Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

10 އަހަރަށްފަހު ލީގު ޗެމްޕިއަންކަން ލިލްއަށް

23 މެއި 2021 | އާދީއްތަ 21:53

މިއީ ލިލްއިން ލީގު ކާމިޔާބުކުރި ހަތަރުވަނަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 މެއި 2021 | އާދީއްތަ 21:53
އެންޖާސް އަތުން މޮޅުވި މެޗަށްފަހު ލިލްގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް

އެންޖާސް އަތުން މޮޅުވި މެޗަށްފަހު ލިލްގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް

10 އަހަރަށްފަހު ފްރެންޗް ލީގުގެ ޗެމްޕިއަންކަން ލިލްއިން ހޯދައިފިއެވެ.

ލިލްއިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން އެންޖާސް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުން ލިލް މޮޅުވިއިރު، ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތް ޕީއެސްޖީވެސް ވަނީ ލީގުގެ ފަހު މެޗުން ރަށުން ބޭރުގައި ބްރެސްޓް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އެކަމަކު އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ލިލް މޮޅުވުމާއެކު، އެ ޓީމަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ އެއް ޕޮއިންޓުގެ ފަރަގަކުންނެވެ. އެގޮތުން ލިލްއަށް 83 ޕޮއިންޓް ލިބުނުއިރު، ޕީއެސްޖީއަށް ލިބުނީ 82 ޕޮއިންޓެވެ. އެއާއެކު ލިލްއިން ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމުން ލީގު ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ. 10 އަހަރަށްފަހު ލީގު ޗެމްޕިއަންކަން ލިލްއަށް ލިބުނުއިރު، މީގެ ކުރިން އެ ޓީމުން ލީގު ކާމިޔާބުކޮށްފައިވަނީ 2010-2011 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެންޖާސްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިލްއިން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ޖޮނަތަން ޑޭވިޑް ލިލްއަށް ލީޑު ނަގައިދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ބުރަކް ޔިލްމާޒް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު ދެވަނަ ހާފުގައި އަންޖެލޯ ފުލްގިނީ ވަނީ ލަނޑެއް ޖަހައި، އެންޖާސްއަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މޮޅާއެކު މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ލިލްއިން ހޯދިއިރު، މިއީ ފާއިތުވި އަށް އަހަރު ތެރޭ ޕީއެސްޖީ ނޫން ޓީމަކުން ލީގު ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެގޮތުން ލިލް ފިޔަވައި ޕީއެސްޖީ ނޫން ޓީމަކަށް މިދިޔަ އަހަރުތަކުގައި ލީގު ހޯދުނީ 2017 ވަނަ އަހަރު މޮނާކޯއަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް