Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރްސީ މައްސަލަ

އެމްއެމްޕީއާރްސީއާ މުއާމަލާތުކުރީ ކުންފުންޏެއްގެ ރެޕްރެޒެންޓޭޓިވްގެ ހައިސިއްޔަތުން - ބޮންޑޭ

20 މެއި 2021 | ބުރާސްފަތި 14:35

އެމްއެމްޕީއާރްސީއަށް 150،000 ޑޮލަރު ދައްކާފައިވަނީ ބޮންޑޭގެ ކުންފުނިން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 20 މެއި 2021 | ބުރާސްފަތި 14:35
އިބްރާހީމް ރަޝީދު (ބޮންޑޭ) - އެމްއެމްޕީއާރްސީ މައްސަލާގައި އޭރުގެ ސަރުކާރުތެރޭގައި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވޭ

އިބްރާހީމް ރަޝީދު (ބޮންޑޭ) - އެމްއެމްޕީއާރްސީ މައްސަލާގައި އޭރުގެ ސަރުކާރުތެރޭގައި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވޭ

ޓޫރިޒަމް މިނިސްޓްރީއަށް ދެއްކި ފައިސާއަކީ ރ.ފުއްގިރީގެ އޮފަރ ލެޓަރ އަށް މިނިސްޓްރީއަށް ދެއްކި ފައިސާ ކަމަށް މާފަންނު މެދުދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ ވިދާޅުވީ، އެ ފައިސާ ދެއްކީ، ރަށް ދޫކޮށްފައިވާ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހުރި ރެޕްރެޒެންޓޭޓިވްގެ ހައިސިއްޔަތުން ކަމަށެވެ.

Advertisement - newsAdvertisement

ބޮންޑޭ ވިދާޅުވީ، ރ.ފުއްގިރި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދައުލަތުން ހަވާލުކޮށްފައިވާ ބޭރުގެ ކުންފުނީގެ ފަރާތުން ރާއްޖޭގައި ކުރަންޖެހޭ ހުރިހާ ކަމެއް ގަވާއިދާ އެ އޮންނަ އުސޫލުގެ ތެރެއިން ކުރަމުން އައީ ބޮންޑޭގެ ކުންފުނި " އައިބީއާރް މޯލްޑިވްސް" އިން ކަމަށެވެ. އީއައިއޭ ހެދުމާއި ކޮންސެޕްޓް ޑިޒައިނިންގެ މަސައްކަތްވެސް ރާއްޖޭގައި އެކަމުގެ ތަޖުރިބާކާރު މީހުންނާއެކު ބޮންޑޭގެ ބެލުމުގެ ދަށުން ކުރަމުން އައި ކަމަށެވެ.

ބޮންޑޭ ވިދާޅުވީ، ކުންފުނި ރެޕްރެޒެންޓްކުރާ މީހެއްގެ ހައްިސިއްޔަތުން، ޕްރޮޖެކްޓްގެ ކަންކަމުގައި ކުރި މުއާމަލާތުގައި ބައިވެރިވެފައިވާ ކަމަށެވެ. ރިޓްޒް ކާރލްޓަން ހޮޓެލް ކޮމްޕެނީ ރާއްޖޭގައި ރެޕްރެޒެންޓް ކުރީ ބޮންޑޭ ކަމަށާއި، އޭރު ބޮންޑޭއަކީ މަޖިލީސް މެމްބަރެއް ނޫން ކަންވެސް ބޮންޑޭ ފާހަގަކުރެއްވިއެވެ. 2003 ވަނަ އަހަރު ދޫކުރި 11 ރަށެއްގެ މަސައްކަތުގައިވެސް ރިޓްޒްގެ އިތުރުން މެރިއޯޓާ ކިޔާ ކުންފުންޏަކާއެކު މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އޭރު މިކަހަލަ މައްސަލަތަކެއް ދިމާނުވާއިރު، މިހާރު ދިމާވެގެން މި އުޅެނީ ބަޔަކު ނުހައްގުން ލާރި ހޯދަން އުޅުމުން ދިމާވި މައްސަލަތަކެއް ކަމަށެވެ. މި ރަށުގެ މަސައްކަތުގައި ބޮންޑޭ އުޅޭކަން އެނގުނު ހިސާބުން ރައީސް ޔާމީނާ އަދީބާ މައްސަަލަ ޖެހުނު ކަމަށާއި، އޭރު ރައީސް ޔާމީންގެ އަރިހުގައި އަދީބަށްވުރެ ގާތްކޮށް ހުރި އެސްޓީއޯގެ ޑީއެމްޑީ މެދިވެރިކޮށް ފައިސާ ޑައިވާރޓް ކޮށްފައިވާ ކަމަށެވެ.

އޭރު މި މުއާމަލާތްތައް ކުރިއަށް ގެންދިޔުމުގައި ލޯޔަރުންނާއި، ކަމުގެ ތަޖުރިބާހުރި މީހުންގެ މަޝްވަރާ ހޯއްދެވި ކަމަށް ވިދާޅުވިއެވެ. ބޭރުގެ ކުންފުންޏަށް ގާނޫނީ ލަފާ ދީފައިވަނީ، ޝާހު، ހުސެއިން އެންޑް ކޯ ލޯ ފާރމުން ކަމަށާއި، ދައުލަތުގެ ފައިސާއަށް ރައީސް ޔާމީން ޚިޔާނާތްތެރި ވަމުން ދިޔަކަން މި ލޯ ފާރމަށް އެނގޭނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. ފުއްގިރި އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދޫކުރި ފައިސާ ފަހުން ދޫކޮށްފައިވަނީވެސް ލޯފާރމްގެ ލަފާގެ މަތިން ކަަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ރެޕްރެޒެންޓް ކުރި ކުންފުންޏަށް ރަށް ތަރައްގީކުރުމަށް ލިބުމުން ސަރުކާރަށް އިނިޝިއަލް ޕޭމެންޓްގެ ގޮތުގައި ދެއްކި 150،000 ޑޮލަރު އެކުންފުނިން ބޮންޑޭއާ ހަވާލުކުރުމުން އެ ފައިސާ ދައުލަތަށް ދެއްކި ކަމަށާއި އެހެން ނަަމަވެސް އެ ފައިސާ ދައުލަތަށް ނުލިބޭކަން އެނގުނީ ބޭންކުން ރަސީދު ހޯދަން ދިޔަ ހިސާބުން ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އެ ހިސާބުން އެހެން އެކަން ހިނގާކަން އޭރުވެސް ދައުލަތުގެ އެކި އިދާރާ ތަކަށް ހުށަހަޅާ އެވާހަކަ ދައްކާފައިވާނެ ކަމަށް ވިދާޅުވިއެވެ.

އޭސީސީ ރިޕޯޓުގައި ބުނެފައިވަނީ، ރ.ފުއްގިރީގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމް.އެމް.ޕީ.އާރް.ސީއަށް ދައްކަންޖެހޭ 1,550,000.00 (އެއްމިލިއަން ފަސްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ތެރެއިން ފުރަތަމަ އިންސްޓޯލްމަންޓްގެ ގޮތުގައި ދައްކަންޖެހޭ 600,000.00 (ހަލައްކަ) އެމެރިކާ ޑޮލަރުގެ ތެރެއިން، 09 ޖޫން 2015 ގައި150,000.00 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު އެމް.އެމް.ޕީ.އާރް.ސީއަށް ދައްކާފައިވާ އައި.ބީ.އާރ މޯލްޑިވްސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ހުޅުވާފައިވާ ނަންބަރު 400 000035 7730 އެކައުންޓުގެ ނަންބަރު000010 ޗެކު ޕޭއީ އެއްގެ ގޮތުގައި ވަނީ އެމް.އެމް.ޕީ.އާރް.ސީ ކަމުގައެވެ. އެ ޗެކުގެ ނުފުށުގައި"7701701832002 DEPOSIT TO S.O.F PVT LTD" މިހެން ލިޔެފައިވާއިރު، އެމް.އެމް.ޕީ.އާރް.ސީގެ ތައްގަނޑު ޖަހައި އަބްދުﷲ ޒިޔާތު ސޮއިކޮށްފައިވާކަމަށް އޭސީސީ ރިޕޯޓުގައި ވެއެވެ. އެ ޗެކު ވަނީ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ ނަންބަރު 7701701832002 އެކައުންޓަށް 11 ޖޫން 2015 ގައި ޖަމާކޮށްފައި ކަމަށްވެސް އޭސީސީ ރިޕޯޓުގައި ވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2019

އެމްއެމްޕީއާރުސީއިން ގެއްލުނު ފައިސާ ހޯދަން ތިން ކުންފުންޏެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

20 އޯގަސްޓު 2019
އެމްއެމްޕީއާރުސީއިން ގެއްލުނު ފައިސާ ހޯދަން ތިން ކުންފުންޏެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި
30 ޖުލައި 2019

އައޖީއެމްއެޗަކީ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގޭ ނަމަ ހިންގުން ހަރުދަނާވާނެ: ސީއީއޯ

30 ޖުލައި 2019
އައޖީއެމްއެޗަކީ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގޭ ނަމަ ހިންގުން ހަރުދަނާވާނެ: ސީއީއޯ
20 މެއި 2019

ވަގުފާރީގެ ތުހުމަތަށް 24 ކުންފުންޏެއްގެ މައްސަލަ ފުލުހަށް

20 މެއި 2019
ވަގުފާރީގެ ތުހުމަތަށް 24 ކުންފުންޏެއްގެ މައްސަލަ ފުލުހަށް
10 ފެބުރުއަރީ 2019

ފައިނޭންޝަލް އަހަރުގެ ތެރޭގައި ދައުލަތަށް ގެއްލުންނުވާ ކުންފުންޏެއްގެ ގޮތުގައި ވެމްކޯ ދައްކާނަން: ވެމްކޯގެ އެމްޑީ

10 ފެބުރުއަރީ 2019
ފައިނޭންޝަލް އަހަރުގެ ތެރޭގައި ދައުލަތަށް ގެއްލުންނުވާ ކުންފުންޏެއްގެ ގޮތުގައި ވެމްކޯ ދައްކާނަން: ވެމްކޯގެ އެމްޑީ
06 ފެބުރުއަރީ 2019

ހަތަރު ކުންފުންޏެއްގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފި

06 ފެބުރުއަރީ 2019
ހަތަރު ކުންފުންޏެއްގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފި
20 ނޮވެމްބަރު 2018

ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!

20 ނޮވެމްބަރު 2018
ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
23 އޯގަސްޓު 2018

އިންފްރާސްޓްރަކްޗަރ މަސައްކަތް ކުރެވޭނީ ދިވެހި ކުންފުންޏެއްގެ ހިއްސާއާއި އެކު: އިބޫ

23 އޯގަސްޓު 2018
އިންފްރާސްޓްރަކްޗަރ މަސައްކަތް ކުރެވޭނީ ދިވެހި ކުންފުންޏެއްގެ ހިއްސާއާއި އެކު: އިބޫ
05 ޖޫން 2018

ކަސްޓަމްސުން ވަކިކުރެއްވި ޝަރީފު، އޮސްޓްރޭލިއާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްގެ މަގާމަށް

05 ޖޫން 2018
ކަސްޓަމްސުން ވަކިކުރެއްވި ޝަރީފު، އޮސްޓްރޭލިއާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްގެ މަގާމަށް
14 ފެބުރުއަރީ 2018

ރައީސް ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ މުއިއްޒު ރައީސް މައުމޫނާއި، އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދާއި ބައްދަލުކުރައްވައިފި

14 ފެބުރުއަރީ 2018
ރައީސް ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ މުއިއްޒު ރައީސް މައުމޫނާއި، އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދާއި ބައްދަލުކުރައްވައިފި
02 މާރިޗު 2017

ޖީއެސްޓީ ދެއްކުމަށް ދެ ކުންފުންޏެއްގެ މައްޗަށް ހުކުމް ކޮށްފި

02 މާރިޗު 2017
ޖީއެސްޓީ ދެއްކުމަށް ދެ ކުންފުންޏެއްގެ މައްޗަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް