Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހޯރަ ވޮލީ ލީގު

ހޯރަ ވޮލީ ލީގު ފޯރިއާއެކު ކުރިއަށް

ފައިނަލް މެޗު ކުޅޭނީ މި މަހުގެ 28 ވަނަ ދުވަހު

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 19 މެއި 2021 | ބުދަ 18:10
އީދު ހޯރަ ވޮލީ ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން

އީދު ހޯރަ ވޮލީ ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން

ހއ. ހޯރަފުށީ އާރްވީ ސްޕޯޓްސް އެކެޑަމީން އިންތިޒާމުކުރާ އީދު ހޯރަ ވޮލީ ލީގުގެ ކުޅުން ފަށައިފިއެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން އާރްވީ ސްޕޯޓްސް އެކެޑަމީގެ މަސްއޫލުވެރިޔާ ހާމިދު އާދަމް ވިދާޅުވީ މިއީ އެ އެކެޑަމީން ކުރިއަށްގެންދާ ފުރަތަމަ މުބާރާތް ކަމަށާއި، ޒުވާނުންނަށް އަމާޒުކޮށްގެން ވޮލީބޯޅަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ އީދުގެ އުފަލާއެކު އެކުވެރި މާހައުލެއްގައި ކުޅިވަރު ކުޅުމަށް ފުރުސަތު ދިނުން ކަމަށެވެ.

މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ހޯރަ އެއާޕޯޓް، ހޯރަ ޔުނައިޓެޑް، ބަދަހި ސިކްސް އަދި ޓީމް ޓްރީޑީއެވެ. މި މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ހޯރަ ޔުނައިޓެޑުގެ މައްޗަށް ހޯރަ އެއާޕޯޓް ކުރި ހޯދީ 3-1 ސެޓުންނެވެ. އަދި ދެވަނަ މެޗުގައި ބަދަހި ސިކްސްގެ މައްޗަށް ޓީމް ތްރީޑީން ކުރި ހޯދީވެސް 3-1 ސެޓުންނެވެ.

މުބާރާތުގެ ކުޅުން ބުދަ ދުވަހު ފެށިއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

އާރްވީ ސްޕޯޓްސް އެކެޑަމީން ބުނީ ކުރިއަށް އޮތް ތަނުގައި މިފަދަ އެތައް މުބާރާތްތަކެއް އެ އެކެޑަމީގެ ފަރާތުން ބާއްވާނެ ކަމަށާއި، އެގޮތުން ކުރިއަށް އޮތް ތަނުގައި ފުޓްބޯޅަ، ވޮލީބޯޅަ އަދި ނެޓްބޯޅައިގެ އިތުރުން ކުޅިވަރުގެ އެކި ކަހަލަ ހަރަކާތްތައް ކުރިއަށްގެންދަން ރާވާފައިވާ ކަމަށެވެ. އަދި ހޯރަފުށީ ދަނޑުތަކުގެ މަސައްކަތް ނިމުމާއެކު، އެކެޑަމީން ކުދިން ތަމްރީނުކުރުމަށް ހުޅުވާލާނެ ކަމަށްވެސް މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު