Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ބާންލީ ބަލިކޮށް ލިވަޕޫލް ހަތަރުވަނައަށް

ތާވަލުގެ ހަތަރުވަނައަށް ލިވަޕޫލް ޖެހިލީ 66 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 19 މެއި 2021 | ބުދަ 21:36
ބާންލީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 3-0 ން

ބާންލީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 3-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ބާންލީ ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވެ ގަދަ ހަތަރެއްގެ ޖާގައެއް ލިވަޕޫލުން ހޯދިއިރު، މިއީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ފަހުން ގަދަ ހަތަރެއްގެ ތެރޭގައި ލިވަޕޫލް ހިމެނުނު ފުރަތަމަ ފަހަރެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، ލިވަޕޫލުގެ ސަޑިއޯ މާނޭ އާއި، ރޮބާޓޯ ފިރްމީނޯ އަދި ތިއާގޯ އަލްކަންޓާރާ ވަނީ ލިބުނު ރަނގަޅު ފުރުސަތުތަކެއް ބޭކާރުކޮށްލާފައެވެ. އަދި މި ހާފުގައި ބާންލީގެ ކްރިސް ވުޑްއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވިއިރު، އެ ޓީމުގެ ޑްވައިޓް މެކްނީލް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މި ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެންޑީ ރޮބަޓްސަން ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފިރްމީނޯއެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި މާނޭ ހުރަސްކޮށްދިން ބޯޅައަކުން ނަތަނިއެލް ފިލިޕްސް ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ ލިވަޕޫލުގެ ޖާޒީގައި ފިލިޕްސް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

އޭގެ ފަހުން މި މެޗުގައި ބާންލީން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 68 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ބެން މީ ވަނީ ބޮލުން ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެކަމަކު ގޯލު ރޮނގުމަތިން އެ ބޯޅަ ސަލާމަތްކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލުގެ ޑިފެންޑަރު ފިލިޕްސްއެވެ. އެއާއެކު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލިވަޕޫލުން ވަނީ ތިންވަނަ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެލެކްސް އޮކްސެލޭޑް-ޗެމްބަލެއިންއެވެ.

މި މޮޅާއެކު ތާވަލުގެ ހަތަރުވަނައަށް ލިވަޕޫލް ޖެހިލިއިރު، ލިވަޕޫލާއި ފަސްވަނައަށް ވެއްޓުނު ލެސްޓާ ސިޓީއަށް ވަނީ ކުޅުނު 37 މެޗުން 66 ޕޮއިންޓް ލިބިފައެވެ. ލިވަޕޫލް ކުރީގައި އޮތީ ހަތަރު ލަނޑުގެ ތަފާތަކުންނެވެ. އަދި ތާވަލުގެ ތިންވަނައިގައި އޮތް ޗެލްސީއަށް 37 މެޗުން ވަނީ 67 ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އާސެނަލުން ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެސްޓަން ވިލާ އަތުން 2-1 ގެ ނަތީޖާއަކުން ޓޮޓެންހަމް ހޮޓްސްޕާ ވަނީ ބަލިވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު