Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑް-19

ސަރުކާރު ބަންދު މުއްދަތު ސުޕްރީމް ކޯޓުން ނުގުނާ، ހައިކޯޓު އޭގެ އިދިކޮޅު

ސުޕްރީމް ކޯޓުން ބުނަނީ މިހާލަތުގައި ސަރުކާރު ބަންދު ދުވަސްތައް ނުގުނާނެ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 އެޕްރީލު 2020 | ހޯމަ 07:04
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން (ވ) އަދި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން (ވ) އަދި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް

ސަރުކާރު ބަންދު މުއްދަތުގައި ސުޕްރީމް ކޯޓުގެ އިސްތިޢުނާފު މުއްދަތު ނުހިނގާ ގޮތަށް ހެދި އިރު، ހައިކޯޓުން އެއާއި އިދިކޮޅަށް ނިންމާފައިވާ މައްސަލައެއް ފެންމަތި ވެއްޖެއެވެ. ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާއި ގުޅިގެން ރާއްޖޭގައި މިދިޔަ މާރޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާއިރު، އެޙާލަތު އެގޮތުގައި މި އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިހާރު މިވަނީ އިތުރުކޮށްފައެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމާއެކު ސަރުކާރުން ވަނީ މާރޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް އަދި ކިޔަވާދޭ މަރުކަޒުތައް ބަންދުކޮށްފައެވެ. އަދި ޢާންމު އެއްވެ ނޫޅެ، ވާނެ ގޮތަށް އަމިއްލަ ފަރާތްތަކަށްވެސް ކަމާބެހޭ އިދާރާތަކުން އަންގަމުންދާއިރު، އިޖުތިމާޢީ ގައިގާދުރު ބެހެއްޓުމަށްވެސް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުން ނެވެ.

މިޙާލަތުގައި ވެސް ޢަދުލުއިންސާފުގެ ދާއިރާއިން އެމީހުންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ކުރެވެން ހުރިކަންކަން އަދި ކޮންމެހެން ހިންގަންޖެހޭ ޝަރީޢަތްތަކުގެ މަސައްކަތްތައް ކުރުމަކީ ކުރަންޖެހޭ ކަންކަމެވެ. މިޙާލަތަކީ ޚާއްޞަ ޙާލަތެއްކަމަށްވާތީ، އިސްތިޢޔނާފު ކުރެވޭ މައްސަލަތައް ފަދަ ވަކި މުއްދަތެއްގައި ކޯޓުތަކަށް ހުށަހަޅަންޖެހޭ ފަދަ ކަންކަމަށް ވީހާވެސް ބޮޑަކަށް ލުއެއް ދިނުމަކީ ކޮށްލުން ރަނގަޅުކަމެވެ.

ހުސްވި މާރޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދުކޮށްފައިވާއިރު، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ޢަމަލު ކުރާނެ އުޞޫލެއް ސުޕްރީމް ކޯޓުން ޢާންމުކުރީ އާދިއްތަ ދުވަހު އެވެ. ހައިކޯޓުން ޢަމަލުކުރާނެ އުޞޫލު އެ ކޯޓުން ހޮނިހިރު ދުވަހު ޢާންމު ކުރިއިރު ދެ އުޞޫލުގެ އެންމެ ބޮޑު ތަފާތަކީ އިސްތިޢުނާފު ކުރުމުގެ މުއްދަތު ގުނާ ގޮތެވެ.

ސުޕްރީމް ކޯޓުން ޢާންމު ކުރި އުޞޫލުގައި ބުނެފައިވާ ގޮތުން، ކޮންމެހެން ހުށަހަޅަން ޖެހޭ މައްސަލަތައް ފިޔަވައި އެހެން މައްސަލަތައް ޞިއްޙީ ނުރައްކަލުގެ ކުއްލި ޙާލަތު ފިލައި ދިޔުމުން ސުޕްރީމް ކޯޓަށް ހުށަހެޅޭނެ އެވެ. އަދި މި ޙާލަތުގައި އިސްތިޢުނާފުގެ މުއްދަތު ގުނާނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ސަރުކާރު ބަންދު ކުރެވުނު މުއްދަތު ނުހިމަނައިކަމަށް ސުޕްރީމް ކޯޓުގެ އުޞޫލުގައި ވެއެވެ.

އިސްތިޢުނާފުގެ މުއްދަތު ގުނާއިރު، ކޮވިޑް-19 ގުޅިގެން ބަންދުކޮށްފައިވާ މުއްދަތު ނުގުނާނެ ކަމަށް ސުޕްރީމް ކޯޓުގެ އުޞޫލުގައިވާއިރު، އެއާއި ޚިލާފަށް ހައިކޯޓުން ޢަމަލު ކުރާނެ ކަމަށް ބުނެ އެ ކޯޓުން ޢާންމުކޮށްފައިވާ އުޞޫލުގައި ބުނެފައިވަނީ ސަރުކާރު ބަންދުކޮށްފައިވީ ނަމަވެސް އެ މުއްދަތުވެސް އިސްތިޢުނާފު މުއްދަތުގެ ތެރޭގައި ގުނާނެކަމަށެވެ.

ހައިކޯޓުން ބުނާގޮތުގައި، 2020 މާރިޗު 19 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ކުރެވިފައިވީ ނަމަވެސް މި ދުވަސްތަކުގައި އޮންލައިންކޮށް މައްސަލަ ހުށަހެޅޭ ގޮތަށް ޢާންމުކޮށް އެންގިފައިވާތީ، ޢާންމު އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން އިސްތިއުނާފު މުއްދަތު ގުނެމުންދާނެ އެވެ.

ހައިކޯޓުގައި މައްސަލައެއް އިސްތިޢުނާފު ކުރުމަށް އޮންނަ މުއްދަތަކީ މައްސަލަ ނިންމާ ދުވަހުން ފެށިގެން ދިހަ ދުވަހެވެ. އެހެންކަމުން، ހައިކޯޓުން މިހާރު ޢާންމުކޮށްފައިވާ އުޞޫލުގައިވާ ގޮތުން، ކޮވިޑް-19އާ ގުޅިގެން ސަރުކާރު ބަންދުވުމުގެ ކުރިން ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލްއަކުން ނިންމާފައިވާ މައްސަލައެއް އޮންލައިންކޮށް އިސްތިޢުނާފަށް ހުށަހަޅާފައި ނުވާނަމަ، ދެން އެ މައްސަލައެއް ހައިކޯޓަކަށް ހުށަހެއް ނޭޅޭނެއެވެ. އެއީ މިހާތަނަށް ތިން ހަފުތާ ސަރުކާރު ބަންދުކޮށް، ހަތަރު ވަނަ ހަފުތާއެއް މިހާރު ގުނަން ފެށިފައިވާތީއެވެ. އެހެންނަމަވެސް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހުވެސް، އަމިއްލަ ބާރު ނުފޯރާ މަޤްބޫލު ސަބަބެއް ހުށަހަޅައިފިނަމަ އެކަމެއްގެ އިސްތިއުނާފު ގަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވާ ކަމަށް ހައިކޯޓުން ބުނެއެވެ.

ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުވެސް އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ގުނަން ހައިކޯޓުން ނިންމާފައިވާއިރު، އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ބަލައިގަތުމާއި ހިސާބުންވެސް ލަސްކަން ގިނަ ގާނޫނީ ވަކީލުން ފާހަގަކުރެއެވެ. ބައެއް ވަކީލުން ފާހަގަ ކުރާ ގޮތުގައި ބައެއް މައްސަލަތައް ހައިކޯޓުގައި ބަލައިގަތުން އަވަސްވެފައިވާއިރު، އަނެއް ބައި މައްސަލަތައް ހައިކޯޓުގެ ރެޖިސްޓްރޭޝަން މަރުހަލާގައި ގިނަ ދުވަސްތަކެއް ވެއެވެ. އަދި ހައިކޯޓަށް މައްސަލައެއް ހުށަހެޅިތާ 29 ދުވަސްފަހުން، މައްސަލަ ހުށަހެޅި ފޯމްގެ ފޮންޓްސައިޒު އިސްލާހު ކުރުމަށްފަހު ހުށަހަޅަން ބުނުމަކީ ބައެއް ގާނޫނީ ވަކީލުން ވިދާޅުވާގޮތުން ދިމާވެފައި ހުރިކަންކަމެވެ.

ރާއްޖޭގެ ޖުޑީޝަރީއާމެދު ރައްޔިތުން ފާޑުކިޔާތާ އަޅުގަޑުމެންގެ އުމުރުން މިވީހާދުވެހެއް ވީއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ އޮތް އެމްޑީޕީން ޖުޑީޝަރީ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތައް ސާބަސް ހައްގެވެ. ނަމަވެސް ރަނގަޅުކޮށްލަންޖެހޭ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުއްޓެވެ. އިންތިހާއަށް ސުލޫކީ މައްސަލަތައް ހުރި ފަނޑިޔާރުންނާމެދު އަވަހަށް ގޮތެއް ނިންމަންޖެހެ އެވެ. ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނުގެ އެތައް މައްސަލައެއް ޖުޑީޝަލް ސާރވިސް ކޮމިޝަނުގައި އޮތްއިރު، އެމަނިކުފާނު އެހުންނަވަނީ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގަ އެވެ. ސުޖާއު އުސްމާނުގެ ހުރީ އާދައިގެން މައްސަލަތަކެއް ނޫނެވެ. ސީރިއަސް މައްސަލަތަކެއް ހުރިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރަކަށް ހުންނަވަނީ ކާކުގެ ނުފޫޒުންތޯ ވެސް އެބަ ސުވާލު އުފެދެ އެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!
27 އެޕްރީލު 2017

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން
23 އެޕްރީލު 2017

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"
21 އެޕްރީލު 2017

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟
11 އެޕްރީލު 2017

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!
24 މާރިޗު 2017

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ
23 މާރިޗު 2017

ސަރުކާރު މަރަށް ތެޅެނީތަ؟

23 މާރިޗު 2017
ސަރުކާރު މަރަށް ތެޅެނީތަ؟
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
20 ޖެނުއަރީ 2017

ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!

20 ޖެނުއަރީ 2017
ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު