަށް ހުރަސް އެޅި މާބޮޑުދައްޗެއް ކުރިމަތިވެދާނެތީ އަވަހަށް ވެކްސިން ޖަހަން ސަރުކާރުން އިރުޝާދު ދިނެވެ. ވެކްސިން ސެންޓަރުތައް ހުހައްލާފައި އިހަށް ތިއްބެވީ ކޮފީ ހިއްޕެވުމާ ޓިކްޓޮކް ބެއްލެވުމާ ޗެޓް ކުރެއްވުމުގައެވެ.

އާދައިގެ މަތިން ފަހު ވަގުތު ދުވެސްގޮސް ކިޔުއަށް އަރާ ފުރަތަމަ ޑޯޒް ޖަހާލެވުނީ ކިރިޔާއެވެ. ޚާއްޞަކޮށް އަވަށްޓެރި އިންޑިއާގެ ހާލަތު އިންތިހާއަށް ނުރައްކާ ވެއްޖެ އެވެ. އެހެން ގިނަ ގައުމުތަކުގެ ހާލަތުވެސް ނުހަނު ދައްވެ ދެންވާ ދެނަކާ ދެނެއްނެތުނީ އެވެ.

ނުވެ ހުރި ހުރިހާ ކަމެއް އަނެކާގެ ބޮލުގައި އަޅުވަމުން ތިމާގެ އެއްވެސް މަސްއޫލިއްޔަތެއް ޒިންމާ އެއް ކުށެއް އަދި ގޯހެއް ނެތް ކަމަށްދެކި "މަށެއްނޫން" ވެ ނިމުނީއެވެ.

ކޮވިޑް-19ކާފިއު އިއުލާން ކުރުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު