Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19ގެ ކޮންޓްރޯލް ގެއްލުން

ކޮވިޑްގެ ހާލަތު އަތުން ދޫވެއްޖެ، އެންމެންގެ އެއްބާރުލުން ބޭނުންވޭ: ޑރ.މުހައްމަދު އަލީ

މިހާރު ފެންނަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ތުހުމަތު އަޅުވަމުންދާ މަންޒަރު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 މެއި 2021 | ހޯމަ 08:31
އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އަލީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ،

އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އަލީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ،

ކޮވިޑް-19ގެ ކޮންޓްރޯލް ރާއްޖޭގައި ގެއްލިފައިވާ ކަމަށާއި، ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ މަސައްކަތުގައި އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ޑރ. މުހައްމަދު ވިދާޅުވީ ކޮވިޑް-19ގެ ހާލަތު ގޯސްވެ، ކޮންޓްރޯލުން މިހާރު ނެއްޓިފައިވާ ކަމަށެވެ. ނަމަވެސް ބަލި ކޮންޓްރޯލް ކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ ބަދަލުގައި މިހާރު ފެންނަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ތުހުމަތު އަޅުވަމުންދާ މަންޒަރު ކަމަށެވެ.

Advertisement - newsAdvertisement

ބަލި ކޮންޓްރޯލް ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމުކަން ފާހަގަކޮށް ޑރ. މުހައްމަދު ވިދާޅުވީ ބަލި ކޮންޓްރޯލް ކުރެވޭނީ، ބަލީގެ ކޮންޓްރޯލް އަތުން ދޫވެއްޖެކަން އަމިއްލައަށް ގަބޫލުކޮށްގެން ކަމަށެވެ.

ޑރ. މުހައްމަދު ޢަލީ ވިދާޅުވީ ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި ބަލި ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވީ އެއްޓީމެއް ކަމަށާއި، އެޓީމު މިހާރު މާބޮޑަށް ރަނގަޅުވާނެ ކަމަށެވެ. އަދި ތަޖުރިބާއެކު މާ ރަނގަޅަށް މަސައްކަތް ކުރާކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް ބަލި ފެތުރޭ މިންވަރަށް ބަދަލެއް ނާންނަ ނަމަ ނުވަތަ ބައިބައި ވެގެން މަސައްކަތް ކުރާނަމަ ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތްތައް ފެންނަ މިންވަރު ކުޑަވާނެ ކަމަށް ޑރ. މުހައްމަދު ޢަލީ ވިދާޅުވިއެވެ.

ބަލީގެ ކޮންޓްރޯލް އަތުން ދޫވެއްޖެކަން އަމިއްލައަށް ގަބޫލުކޮށް ގުޅިގެން މަސައްކަތް ކުރުމަށް ސިއްހީ ޚިދުމަތްތެރިން ގޮވާލަމުންދާއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ބޮޑެތި ލުއިތަކެއް ދީފައެވެ. މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވޯޓުލުމަށް ދިއުމުގެ ހުއްދަ ދިނުމާއެކު ވެސް ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރިއެވެ. ޚާއްސަ ގައިޑްލައިންތަކެއްގެ ދަށުން ވޯޓުލާން ރަށަށް ދިޔަ ނަމަވެސް ގަވާއިދާ ޚިލާފަށް ރަށުގެ ތެރޭގައި އެމީހުން އުޅުނު ކަމުގެ ޝަކުވާ ބައެއް ރަށްތަކުގެ ކައުންސިލްގެ ސަމާލުކަމަށް އައުމާއެކު އެ ރަށްރަށުން ކަންބޮޑުވުންފާޅުކޮށްފައިވެއެވެ. އެކަމާ ގުޅިގެން ގިނަ ބައެއް ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. އޭގެފަހުން ކޭސްތައް އިންތިހާއަށް އިތުރުވެފާއިރު، މިފަހުން ކޮންމެ ދުވަހަކު ވެސް 1000ށް ވުރެ މަތިން މީހުން ޕޮޒިޓިވްވަމުންދެއެވެ. ކޮވިޑްގެ ކޭސްތައް ފެނި 60ށް ވުރެ ގިނަ ރަށްތައް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. މީގެ އިތުރުން ބަލީގައި ނިޔާވި މީހުންގެ އަދަދުތައް އިތުރުވެ މެއި މަހުގެ މިހާތަނަށް 61 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑް-19ގެ ހަތަރުވަނަ ރާޅާއެކު އެނދުގެ ކެޕޭސިޓީ ފުލް ވެދާނެކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ. އެގޮތުން ސްކޫލުތަކާއި، ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މާލެސިޓީގައި ހަވީރު 4:00ން ފަތިހު 4:00ށް ދަނީ ކާފިއު ހިންގަމުންނެވެ. ނަމަވެސް މީހުންގެ މޫވްމަންޓަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންކަމުން މިހުގެ 26 ވާ ބުދަ ދުވަހު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް އަޅަނީ ކޮން ފިޔަވަޅެއްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މާލެ ސިޓީ ފުލް ލޮކްޑައުންއަކަށް ނުދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ޑރ.މުހައްމަދު އަލީކޮންޓްރޯލް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު