Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްއެމްޕީއާރްސީގެ ކޮމިޓީ ރިޕޯޓް ބަހުސް

ބޮޑު ޚިޔާނާތުގެ ތަހުގީގު ކޮމިޝަނުން ކުރިއަށްގެންދިޔަ ގޮތާމެދު ސުވާލު އުފެދޭ- މެމްބަރު ސަލީމް

ގެއްލިފައިވާ އެސެޓް ހޯދުމުގައި ގެންގުޅެނީ ޖިނާއީ އުސޫލުތޯ ނުވަތަ މަދަނީ އުސޫލުތޯ މިއީ ވެސް ބަހުސްކުރަން ޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 19 މެއި 2021 | ބުދަ 10:48
އަހްމަދު ސަލީމް، ހޯރަފުށި ދާއިރާ - އެއްމެ ފުރަތަމަ ކުރި މަސައްކަތަކީ އެސެޓް ރިކަވަރީ ކޮމިޝަންގެ ގާނޫނީ އޮނިގަނޑު އެކުލަވާމުން ކަމަށާއި، 30 މަސް ވެގެންދިޔައިރު އެދެވޭ ނަތީޖާއެއް ނުލިބޭ

އަހްމަދު ސަލީމް، ހޯރަފުށި ދާއިރާ - އެއްމެ ފުރަތަމަ ކުރި މަސައްކަތަކީ އެސެޓް ރިކަވަރީ ކޮމިޝަންގެ ގާނޫނީ އޮނިގަނޑު އެކުލަވާމުން ކަމަށާއި، 30 މަސް ވެގެންދިޔައިރު އެދެވޭ ނަތީޖާއެއް ނުލިބޭ

އެސެޓް ރިކަވަރީކޮމިޝަނުން ބޮޑު ޚިޔާނާތުގެ މައްސަލަ ތަހުގީގުކުރި ގޮތާމެދު ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމު ސުވާލު އުފައްދަވައިފިއެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން މެމްބަރު ސަލީމު ވިދާޅުވީ، ކޮމިޝަނުން ތަހުގީގު ކުރިއަށް ގެންދެވީ ރަނގަޅަށް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. 19 ވަނަ މަޖިލީސް އެކުލަވާލެވުމާއެކު އެންމެ ފުރަތަމަ ކުރި މަސައްކަތަކީ އެސެޓް ރިކަވަރީ ކޮމިޝަންގެ ގާނޫނީ އޮނިގަނޑު އެކުލަވާލުން ކަމަށާއި، 30 މަސް ވެގެންދިޔައިރު އެދެވޭ ނަތީޖާއެއް ނުލިބޭ ކަމަށެވެ.

Advertisement - newsAdvertisement

ކޮމިޝަނުން މައިގަނޑު ގޮތެއްގައި ހާސިލުކުރަން މަސައްކަތްކުރީ ދެކަމެއްކަން ފާހަގަކުރައްވަމުން މެންބަރު ސަލީމު ވިދާޅުވީ، އެއީ އެސެޓް ރިކަވަރ ކުރުމާއި، ކޮރަޕްޝަން ތަހުގީގު ކުރުން ކަމަށެވެ. އެހެންނަމަވެސް ދެކަންތައް ވެސް ކޮމިޝަނަށް ނުކުރެވުނު ކަމަށެވެ. އެެސެޓް ރިކަވަރ ކުރުމަކީ މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން ކުރަން ބޭނުންވާ ކަންތައް ކަމަށާއި، މިކަން ނުވެއްޖެނަމަ މި މަޖިލީހަކީ ފެއިލްވި މަޖިލީހެއް ކަމަށް ރައްޔިތުން ދެކޭނެކަމަށް ވިދާޅުވިއެވެ.

މެމްބަރު ސަލީމް ވިދާޅުވީ، ދިވެހިންގެ އެސެޓް ތަކަކީ، ފަރުތަކާއި ފަޅުތަކާއި، ރަށްތައް ކަމަށާއި، އެތަންތަން ނުއަގުގައި ބަޔަކު ވިއްކާ ގަނެ ހެދިއިރު އެކަން ބައެއްގެ ސަމާލުކަމަށް ނައި ހާލު، ދެން މި އެދެނީ އެ ގެއްލުނު ފައިސާ އާއި، އެސެޓް ހޯދައިދޭން ކަމަށެވެ. އެހެންނަމަވެސް އޭގެ ލޯ ލާރިއެއްވެސް އަދި ނުލިބޭކަމަށެވެ. އެހެންކަމުން ތަހުގީގާމެދު މިހާރު ސުވާލު އުފެދޭ ކަމަށެވެ.

މިއީ މިބާވަތުގެ ކޮރަޕްޝަންގެ އަމަލު ހިންގި ފުރަތަމަ ފަހަރެއް ނޫން ކަމަށާއި، ދުނިޔޭގެ ގައުމުތަކުގައި ހިންގާފައިވާ މިފަދަ އަމަލުތައް ތަހުގީގުކޮށް އެ ގައުމުތަކުން ގެއްލުނު ފައިސާ އަނބުރާ ހޯދާފައި ވެސް އެބަހުރި ކަމަށެވެ. މިފަދަ ކަންކަމުގައި އެހީވެދޭ އެކްސްޕާރޓް ޕެނަލްތައް ދުނިޔޭގައި ހުރި އިރު މިހާތަނަށް އެފަދަ ޕެނަލެއްގެ އެހީތެރިކަން ކޮމިޝަނުން ހޯދާފައިނުވަނީ ކީއްވެތޯ ވެސް މެމްބަރު ސުވާލު އުފެއްދެވިއެވެ. ސްޓޯލެން އެސެޓް ރިކަވަރީ އިނިޝިއޭޓިވް، މިއީ ވާރލްޑް ބޭންކާއި ޔޫއެންއޯޑީސީ ގުޅިގެން ހަދާފައިވާ ޕެނަލެއް ކަމަށާއި، މިއީވެސް ކޮމިޝަނަށް އެހީތެރިކަން ހޯދޭނެ ޕެނަލެއްކަން ފާހަގަކުރެއްވިއެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، ގެއްލިފައިވާ އެސެޓް ހޯދުމުގައި ގެންގުޅެނީ ޖިނާއީ އުސޫލުތޯ ނުވަތަ މަދަނީ އުސޫލުތޯ މިއީ ވެސް ބަހުސްކުރަން ޖެހޭ ކަމެއް ކަމަަށެވެ. ސަބަބެއް ކަމުގައި ވިދާޅުވީ، ބޮޑު ޚިޔާނާތުގެ ލިސްޓުގައި ހިމެނޭ އެންމެންނަށް ޖިނާޢީ ތަހުގީގު ހިންގާ ކަމަށްވާނަމަ ގެއްލިފައިވާ ފައިސާ އަނބުރާ ދައުލަތަށް ލިބެން އެތައް ދުވަހެއް ނަގާނެ ކަމެވެ. ރާއްޖޭގައި ޖިނާޢީ މައްސަލަތަކުގައި ހުރިހާ ކޯޓު މަރުހަލާތައް ނިމިގެންދާއިރު 7 އަހަރު، 8 އަހަރު ވެފައި އޮންނަ ކަމަށާއި، މިހާ ދިގުލައިގެން ދަންޏާ މި ފައިސާ ލިބޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު