Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19ގެ ހާލަތުގައި މުޒާހަރާ ކުރުން

އެޗްޕީއޭގެ އެންގުމާ ހިލާފަށް މުޒާހަރާކުރުމުގެ ފުރުސަތު ފުލުހުން ދިނީ ކީއްވެ؟

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެއްފަހަރާ އެއްތަނަކަށް އެއްވެވޭނީ ގިނަވެގެން 30 މީހުންނަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 ޖުލައި 2020 | އަންގާރަ 19:50
ހޯމަ ދުވަހުގެ ރޭ ބޭއްވި މުޒަހާރާގެ ބައިވެރިން، މަޖީދީ މަގުން ހިނގާފައި ދަނީ

ހޯމަ ދުވަހުގެ ރޭ ބޭއްވި މުޒަހާރާގެ ބައިވެރިން، މަޖީދީ މަގުން ހިނގާފައި ދަނީ

ކޮވިޑް-19 ނުރައްކާ ބޮޑުވެގެންދިއުމާ ގުޅިގެން ''އިލްތިމާސް ކުރުން'' މިބަހަކީ ކޮންމެ ދުވަހަކު އެތައް ފަހަރަކު އަޅުގަނޑުމެން އަޑު އަހަމުންދާ ވާހަކަތަކެވެ. ޚަބަރުތަކުގެ ފަލަސުރުޚީ ތަކަށް އަރަމުންދާ ޚަބަރުތަކެވެ. އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެސިޓީ ކޮވިޑް-19ގެ ކޭސްއެއް ރިޕޯޓު ކުރުމާ ގުޅިގެން ފުލްލޮކްޑައުންއަކަށް ދިޔައީ މާލެސިޓީގައި ބަލި ފެތުރިފައިވާ މިންވަރު ނޭނގީތީއެވެ.

ލޮކްޑައުންއާއެކު ކުރެވުނު މަސައްކަތްތަކުން ކާމިޔާބު ނަތީޖާތަކެއް ހާސިލް ކުރިއެވެ. ނަމަވެސް އޭރު ވެސް ރާއްޖޭގެ ޑޮކްޓަރުންގެ އެއްކަންބޮޑުވުން އޮތެވެ. އެއީ މާލެ ސިޓީން ކޭސްއެއް ފެނުމުގެ ކުރިން ވެސް ތަކުރާރުކޮން ''އިލްތިމާސްތައް" ކުރެވުނު ނަމަވެސް ފުރަތަމަ ކޭސްއާއެކު ކޮންޓެކްޓް ޓްރޭސިން ހެދިއިރު އުންމީދު ކުރި ގޮތާ ހިލާފަށް ބޮޑުވުމެވެ. 400ށްވުރެ ގިނަ މީހުން ކޮންޓެކްޓުން ގޮތުގައި ފާހަގަކުރެވިގެން ދިއުމުން މިކުރެވިގެންދިޔަ އިލްތިމާސްތަކުގެ ބޭނުމެއް ނެތްކަން ހާމަވެގެންދިޔައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، ލޮކްޑައުންއަށް ފުރަތަމަ ލުއިތަކެއް ދިނީ 1 ޖޫންގައެވެ. އެގޮތުން މިހާރު ތިންވަނަ ފޭސް ގުނަމުންދާއިރު، މިހާރު މިވަނީ ރިކޯޑް އަދަދަކަށް ޕޮޒިޓިވް ކޭސްތައް އިތުރުވާން ފަށާފައެވެ.

ޚާއްސަ ގޮތެއްގައި ގިނަ އަދަދެއްގެ ދިވެހިން ޕޮޒިޓިވްވެފައިވާއިރު، އަންގާރަ ހަވީރު 6:00 ގެ ނިޔަލަށް ރިކޯޑު އަދަދަކަށް 137 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ލޮކްޑައުންއަށް ލުއިތައް ދިން ފަހުން ގިނަ އަދަދެއްގެ ޕޮޒިޓިވްވަމުންދާއިރު، ނުރައްކާތެރި ކަމުގެ ރަނގަބީލު އަޅަން ފަށާފައިވާ ކަމަށް ރާއްޖޭގެ ބައެއް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެއްޖެ ހާލަތުގައި އެންމެނަށް ފަރުވާދޭނެ ކެޕޭސިޓީ ރާއްޖޭގެ ހެލްތް ނިޒާމުގައި ނެތް ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވެއެވެ.

ޑޮކްޓަރުންގެ އިންޒާރު މެސެޖްތާއެކު ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވެސް ވިދާޅުވެފައިވަނީ އާއްމު ހާލަތަށް އެދޭނަމަ، މާސްކު އަޅަން ޖެހޭ ކަމަށާއި، ކޮންމެހެން ނުކުންނަންޖެހޭ ހާލަތުގައި މެނުވީ ނުނިކުތުމަށް އެދޭ ކަމަށެވެ. އަދި ނުރައްކަލުގެ ރަގަބީލުގެ އަޑުގަދަ ވެގެންދާކަން މިނިސްޓަރު ވެސް ފާހަގަކުރެއްވިއެވެ.

ތަކުރާރުކޮށް އިންޒާރުގެ މެސެޖްތަކާއި، އިލްތިމާސްތައް ކުރަމުންދިޔަ ނަމަވެސް ކަމާބެހޭ މުއައްސަސާތަކުން އެކުލަވާލާފައިވާ ގަޑިލްލައިންތަކާ އެއްގޮތަށް އަމަލުކުރޭތޯ، އެކަންކަން ތަންފީޒު ކުރޭތޯ ބަލައި މޮނިޓަރ ކުރަމުންދަނީ ކިހާ މިންވަރަކަށްތޯ މިއީ އާންމު ރައްޔިތުން މިއަދު އުފައްދަމުންދާ ސުވާލެވެ.

އެގޮތުން މުޅި މާލެސިޓީއަށް ބަލާއިރު، އައިޖީއެމްއެޗްއަށް ވެސް ކޮންމެ މީހަކަށް ވެސް ފަސޭހަކަމާއެކު ވަދެ ނުކުމެ ހެދެއެވެ. ހުން ހުރި ތޯ، ނެތްތޯ ވެސް ނުބަލައެވެ. މިއީ ސަރުކާރުގެ މައި ހޮސްޕިޓަލުގެ ހާލަތެވެ.

އެންމެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް އެކި ބޭނުންތަކުގައި ޖަމާވާ އެއް ސަރަހައްދަކީ މާލޭގެ ލޯކަލް މާރުކޭޓްގެ ސަރަހައްދެއެވެ. މަސްމާރުކޭޓުގައި ޚާއްސަ އިންތިޒާމްތަކެއް މާލެ ސިޓީ ކައުންސިލުން ހަމަޖެއްސި ނަމަވެސް މިހާރު އެތަނުގައި އެއްވެސް އިންތިޒާމެއް ނެތެވެ. މީގެ އިތުރުން މާލޭގެ ފިހާރަތަކަަށް ވަކި އަދަދަކަށް މީހުންނަށް ވަދެވޭއިރު، ވިޔަފާރިތައް ވެސް އޮންނަނީ ފުނި ޖެހި ބާރުވެފައެވެ. އުސޫލާ އެއްގޮތަށް އަމަލުކުރާ ފިހަރާތައް ނިސްބަތުން މަދެއެވެ.

މިހާލަތުގައި އޮތްއިރު، ކުރެވޭ އިލްތިމާސްއަކުން ނުވަތަ ދެވޭ އިންޒާރުތަކުން ނިންމާލެވޭކަށް ނެތެވެ. ނުރައްކާތެރި ރަނގަބީލުގެ އަޑު މަޑުކުރަން ބޭނުންވާ ކަމަށްވަނީ ނަމަ މާޒީން ފިލާވަޅުތަކަށް ބަލާ ހަރުކަށި އުސޫލުތަކެއް ކަނޑައަޅަން ޖެހެއެވެ. އުސުލާ ހިލާފުވާނަމަ ފިޔަވަޅު އަޅަން ޖެހެއެވެ. ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ތަންފީޒު ކުރޭތޯ މޮނިޓަރ ކުރަން ޖެހެއެވެ. އެއްދުވަހުން އަނެއް ދުވަހަށް ޕޮޒިޓިވް ކޭސްތައް ފެންނަމުންދާއިރު، އުފާފާޅުކޮށް ހެލްތް މިނިސްޓްރީން ކޭކު ފެޅުމަކުން އަދި ނުނިމެއެވެ.

ނަމަވެސް ފެނިގެންދިޔައީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރޭ 56 ވަނަ މިނިވަން ދުވަހުގެ ރޭ، އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ވަނީ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލާ މާލެސިޓީގައި މުޒާހަރާ ކުރަން ފެށި މަންޒަރެވެ. އެއްވެސް ވަރަކަށް އިޖްތިމާއީ ގައިދުރު ކަމަކަށް ބެލުމެއްނެތި، ތޮއްޖެހިގެން އަޑު އުފުލަމުން ދިޔައެވެ. އަޑު އުފުލުމާއި، މުޒާހަރާ ކުރުމަކީ ކޮންމެ މީހަކަށް ގާނޫނު އަސާސީން ލިބިދޭ ހައްގަކަށްވާއިރު، ރާއްޖޭގެ މިހާރުގެ ހާލަތުގައި މިގޮތަށް އެއްވެ އުޅޭކަށް ތަނެއް ނުދެއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފައެވެ. އެގޮތުން އެއްފަހަރާ އެއްތަނަކަށް އެއްވެވޭނީ ގިނަވެގެން 30 މީހުންނަށެވެ. އެޗްޕީއޭގެ ގައިޑްލައިންގައި ވަރަށް ސާފުކޮށް މިކަން ހާމަކޮށްފައިވީ ނަމަވެސް މުޒާހަރާކުރި ކޮންމެ ރެއަކު ފެނިގެންދިޔައީ ފުލުހުން އިދިކޮޅު މީހުންނަށް މުޒާހަރާ ކުރުމަށް ފުރުސަތު ދިން މަންޒަރެވެ. މިއީ ގިނަ ރައްޔިތުންތަކެއް ނުރައްކަލަކަށް ހުށަހެޅިގެންދާ ކަމަކަށްވާއިރު، އިދިކޮޅު މީހުން ވަނީ މާލެސިޓީގެ މަގުތަކުގައި ހިނގާ ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައެވެ.

ބަލިމަޑުކަމުގެ ހައްސާސީ މިދަނޑިވަޅުގައި މުޒާހަރާ ކުރަން އެއްވެސް ވަރަކަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވެސް ބައެއް އާންމު ރައްޔިތުން ދަނީ ބުނަމުންނެވެ. މާޒީގެ ތެރެއަށް ނަޒަރު ހިންގާލާއިރު، ކުރީގެ ރައީސް އަބްުދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކަށް މާލެސިޓީގެ މަގުތަކަށް މުޒާހަރާ ކުރުމަށް ނުނިކުމެވެއެވެ. ފުލުހުން ނުކުމެ ހުއްޓުވައެވެ. މުޒާހަރާ ރޫޅާލައެވެ.

އެގޮތުން މިހާލަތުގައި މުޒަހާރާ ހުއްޓުވައި މިގޮތަށް އެޗްޕީއޭގެ އެންގުމާ ހިލާފަށް މުޒަހާރާ ކުރުމަށް މަގުމަށް ނުކުތުމުގެ ފުރުސަތު ކުޑަކޮށް ވެސް ދެވިގެން ނުވާނެއެވެ. އިލްތިމާސް ކުރުމުގެ އިތުރުން އަމަލީ ސިފައެއްގެ ކުލަ އެބަ ޖައްސަން ޖެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބް ފިލަން އިންޑިޔާ އިން ފުރުސަތު ދީފާނެބާ؟

އަދީބް ފިލަން އިންޑިޔާ އިން ފުރުސަތު ދީފާނެބާ؟

13 ޖޫން 2019
މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟

މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟

05 ޖުލައި 2018
އިދިކޮޅު އެއްވުން ހުއްޓުވާނެކަމުގެ އިންޒާރު! ފުރުސަތު ލިބޭނެތަ؟

އިދިކޮޅު އެއްވުން ހުއްޓުވާނެކަމުގެ އިންޒާރު! ފުރުސަތު ލިބޭނެތަ؟

04 މާރިޗު 2018
 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

21 ޖޫން 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު