Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގެއްލުންވި ގެތަކުގެ އަދަދު 500ން މައްޗަށް

ރާއްޖޭގެ ހުރިހާ ހިސާބަކަށް ދަނީ ވިއްސާރަކުރަމުން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 16 މެއި 2021 | އާދީއްތަ 07:41
ކ. ދިއްފުށީގެ މަގުތަކުން ލޮނުފެން ހިންދުމުގެ މަސައްކަތްކުރަނީ

ކ. ދިއްފުށީގެ މަގުތަކުން ލޮނުފެން ހިންދުމުގެ މަސައްކަތްކުރަނީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 500ށްވުރެ ގެއަކަށް ގެއްލުން ވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ރާއްޖެ އެމްވީއާ ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު މޫސާ ފިކްރީ ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރަށްރަށުގެ ޙާލަތު ގާތުން ބަލަމުންކަމަށެވެ. އެގޮތުން ގެއްލުން ލިބި ރިޕޯޓްކުރަމުންދާ ވަރަކުން ކަމާގުޅުން ހުރި ފަރާތްތަކާ ގުޅިގެން އެހީތެރިވުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. އުމަރުވަނީ އެ އިދާރާއަށް ރިޕޯޓްކުރެވިފައިވާ ކަންކަމުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

ރާއްޖޭގެ އެންމެ އުތުރުން ހއ. ހޯރަފުއްޓަށް އުދައަރައި ބައެއް މީހުންގެ މުދަލާއި ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. އުދަ އެރުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ވިއްސާރައިގައި ބައެއް ގޭގޭގެ ފުރާޅު ވެސް ވަނީ އެއްލައިލާފައެވެ. މީގެ އިތުރުން އެއްގަމުގައި ހުރި ބައެއް އޮޑި ދޯނި ފަހަރާއި ފައިބަރު ދޯނި މޫދަށް ފައިބާ ގެއްލުންވެފައިވެއެވެ. އަދި ހޯރަފުށީ އެއަރޕޯޓްގެ ރަންވޭއަށް ވެސް އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާއިރު އެއަަރޕޯޓަށް ދާ ހައިވޭއަށް ވެސް އުދައިގެ ސަބަބުން ބޮޑެތި އަސަރު ތަކެއް ވަނީ ކޮށްފައެވެ. ހޯރަފުށީގެ އިތުރުން އެއަތޮޅު އުލިގަމުގައި ވެސް އުދައެރުމުގެ ސަބަބުން އެރަށުގެ 03 ގެއަކަށް ލޮނުވަނުމުން ވެލިބަސްތާ ވަނީ ޖަހާފައެވެ.

ށ. އަތޮޅުން ކޮމަންޑޫ އާއި ނޫމަރާ، އަދި ޅ. އަތޮޅު ކުރެންދޫއަށް އުދައިގެ އަސަރުކޮށްފައިވީ ނަމަވެސް، އެއްވެސް ގެއަކަށް ގެއްލުންވެފައެއް ނުވެއެވެ. އެހެންނަމަވެސް ކަނޑު ގަދަވެ، އޮއިބާރުވުމާ ގުޅިގެން ޅ. އަތޮޅު ކުރެންދޫ ބަނދަރުގައި އޮތް ދޯންޏެއް ހަލާކުވެ އެކި ބައިތައް ނެއްޓުމުގެ ސަބަބުން އިތުރު 2 ދޯންޏަކަށް ގެއްލުންވަމުންދާތީ، ނެއްޓުނު ބައިތައް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އުދައެރުމުގެ ސަބަބުން ކ. ދިއްފުށީގެ 13 ގެއަކަށް ލޮނުވަދެފައިވާއިރު، އުދައެރުމުގެ ސަބަބުން ރަށުތެރެއަށް އަރާފައިވާ ލޮނުގަނޑު ހިންދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރިއަށްދާކަމަށް އުމަރު ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ 200 ގެއަކަށް ލޮނުވަދެފައިވާއިރު އައްޑޫ ސިޓީ ފޭދޫއިން އެކަނިވެސް 39 ގެއަކަށް ފެން ވަދެފައިވެއެވެ. މިގެތަކުގެ ތެރެއިން މިހާތަނަށް 21 ގެއެއްގެ ހާލަތު ބެލުމަށްފަހު، ވެލި ބަސްތާ ޖަހަންޖެހޭ 10 ގެއެއްގައި 56 ވެލިބަސްތާ ވަނީ ޖަހާފައެވެ. އަދި އައްޑޫ ސިޓީ ފޭދޫގެ ފެންބޮޑުވެފައިވާ ސަރަހައްދު ތަކުގައި ރަށު ރައްޔިތުންނާއި އެމްއެންޑީއެފް ގުޅިގެން ވަނީ ފެން ހިންދާފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ފުވައްމުލައް ސިޓީއަށް ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން ފުވައްމުލަކު ސިޓީން 291 ގެއަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާކަމަށް އޭނާ ވިދާޅުވެއެވެ. މީގެތެރެއިން 119 ގެއެއްގައި 392 ވެލިބަސްތާ ޖަހާފައިވާކަމަށާއި 4 ގެއެއްގެ މުދާތައް ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ. އަދި އެސިޓީގައި ފެން ހިންދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެންޑީއެމްއޭއިން މަޢުލޫމާތުދެއްވައެވެ.

އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު މޫސާ ފިކްރީ ވަނީ ކުރިއަށްއޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ފެންބޮޑުވުމާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑު ވުމުގެ ހާދިސާތައް އާންމުކޮށް ކުރިމަތިވާ ފުވައްމުލަކުގައި، މި ފަހަކަށް އައިސް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ވާރޭ ވެހުމުގެ ސަބަބުން ނަރުދަމާ ނިޒާމުގައި މައްސަލަޖެހި ނަޖިސްފެން ބޭރުވުމެވެ. މިފަހަރުވެސް މި މައްސަލަ ކުރިމަތިވެ، ބައެއް ގޭގޭގެ ފާޚާނާއިން ނަޖިސްފެން ބޭރުވެ، ރަށުގެ ފެން ތަޣައްޔަރު ވެފައި ވާކަމަށް އެ ރަށު ކައުންސިލުން ރާއްޖެ އެމްވީއަށް ވަނީ މަޢުލޫމާތުދީފައެވެ. މާރޗު މަހުގެ ފަހުކޮޅު ކުރި ވިއްސާރާގައި ވެސް ރަށުގެ ފެން ތަޣައްޔަރުވުމުގެ ސަބަބުން ވަޅުފެން ކްލޮރިނޭޓް ކުރުމުގެ މަސައްކަތް ސިޓީ ހޮސްޕިޓަލުން ވަނީ ކޮށްފައެވެ.

މޫސުމާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ރާއްޖެ އެމްވީއާ ހިއްސާކުރައްވަމުން މޫސުމާބެހޭ ގައުމީ އިދާރާގެ އެސިސްޓެންޓް މީޓިރޮލޮޖިސްޓް ހުސައިން ވަހީދު ވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އިތުރަށް ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު، ކުރިއަށް އޮތް ދެ ތިން ދުވަހު ވެސް ވިއްސާރަކޮށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައެވެ. އަދި ދެތިން ދުވަހަށްފަހު ވިއްސާރަ ކޮންމެވެސް ވަރަކަށް އަލިވިނަމަވެސް ވައިގެ ބާރުމިން މަޑުނުވެ ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މި ސަބަބައްޓަކައި ކަނޑުތައް ވެސް ދަތުރުނުކުރެވޭވަރަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުން އެކަށީގެންވާތީ އެކަމަށް ސަމާލުވުމަށާއި، ޒަރޫރީ ދަތުރެއް ނޫނީ ނުކުރުމަށް ހުސައިން ވަހީދު އިލުތިމާސްކުރައްވާފައެވެ.

ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ތޫފާން "ޓައުޓޭ" ރާއްޖެއާ ދުރަށް ދަތުރުކުރަމުންދާއިރު، ރާއްޖޭގެ ދެކުނުގައި ބާރުގަދަ ކޮޅިގަނޑެއް އުފެދުމުގެ ނުރައްކާ ބޮޑުވަމުންދާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފިއެވެ. ތޫފާން "ޓައުޓޭ" ރާއްޖެއާ ދުރަށް ދަތުރުކުރަމުންދާއިރު، މި ތޫފާނުގެ ބާރު އިތުރުވަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިއީ މި ސަރަހައްދުގައި މިއަހަރު އުފެދުނު ފުރަތަމަ ތޫފާނެވެ. މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް ބެލެވެނީ އިންޑިޔާގެ ހުޅަނގު ބިތުގެ ސަރަހައްދަށާއި ޕާކިސްތާނަށް ކަމަށް ބައިނަލްއަގްވާމީ މީޓިއޮރޮލޮޖިސްޓުން ވަނީ ލަފާ ކޮށްފައެވެ.

މޫސުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

16 އޮކްޓޯބަރު 2025
އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

14 އޮކްޓޯބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

05 އޯގަސްޓު 2025
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު

18 ޖުލައި 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު