Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމުގެ ތަމްރީނުތައް

ގައުމީ ޓީމުގެ ތަމްރީނުތައް ދުބާއީގައި ކުރިއަށް

23 މެއި 2021 | އާދީއްތަ 19:29

ގައުމީ ޓީމު ޗައިނާއަށް ދާނީ ދުބާއީގައި ތަމްރީނުތައް ހެދުމަށްފަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 މެއި 2021 | އާދީއްތަ 19:29
ގައުމީ ފުޓްބޯޅަ ޓީމުން ދުބާއީގައި ކުރިއަށްގެންދާ ތަމްރީނުތަކުގެ ތެރެއިން

ގައުމީ ފުޓްބޯޅަ ޓީމުން ދުބާއީގައި ކުރިއަށްގެންދާ ތަމްރީނުތަކުގެ ތެރެއިން

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުން ދުބާއީގައި ތަމްރީނުތައް ފަށައިފިއެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ވަނީ ތާވަލުކޮށްފައެވެ. އެހެންކަމުން 25 ކުޅުންތެރިންގެ ފައިނަލް ސްކޮޑެއް އެކުލަވާލައި، ހޮނިހިރު ދުވަހުގެ ހެނދުނު ގައުމީ ޓީމު ވަނީ ދުބާއީއަށް ފުރާފައެވެ. އެކަމަކު ދުބާއީއަށް މި ވަގުތު ތަމްރީނުތަކަށް ގޮސްފައިވަނީ 23 ކުޅުންތެރިންނެވެ. ބައެއް ކަންތައްތައް ހަމަނުޖެހޭތީ ސްކޮޑުގައި ހިމެނުނު އަނެއް ދެ ކުޅުންތެރިން އަދި މި ވަގުތު ރާއްޖޭގައި ތިބި ނަމަވެސް، ވަރަށް އަވަހަށް އެ ދެ ކުޅުންތެރިން ގައުމީ ޓީމާ ގުޅޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތުދެއެވެ.

ހޮނިހިރު ދުވަހު ގައުމީ ޓީމު ދުބާއީއަށް ފުރިއިރު، އާދީއްތަ ދުވަހުގެ ހަވީރު ގައުމީ ޓީމުން ވަނީ ދުބާއީގައި ފަރިތަކުރުންތައް ފަށާފައެވެ. ގައުމީ ޓީމުން ދުބާއީގައި ކޭމްޕް ކުރީ ރާއްޖޭގައި ތަމްރީނު ހެދުމުގެ ފުރުސަތު ނުލިބުމުންނެވެ. އެއާއެކު ގައުމީ ޓީމުގެ ކުޅުންތެރިން މީގެ ކުރިން ތަމްރީނު ހަދާފައިވަނީ އެ ކުޅުންތެރިން މާލޭގައި ކޭމްޕް ކޮށްގެން ތިބި ހޮޓެލް ޖެންގެ ބޯލްރޫމްގައެވެ.

ގައުމީ ޓީމުގެ ކޭމްޕާ ގުޅޭ ގޮތުން މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަމުން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގައުމީ ޓީމުން ދުބާއީގައި ގާތްގަނޑަކަށް 10 ދުވަހު ތަމްރީނުތައް ހަދާނެ ކަމަށާއި، އެކަމަކު ދުބާއީގައި ކުރިއަށްދާ ތަމްރީނުތަކުގައި އެކުވެރިކަމުގެ މެޗެއް ކުޅުމަށް ތާވަލުކޮށްފައިނުވާ ކަމަށެވެ.

ކޮލިފައިން މެޗުތަކަށް ގައުމީ ޓީމުން 25 ކުޅުންތެރިންގެ ފައިނަލް ސްކޮޑު އެކުލަވާލާފައިވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނާއި އަމިއްލަ ސަބަބުތަކާ ހުރެ މި ސްކޮޑުން މީގެ ކުރިން ބައެއް ކުޅުންތެރިން ވަނީ ވަކިވެފައެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވްވުމުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) އާއި، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ޔަސްފާދު ހަބީބު (މުލަކޭ) އާއި، ކުލަބު އީގަލްސްގެ ހަަސަން ރާއިފް އަހުމަދު (ހަންނަ) އަދި ކުލަބު ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) އަށް ވަނީ ފުރުސަތު ގެއްލިފައެވެ. އަދި އަމިއްލަ ސަބަބުތަކާ ހުރެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފޯވާޑް ނާއިޒު ހަސަން (ދާދު) އާއި، އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ ސްކޮޑުން ވަކިވެފައެވެ.

ކޮވިޑާ ގުޅިގެން ކޮލިފައިން މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް