Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލާމަރުކަޒީ ނިޒާމު ހަރުދަނާކުރުން

ލާމަރުކަޒީ ނިޒާމް ހަރުދަނާވެ، ފުރިހަމަވުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުން މުހިއްމު: މިނިސްޓަރު އިމްރާން

23 މެއި 2021 | އާދީއްތަ 16:39

ގާނޫނަށް އަހުލުވެރިިވާން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 މެއި 2021 | އާދީއްތަ 16:39
ހޯމް މިނިސްޓަރު އަދި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އަދި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އިމްރާން އަބްދުﷲ

ލާމަރުކަޒީ ނިޒާމް ހަރުދަނާވެ، ފުރިހަމަވުމަށްޓަކައި އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުން މުހިއްމު ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން މަގާމަށް އަހުލުވެރި ކުރުމަށް ހިންގާ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވައި މިނިސްޓަރު އިމްރާން ވިދާޅުވީ ގާނޫނުތަކަށް އަހުލުވެރިވެ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާވެ ފުރިހަމަވުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ކައުންސިލްތަކުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭއިރު، ލާމަރުކަޒީ ނިޒާމުގެ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ލިބިގެންދާނީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށްގެން ކަމަށެވެ.

ލާމަރުކަޒީ ނިޒާމަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ މިސަރުކާރު އައީ 2008 ވަނަ އަހަރު ވުޖޫދު ކުރެވުނު ފެހި ގާނުނު އަސާސީން ކަނޑައަޅާދީފައިވާ ލާމަރުކަޒީ ނިޒާމު ވިއްސިވިހާލިވެ އަނަރޫފަވެ ނެތިވެދާން ކައިރިވެފައިވާ ވަގުތެއްގައި ކަމަށެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް އިސްކަމެއް ދެއްވައިގެން ލާމަރުކަޒީ ގާނޫނަށް 8 ވަނަ އިސްލާހު ގެނެވިގެންދިޔަ ދިއުން މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނާއި ގާތުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރެއްވި ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު އިމްރާން ފާހަގަކުރެއްވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާފައިވާ އިރު، މީގެ ކުރީގެ އިންތިޚާބުތަކާއި ހިލާފަށް އެމްޑީޕީއަށް މިފަހަރު ވަނީ ސުޕަރމެޖޯރިޓީ ގެއްލިފައެވެ. އެމްޑީޕީން 400 ގޮނޑި ކާމިޔާބު ކުރިއިރު، އިދިކޮޅު ޕީޕީއެމަށް ލިބުނީ 325 ގޮނޑިއެވެ.

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ވޯޓްލާ އެންމެން ގެންގޮސް ޖަލަކަށް ނުލެވޭނެ: ރޮޒެއިނާ

13 އެޕްރީލު 2017
ވޯޓްލާ އެންމެން ގެންގޮސް ޖަލަކަށް ނުލެވޭނެ: ރޮޒެއިނާ
13 އެޕްރީލު 2017

ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު

13 އެޕްރީލު 2017
ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު
30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް