Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން

މޫސުން ގޯސްވެ ފެންބޮޑުވުމާއި ގުޅިގެން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

1 ޖެނުއަރީ 2024 | ހޯމަ 05:16

ކުޑަކުދިން ކުޅޭ ތަކެއްޗަށް ފެނުގެ އަސަރު ކޮށްފައިވާނަމަ އެތަކެތި ވެސް އުކާލުމަށް އިލްތިމާސްކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޖެނުއަރީ 2024 | ހޯމަ 05:16
މާލޭގައި ފެންބޮޑުވުމާއި ގުޅިގެން ގިނަ ގެތަކަށް ފެންވަދެ ގެއްލުން ލިބިފައިވޭ

މާލޭގައި ފެންބޮޑުވުމާއި ގުޅިގެން ގިނަ ގެތަކަށް ފެންވަދެ ގެއްލުން ލިބިފައިވޭ

މޫސުން ގޯސްވެ ފެންބޮޑުވުމާއި ގުޅިގެން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، ދޮވެ ޑިސްއިންފެކްޓް ނުކުރެވޭ ތަކެއްޗަށް ފެނުގެ އަސަރުކޮށްފައިވާނަމަ އެތަކެތި އުކާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މި އިލްތިމާސްކޮށްފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެސިޓީ އަދި އަތޮޅުތެރޭގެ ބައެއް ރައްޔިތުން ދިރިއުޅޭ ގެތަކަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ. ބައެއް ގެތަކަށް ފެންވަނުމާއި ގުޅިގެން ބައެއް އާއިލާތައް ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.

Advertisement - newsAdvertisement

ވިއްސާރަވުމާއި ގުޅިގެން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށް އެޗްޕީއޭއިން ބުނީ ދޮވެ ޑިސްއިންފެކްޓް ނުކުރެވޭ ތަކެއްޗަށް ފެނުގެ އަސަރުކޮށްފައިވާނަމަ (މިސާލަކަށް ގޮދަޑި، ސޯފާގެ ފޮތި / ސްޕަންޖް ބައި، ބާލީސް، ފޮތް އަދި އެހެނިހެން ކަރުދާސްތަކެތި) އުކާލަންޖެހޭ ކަމަށެވެ. އަދި ކުޑަކުދިން ކުޅޭ ތަކެއްޗަށް ފެނުގެ އަސަރު ކޮށްފައިވާނަމަ އެތަކެތި ވެސް އުކާލުމަށް އިލްތިމާސްކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ ފެން ހިންދާ، ކުންޏާއި ތަގައްޔަރުވެފައިވާ ތަކެތި އުކާލުމަށްފަހު ފެނުގެ އަސަރުކޮށްފައިވާ ފާރާއި ތަޅުންގަނޑު އަދި ފަރުނީޗަރުފަދަ އަލާތްތައް އޯމާ ނުވަތަ ބްލީޗް ލައިގެން ރަނގަޅަށް ދޮންނަންޖެހޭ ކަމަށެވެ. އަދި ސާފުކުރުމުގެ މަސައްކަތުގައި ލައިގެން ހުރި އަންނައުނު އެހެން އަންނައުނާއި ވަކިން ދޮވުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

މީގެ އިތުރުން އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑރ. މުހައްމަދު އަލީ ވެސް ވަނީ މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ސާފުތާހިރުކަން އިސްކުރުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން ތަގައްޔަރުވެފައިވާ ފެންގަނޑުތަކުގެ ތެރޭގައި އުޅުމަށްފަހު ރަނގަޅަށް ސައިބޯނި ލައިގެން އަތާއި ފައި ދޮވުމާއި، ފެންބޮޑުވެފައިވާ މަގުތަކަށް ކުޑަކުދިން ގާތްވިޔަ ނުދިނުމާއި، ފެންބޮޑުވެފައިވާ މަގުތަކަށް ކުދިން ނުކުމެއްޖެ ނަމަ އެކުދިން ސާފުތާހިރު ކުރުވުމާއި، ހަކުރު ބަލި ހުންނަ މީހުން، ހަޑިވެފައިވާ ފެންގަނޑުތަކުގެ ތެރޭގައި އުޅުމަށްފަހު ސައިބޯނި ލައިގެން ފައި ރަނގަޅަށް ދޮވެ، ފައިގައި ހަލާކުވެފައި ތަނެއް ހުރިތޯ ބެލުން އަދި ހަމުގައި ހުރި ފާރުގަނޑެއް ތަގައްޔަރުވެފައިވާ ފެނުގައި ޖެހިއްޖެނަމަ ސާފުކުރުމަށް ފަހު ހިއްކައި، ބޭސް އެޅުމަށް ކްލިނިކަކަށް ދިއުމަށް ޑރ.މުހައްމަދު އަލީ އެދިފައިވެއެވެ.

ރާއްޖޭގައި އަބަދުވެސް ވިއްސާރަ މޫސުމުގައި އެކިއެކި ވައިރަލް ރޯގާތައް ވަރަށް ބޮޑަށް ފެތުރިގެން ދެއެވެ. އެހެންކަމުން އެޗްޕީއޭއިން ވަނީ ސިއްހީ ގޮތުން ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭޑރ.މުހައްމަދު އަލީހެލްތު މިނިސްޓްރީރޯގާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
20 އޯގަސްޓު 2025

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ

20 އޯގަސްޓު 2025
ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ
07 އޯގަސްޓު 2025

ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް

07 އޯގަސްޓު 2025
ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް
07 އޯގަސްޓު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ

07 އޯގަސްޓު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް