Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައު މޭޔަރުގެ ވާހަކަފުޅު

އައު ކައުންސިލްވާނީ ނަތީޖާ ނެރެދޭ ކައުންސިލަކަށް - މާލެ ސިޓީ މޭޔަރ

ސަރުކާރާ ގާތުން މަސައްކަތް ކުރާނެ ކައުންސިލެއްކަމުގެ ޔަގީންކަން އަރުވަން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 17 މެއި 2021 | ހޯމަ 08:46
މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު - ސަރުކާރަށް އެއްބާރުލުން ދޭން ސިޓީ ކައުންސިލު އޮންނާނީ ތައްޔާރަށް

މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު - ސަރުކާރަށް އެއްބާރުލުން ދޭން ސިޓީ ކައުންސިލު އޮންނާނީ ތައްޔާރަށް

ސަރުކާރުގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ސިޓީ ކައުންސިލް އޮންނާނެ ކަމަށް މާމެ ސިޓީގެ އައު މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައު ކައުންސިލްގެ ހުވާ ކުރެއްވުމަށްފަހު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނަށް ބީރު ކަންފަތެއް ދިނުންވާނީ ރައްޔިތުންނަށް ބީރު ކަންފަތެއް ދިނުންކަމަށާއި، ސަރުކާރުން އެއްބާރުލެއްވުން ދެއްވާހާ ހިނދެއްގައި ސަރުކާރުގެ އެންމެ ގާތް އެކުވެރިއެއް ގޮތުގައި ސިޓީ ކައުންސިލް އޮންނާނެކަމަށެވެ.

Advertisement - newsAdvertisement

ކުރިއަށް އޮތް ފަސް އަހަރަށް ރާވާފައިވާ ޕްލޭންގައިވާ މައިގަނޑު ކަންކަމަކީ

- ބިންވެރި ރައްޔިތެއް

- ޗާލު މާލެ ސިޓީ

- ހިތްފަސޭހަ މަގުމަތި

- ފުދުންތެރި ދިރިއުޅުން

- ޑިޖިޓަލް މާލެ

- ހަރުދަނާ އިދާރީހިންގުން

- ރައްޔިތުންނާ ބައްދަލުވާ ކައުންސިލް

ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލްގެ މަަސައްކަތްތައް ބިނާވެފައިވާނީ މި އަމާޒުތައް ހާސިލް ކުރުމަށް ކަމަށެވެ.

ބިންވެރި ރައްޔިތެއްގެ އަމާޒަށް ވާސިލްވުމަށްޓަކައި، ކައުންސިލްގެ މަސައްކަތްފެށޭތާ އެއްމަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު މާލެ ސިޓީގެ ލޭންޑް ޔޫޒް ޕްލޭނެއް ފާސްކުރުމަށް ރާވާފައިވާ ކަމަށާއި، ފާހަގަ ކުރެވޭ ބިންތަކުގައި މާލޭގައި ދިރިއުޅޭ ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށްގެން ގެދޮރުވެރިކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ސަރުކާރާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ހަމަ މިގޮތަށް ވިލިމާލޭގެ ވެސް ލޭންޑްޔޫޒް ޕްލޭން ހެދުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

ސަރުކާރާ ވާހަކަ ދައްކައިގެން މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްުލުކުރުމަށް ގުޅީފަޅުން ގޯތި ދޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ދަފްތަރުގައި ތިބި ރައްޔިތުންނަށް ބޯހިޔާވަހި ކަމުގެ ޕްލޭނެއް އެކުލަވައިލެވެންދެން ދަފްތަރުގައި ޖެއްސުން ހުއްޓާލުމަށް ޕްލޭން ކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މާލެ ސިޓީއަކީ ޕްލާސްޓިކާ ދުރު ސާފުތަނަކަށް ހަދައި، މަގުތަކަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް މުހިއްމު މަޝްރޫއެއް ރޭވިފައިވާކަން ފާހަގަ ކުރެއްވިއެވެ. ބޮޑެތި ހުރިހައި މަގެއްގައި ތާރު އެޅުމަށް ނިންމާފައިވާ ކަމަށާއި، ރިންގް ރޯޑްގެ މަޝްރޫއު އަލުން ފަށްޓަވާނެ ކަަމަށް ވިދާޅުވިއެވެ. މަގުމަތީގައި ހުންނަ ބައު ވެހިކަލްތައް ނެގުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

މި ހުށަހެޅުންތަކާއެކު ސްޓްރެޓެޖިކް އެކްޝަން ޕްލޭންވަނީ ފާސް ކޮށްފައެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، މާލެސިޓީ ރައްޔިތުން އެދެނީ އެމަނިކުފާނާއި، އެމަނިކުފާނާއެކު ހޮއްވެވި ޓީމުން ރައްޔިތުންގެ އަމާޒުތަކަށް ވާސިލް ކޮށްދޭން މަސައްކަތްކޮށްދީ ނަތީޖާ ނެރެދިނުމަށް ކަމަށެވެ. އެހެންކަމުން އެމަސައްކަތް ކުރާނީ އެ ގޮތުގައިކަން ފާހަގަކުރައްވައި ނަތީޖާ ނެރެދޭނޭކަމުގެ ޔަޤީންކަން އައު މޭޔަރު ދެއްވިއެވެ.

މޭޔަރުގެ ވާހަކަފުޅުގައި، ސިޓީ ކައުންސިލް ހިންގުމުގައި އަދި ސްޓްރެޓެޖިކް އެކްޝަން ޕްލޭން ޙަޤީޤަތަކަށް ހެދުމުގައި ސަރުކާރުގެ އެއްބާރުލެއްވުން ދެއްވުމަށް ގޮވާލެއްވިއެވެ. އެއީ މާލޭގެ ރައްޔިތުންނަށް އެއްބާރުލެއްވުން ދެއްވުންކަމަށާއި، ފައިދާވާނީ ރައްޔިތުންނަށްކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ދާނީ ރައްޔިތުން ޙަވާލުކުރި ކަމަކާ އެކީގައި އެކަނިކަމަށް ވިދާޅުވިއެވެ.

ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ އިންސާނީ ޙައްޤެއްކަން ބަޔާންކުރައްވައި މުޢިއްޒު ވިދާޅުވީ، ގުޅީފަޅުގައި ޕޯޓް އެޅުން ހުއްޓާލަން ވަރަށް ސާފުކޮށް ސަރުކާރަށް ގޮވާލައްވާކަމަށެވެ. އަދި ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް ލަސްނުކޮށް ފްލެޓްތައް ޙަވާލުކުރުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ. މުޢިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތައް ނިންމުމަށް ރައްޔިތުން އަތުން ދާނޭ ޚަރަދުގެ އެވްރެޖެއް ކަނޑައަޅައި، އެ ޢަދަދު ފްލެޓްގެ އަގުން އުނިކޮށްދެއްވުމަށް ގޮވާލައްވާކަމަށެވެ. އަދި ހުރިހާވެސް އެއްޗަކީ މާލީ ފައިދާ ކަމުގައި ނުހެދުމަށް ސަރުކާރަށް ގޮވާލައްވާކަމަށާއި، ރައްޔިތުންނަށް ހިތްހަމަޖެހުމެއް ހޯދައިދިނީމާ ރައްޔިތުންގެ މޫނުމައްޗަށް އަންނަ ހިނިތުންވުމަކީ ވެސް ސަރުކާރަށް ލިބޭނޭ ފައިދާއެއްކަމުގައި ދެކުމަށް ގޮވާލައްވާކަމަށް ވެސް ވިދާޅުވިއެވެ. މާލޭގެ މޭޔަރު ވިދާޅުވީ، ހިޔާ ފްލެޓްތަކުން މަހަކަށް ދައްކަންޖެހޭ ވަރު 5600 ރުފިޔާއަށް ވުރެ ބޮޑު ނުކުރުމަށާއި ޑައުންޕޭމަންޓް އެއްފަހަރާ ނުދެއްކޭ ފަރާތްތަކަށް ބަހާލައިގެން ދެއްކޭގޮތް ހަދައިދިނުމަށް ވެސް އެދިވަޑައިގަންނަވާކަމަށެވެ.

މޭޔަރުގެ ވާހަކަފުޅުގައި ކިންގ ސަލްމާން މިސްކިތް ހުޅުވުމަށް ވެސް އިލްތިމާސްކުރެއްވިއެވެ. މާލެ ސިޓީ ކައުންސިލް ހިންގާނީ ދެފުށް ފެންނަ، ނަޒާހަތްތެރި ކައުންސިލްއެއްގެ ގޮތުގައިކަމުގެ ޔަޤީންކަން ދެއްވަމުން ވިދާޅުވީ، ކައުންސިލް ބައްދަލުވުންތައް ކަނޑައެޅޭ އުސޫލެއްގެ މަތީން ލައިވް ކުރާނެކަމަށެވެ.

ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސިޔާސީ ފިކުރަކަށް ނުބަލާ، އެންމެންނާމެދު ވެސް ހަމަހަމަކަމާއި އިންސާފުވެރިކަމާއި އަދި ތެދުވެރިކަމާއެކު ޚިދްމަތްދޭ ކައުންސިލަކަށް އެކައުންސިލް ހެދުމަށް މޭޔަރު ވަނީ ހުރިހާ ކައުންސިލަރުންނަށް ގޮވާލައްވާފައެވެ. މާލެ ސިޓީ ކައުންސިލަކީ ސިޔާސީ ޖަގަހައަކަށް ވިޔަ ނުދޭނެކަމުގެ ޔަޤީންކަން އަރުވަމުން މޭޔަރު ވިދާޅުވީ، މާލެ ސޓީ ކައުންސިލަކީ ޚިދުމަތުގެ ގޮވައްޗަކަށް ހައްދަވާނެކަމަށެވެ. ކޮންމެ ބޮޑުކަމެއް ކުރުމުގައި ވެސް އެކަމެއްގައި ރައްޔިތުންގެ ޚިޔާލު ހޯދާނޭކަމަށް ވެސް މޭޔަރު ވިދާޅުވއެވެ.

އައު މޭޔަރު ވަނީ ސަރުކާރުން މާލެ ސިޓީގެ ރައްޔިތުންނަށް އެއްބާރުލުން ދެއްވުމަށް ތަކުރާރުކޮށް ގޮވައިލައްވާފައެވެ. އަދި އެކަން އެގޮތުގައި ކުރައްވާނޭކަމަށް ޔަޤީންކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

މުޢިއްޒު ވަނީ ކޮވިޑްގެ ހާލަތުން އަރައިގަތުމުގައި، ސިޓީކައުންސިލަށް ކުރެވެންހުރި ހުރިހާ ކަމެއް ޚާއްސަ ސަމާލުކަމެއްދީގެން ކުރައްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ. އަދި އެކުވެރި ޤައުމުތަކުގެ ސިޓީތަކާ ގުޅުން ބަދަހިކުރުމުގައި އާ އުސްމިންތަކަކަށް ދާނެކަމަށް ވެސް މާލޭގެ އައު މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު